Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑުގައި ރޮނާލްޑޯގެ ކުރިމަގު

ރޮނާލްޑޯ އުފާކޮށްދޭނެ ގޮތެއް ނޭންގޭ: ޓެން ހާގް

ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އެ ކުލަބަށް އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 10:56
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް

ޔުނައިޓެޑުގެ ކޯޗު ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އުފާކޮށްދޭނެ ގޮތެއް ނޭނގޭ ކަމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން އެ ކުލަބަށް އަންގާފައެވެ. އޭގެ ފަހުން ޔުނައިޓެޑުގެ އެއްވެސް ފަރިތަކުރުމެއްގައި އޭނާ ބައިވެެރިވެފައެއް ނުވެއެވެ. ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޒިރުނުވަނީ އަމިއްލަ ސަބަބުތަކަކާ ހެދި ކަމަށް ބުނެއެވެ.

މިއަޑުތައް ފެތެރެމުން ދަނިކޮށް ޔުނައިޓެޑުގެ އައު ކޯޗު ޓެން ހާގް ބުނީ، ޔުނައިޓެޑުން ރޮނާލްޑޯ ވިއްކާ ނުލާނެކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ޕްލޭންގައި ރޮނާލްޑޯ އަކީ ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުން ތައްޔާރުވާނީ ރޮނާލްޑޯއާ އެކު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ރޮނާލްޑޯ އުފާކޮށްދޭނެ ވަކި ގޮތެއް އޭނާއަށް ނޭނގޭ ކަމަށާއި، ރޮނާލްޑޯއާއެކު މަަސައްކަތްކޮށްގެން ކުރިއަށް ދާން އޭނާ ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ އެ މައްސަލަ ދިމާވުމުގެ ކުރިން ރޮނާލްޑޯއާއި އޭނާއާ ދެމެދު ވާހަކަ ދެކެވުނު ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ރޮނާލްޑޯއާއި ދެމެދު ދެކެވުނު ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ އެއްވެސް އިރެއްގައި އޭނާ ގާތު ނުބުނާކަމަށެވެ. ޓެން ހާގް ބުނީ އޭނާ ކުރިއަށް ދާން ބޭނުންވަނީ އެންމެން ގުޅިގެން އެކުގައި ކަމަށެވެ.

ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. މިއީ ރޮނާލްޑޯ ޔުނައިޓެޑަށް ކުޅޭ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އޭނާ ބަދަލުވީ ރެއާލް މެޑްރިޑް އަށެވެ. ދެ ވަނަ ފަހަރަށް ޔުނައިޓެޑް އަށް ބަދަލުވެ ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅެދިން 38 މެޗުގައި 24 ލަނޑު ޖަހާފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު