Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލުން

ލަންކާ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލި މައްސަލަ ރައީސް ނަޝީދު ކުށްވެރިކުރައްވައިފި

ހޮނިހިރު ދުވަހު ލަންކާގައި ހަމަނުޖެހުންތަކެއް ހިންގާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 ޖުލައި 2022 | އާދީއްތަ 12:12
މުހައްމަދު ނަޝީދު

މުހައްމަދު ނަޝީދު

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ފަރާތްތަކުން ބޮޑުވަޒީރުގެ ގެކޮޅުގައި އަލިފާން ރޯކޮށްލުމުން އެކަންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ރޯކޮށްލާފައިވަނީ ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅުގައި ކަމަށެވެ. މުޒާހަރާކުރަމުންދިޔަ ގިނަ ބަޔަކު ވިކްރަމަސިންހަގެ ގެކޮޅަށް ވަދެފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

މިކަން ކުށްވެރިކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އަދި ވީ ދުވަސްކޮޅެއް ކަމަށާއި، ލަންކާގައި މިހާރު ކުރިއަށްދާ ކަންކަން ހަމައަކަށްއެޅުވުމަށް އެމަނިކުފާނު ގެންދަވަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެމަނިކުފާނުގެ ގެކޮޅު އަންދާލުމަކީ އެ މަސައްކަތަށް ކުރިއެރުމެއް ގެންނާނެ ކަމެއް ނޫންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަންކާގެ ހާލަތު ގޯސްވެ، އެ ގައުމުގައި މުޒާހަރާތައް ވަނީ އިތުރުވެފައެވެ. މި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުން އެ ގައުމުގެ ސިފައިން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަގޭހާއި ބާރުގެ ބޭނުންވެސް ކޮށްފައެވެ. ސިފައިންގެ ހަމަލާތަކުގެ ޝިކާރައަކަށް އެ މުޒާހަރާތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންތަކެއް ވެސް ވަނީ ވެފައެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކާއެކު ރަނިލް ވިކްރަމަސިންހަ ވަނީ މަގާމުން އިސްތިއުފާ ދެއްވައި، ހުރިހާ ޕާޓީތަކެއް ގުޅިގެން ގައުމު ހިންގަން ފުރުސަތު ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ ގެކޮޅުގެ އިތުރުން ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސްގެ އިސްތިއުފާއަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށްވެސް، ސެކިއުރިޓީ ފޫއަޅުވާލައި މުޒާހަރާކުރި ފަރާތްތަކުން ވަނީ ވަދެފައެވެ. އަދި މުޅި ގެކޮޅުގެ ހުރިހާތަނަކަށް ވަދެ ސްވިމިންގ ޕޫލަށްވެސް އެރި ހަދާފައިވެއެެވެ.

ލަންކާގެ ނޫސްތަކުގައި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ރައީސް ގޮތަބަޔާ ވަނީ ޖުލައި 13ގައި އިސްތިއުފާދެއްވަން ނިންމަވާފައެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލަމުންދާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ރައީސަށް އަމާޒުވެފައިވާއިރު، ސިޔާސީ އިދިކޮޅު ލީޑަރުންވެސް ދަނީ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަގާމުން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

ސްރީލަންކާރައީސް ނަޝީދުރަނިލް ވިކްރަމަސިންގހަގޮތަބަޔާ ރާޖަޕަކްސަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު