Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރގެ ދާއިރާތައް ފުނޑުފުނޑުކޮށްލައި، ސަރުކާރުގެ އަތްދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 05:13
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އަމިއްލަ ވިޔަފާރި ނުވަތަ ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޕްރައިވެޓް ސެކްޓަރުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއްގެ ތެރެއަށް މިސަރުކާރުން އިންތިހާއަށް ވަދެގަންނަމުންދާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އައިނު ހެއްދުމާއި ގާއެޅުން ފަދަ ކަންކަން ސަރުކާރުން ކުރަމުންދާއިރު، މިހާރު ޓެކްސީ ދުއްވުމުގެ ދާއިރާއަށްވެސް ސަރުކާރުން ވަންނަން ނިންމާފައިވާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އާންމު ރައްޔިތުން ޝަރަފްވެރިކަމާއެކު އާމްދަނީ ހޯދުމަށް ކުރަމުންދާ ކޮންމެ މަސައްކަތަކަށް ސަރުކާރުން ވަދެ، އެދާއިރާތައް ފުނޑުފުނޑުކޮށްލައި، ސަރުކާރުގެ އަތްދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގައި ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ސެކްޓަރާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުން، އެދާއިރާގެ ވިޔަފާރިތަކަށް އާމްދަނީ ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދިޔަ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ޝަރަފްވެރިކަމާއެކީގަ ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހުރުވެރި ދިވެހި ރައްޔިތުމިހާ އަށް ލިބިގެންދިޔަކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކޮންސްޓްރަކްޝަން ދާއިރާގެ ޕްރައިވެޓް ސެކްޓަރ އެއްކޮށް ފުނޑިގެންދާ މަންޒަރުކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރު ފެންނަނީ އެެއްވެސް މަސައްކަތެއް ޕްރައިވެޓް ސެކްޓަރ އަކަށް ނެތި، ކޮންސްޓްރަކްޝަންގެ ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑެމުންދާތަން. ޖިމެއް ހަދަންވިއްޔާ ހަވާލުކުރަނީ އެމްއޭސީއެލް އަށް، ހޮސްޕިޓަލެއް އަޅަން ވިއްޔާ ސަރުކާރުގެ މަގުހަދާ ކުންފުންޏަށް، ގެސްޓްހައުސްއެއް ހަދަން ވިއްޔާ ހައްޖު ކޯޕަރޭޝަނާ، މިހެންގޮސް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޅި ނިޒާމު ފުނޑުފުނޑުކޮށްލައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުޢިއްޒު ވަނީ، ސަރުކާރުން އާންމު ރައްޔިތުންގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ 5 މަސްދުވަހުގެ ތެރޭގައި ދޫކުރައްވާނެކަމަށް އިޢުލާންކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒު މިހާތަނަށް 4 ފަހަރެއްގެ މަތިން މިފައިސާ ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެންމެ ފަހުން ނޮވެންބަރު މަހުގައިވެސް 7 މަސްދުވަހުގެ ތެރޭގައި މިފައިސާ ދޫކުރައްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ދޮގުހެދުމާ އޮޅުވާލުމުގެ ސަބަބަން ރައްޔިތުން ތިބީ މިހާރު ގޮތް ހުސްވެފައިކަމަށް ގިނަބަޔަކު ސިފަކުރެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީން ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އެމްޑީޕީގެ ރައީސް ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. މި އެއްވުން ފެށިގެންދާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.

ޢަބްދުﷲ ޝާހިދުރައީސް މުއިއްޒުއެމްޑީޕީޕްރައިވެޓް ސެކްޓަރއާޓިފިޝަލް ބީޗުސަރުކާރު-އަމިއްލަ ވިޔަފާރި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު