Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާރިސާތަކުން ކުރާ އަސަރު

މިވަގުތަށް އެންމެ ރަނގަޅީ ސެންޑައި ފްރޭމްވޯކަށް އަމަލުކުރުން: ޝާހިދު

މި ފްރޭމްވޯކް އެކުލަވާލާފައިވަނީ ކާރިސާތަކުން ކުރާ އަސަރު ކުޑަކުރުމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ޖުލައި 2022 | އަންގާރަ 04:38
އަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދު

މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ވާނީ ސެންޑައި ފްރޭމްވޯކާ އެއްގޮތަށް އަމަލުކުރަން ފެށުން ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އދ. އާންމު މަޖިލީހުގައި ކުރިއަށްދިޔަ ހައި-ލެވެލް ޕޮލިޓިކަލް ފޯރަމްގެ ސައިޑް އިވެންޓް 'އަ ރިސްކް-އިންފޯރމްޑް އެޕްރޯޗް ޓު ޑިވެލޮޕްމެންޓް އިން އަ ކޮވިޑް-19 ޓްރާންސްފޯމްޑް ވޯލްޑް' ގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ކޮވިޑް-19އިން އަރައިގަނެ ރަނގަޅު ހާލަތަކަށް ރުޖޫއަވެ، ދެމެހެއްޓެނިވި ތަރައްގީއަށް 2030 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ އެޖެންޑާއަށް މަރުހަބާކިޔުއްވާ ކަމަށެވެ. ގޮންޖެހުންތަކެއްގެ ތެރޭގައި 3 ވަރަކަށް އަހަރު ހޭދަކުރެވިފައިވާއިރު، މިހާރު މުޅި ދުނިޔެއިންވެސް ބޭނުންވަނީ އަމާން ބަނދަރެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ. ދުނިޔޭގައި ދިރިއުޅޭ 8 ބިލިއަން މީހުން ބޭނުންވަނީ ހިތްހަމަޖެހުން ލިބުމާއި، ތަފާތެއް ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކުރިން ދުނިޔެ އޮތް ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރާއިރު، މިކަން ކުރަންޖެހެނީ ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަން ކުރަންޖެހެނީ ސައްހަ މައުލޫމާތަށް ބިނާކޮށް، ސިޔާސަތުތަކާއި، ޕްރޮގްރާމްތަތަކާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހު އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދިޔަ ގްލޯބަލް ޕްލެޓްފޯމް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގައި ފާހަގަކުރެއްވިގޮތަށް، ނުރައްކާތައް މަދު ގޮތަކަށް އަދި ރިސްކުތައް އެނގިގެން ކޮވިޑް-19 އިން އަރައިގަނެ، އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކޮށް، ދެމެހެއްޓެނިވި ތަރައްގީއާ ކުރިއެރުމަށް މަސައްކަތްކުރެވޭނީ ސެންޑައި ޕްރޭމްވޯކާ އެއްގޮތަށް އަމަލުކުރަން ފަށައިގެން ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް މަސްލަހަތު ހިމެނެންޖެހޭ ކަމެއްކަން ކޮވިޑް-19 ޕެންޑަމިކުން އެނގިގެން ގޮސްފައިވާކަމަށާއި، ގްލޯބަލް އަދި ރީޖަނަލް ޕްލެޓްފޯމްތަކުން މިކަން ކުޑަކުރުމަށް އެތައް ފިޔަވަޅެއް އަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ސެންޑައި ފްރޭމްވޯކްގެ މިޑްޓަރމް ރިވިއު އަންނަ އަަހަރު އާންމު މަޖިލީހުގައި އޮންނައިރު، މި ފްރޭމްވޯކަށް ބަދަލުތަކެއް ގެނެސްގެން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި މިކަން ތަންފީޒުކޮށް އެދެވޭ ނަތީޖާ ހާސިލްކުރުމަށް ކެޕޭސިޓީ ބޭނުންވާ ގައުމުތަކާއި، މާލީ އެހީ ބޭނުންވާ ގައުމުތައް ދެނެގަނެގެން މަސައްކަތްކުރުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.

ސެންޑައި ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއަކީ ކާރިސާތަކުން ކުރާ އަސަރު ކުޑަކުރުމަށް 7 ޓާގެޓަކާއި، ޚާއްސަ 4 ކަމެއްގެ މައްޗަށް 2015 އިން 2030 އަށް އެކުލަވާލާފައިވާ އެއްޗެކެވެ.

ޢަބްދުﷲ ޝާހިދުކޮވިޑް-19ކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު