Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންނަށް އޮޅުވާލުމާއި ފޮރުވުމާއި ލޫޓުވުމުގެ ސަރުކާރެއް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 05:10
އެމްޑީޕީގެ ރައީސް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ރައީސް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމާއި، ފޮރުވުމާއި، ލޫޓުވުމުގެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން ދައުލަތުގެ ޚަރަދުތަކުގެ ޞައްޙަ މަޢުލޫމާތު ހާމަނުކުރާ ކަމަށާއި، ހުރިހާ ކަމެއްގެ މަޢުލޫމާތަކީ ޤައުމީ ސަލާމަތަށްޓަކައި ފޮރުވަންޖެހޭ މަޢުލޫމާތުތަކެއްގެ ގޮތުގައި ހަދައިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރުން ތުރުކީން ގަތް ޑްރޯނެއްގެ އަގަކީ 3 މިލިއަން ޑޮލަރު ކަމަށްވާއިރު، ޑްރޯންތައް ގަތުމަށް 550 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފެންނަން އެބަހުއްޓެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން މި މަޢުލޫމާތު ސާފުކުރަން އެދުމުން، އެއީ ޤައުމީ ސަލާމަތާ ގުޅުންހުރި މަޢުލޫމާތެއްގެ ގޮތުގައި ހަދައި ހާމަނުކުރަން ނިންމާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ދެ ޑްރޯން ފެންނަން އެބަ އޮތްކަމަށާއި އޭގެ އަގަކާ އެ ގަންނަން ހަރަދު ކުރި ރުފިޔާއާ ގައުމީ ސަލާމަތާ ގުޅުމެއްނެތް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ގަނެފައިވާ ތަކެތި ކަމަށްވުމުުން، އެރުފިޔާއާ ގުޅުން އޮތީ ރައްޔިތުންގެ ހައްގުތަކާކަން ޝާހިދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަހަލަ ކިތަންމެ ކަމެއް ރައްޔިތުންނަށް ހާމަނުކޮށް މިސަރުކާރުން ދޮގުހަދާ އޮޅުވާލަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ދެ ޑްރޯން ފެންނަން އެބަހުރި... އޭގެ އަގާއި، އެ ގަންނަން ޚަރަދުކުރި ރުފިޔާއާ ޤައުމީ ސަލާމަތާ އެއްވެސް ގުޅުމެއް ނެތް... ރުފިޔާއާ ގުޅުން އޮތީ ރައްޔިތުންގެ ހައްގުތަކާ... ރައްޔިތުންގެ ފައިސާ އެއީ. އެހެންވީމަ ރައްޔިތުން ބޭނުންވާނެ ހަރަދުތައް އޮޅުންފިލުވަން. އެހެން ނަމަވެސް ސަރުކާރުން އެކަމެއް ނުކުރަށްވާ. އޮޅުވާލުމާ ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް މިއޮތީ. އެހެންވީމަ އެމްޑީޕީއިން ހުކުރު ދުވަހުގެރޭ މި ނިކުންނަނީ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މި ސަރުކާރު ވެރިކަމަށް އައީވެސް ދޮގުގެ މައްޗަށް ދޮގު ހަދައިގެން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ބަދަލުނުވާ އެންމެ މުހިންމު އެއް ސިޔާސަތަކީ ދޮގު ހެދުމާއި، ދޮގު ފޮރުވުމަށްޓަކައި އުނބަށް ޖެހުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އޭގެ ހެއްކަކަށް، މިސަރުކާރު ވެރިކަމަށް އަންނަންވެގެން އަވައްޓެރި އިންޑިއާ އޭ ކިޔަގެން ދެއްކެވި ހުތުރު ވާހަކަތައް ފުދޭކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން ދަނީ ހުކުރު ދުވަހުގެރޭ ބާއްވާ މި ބޮޑު އެއްވުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. މި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމުގެ ބިރަށް ސަރުކާރުން ދުރާލާ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިއެއްވުމުގައި ބައިވެރިވުމަށް މާލެ އައިސްފައެވެ. އަދާލަތު ޕާޓީންވެސް ވަނީ މި އެއްވުމުގައި ރަސްމީކޮށް ބައިވެރިވާން ނިންމާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

ޢަބްދުﷲ ޝާހިދުޑރ. މުހައްމަދު މުއިއްޒުއިބްރާހިމް މުހައްމަދު ސާލިހުއެމްޑީޕީއަދާލަތު ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު