Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކެއުމުގެ އާދަތައް

މާބޮޑަށް ދެރަވީމަ ކާހިތްވޭތަ؟

ޖަޒުބާތުގައި ޖެހިގެން ކެއުން މައްސަލައަކަށް ބަދަލުވާ ހިސާބެއް އެބައޮވެއެވެ. އަދި މިކަން އާންމުކޮށް ދިމާވަނީ، ހިތާމަވެރި ހާދިސާއެއް ދިމާވުމުން، ކެއުމަކީ އެމީހާ އެކަމަކުން އަރައިގަންނަން ބޭނުންކުރާ ހަމައެކަނި ވަސީލަތަކަށް ވާ ހިސާބުންނެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2024 | ބުދަ 13:42
ކެއުމަކަށް ތައްޔާރުކޮށްފައި

ކެއުމަކަށް ތައްޔާރުކޮށްފައި

ވަރަށް ބިޒީކޮށް މަސައްކަތުގައި އުޅުމަށްފަހު އަހަރެމެންގެ ތެރެއިން ގިނަ މީހުން ބޭނުންވާނީ ކޮންމެވެސް މީރު ކެއުމެއް ކާލާށެވެ.

އެހެންނަމަވެސް، މިއީ އެހާ ގޯސް ކަމެއް ނޫން ކަމަށް ދަ އީޓިންގ ޑިސޯޑަރ ސެންޓަރުގެ ބާނީ، ޖެނިފަރ ރޯލިން ބުންޏެވެ.

"ޖަޒުބާތުތަކުގައި ޖެހިގެން ކެއުމަކީ ގިނަ ފަހަރު ހަށިގަނޑަށް ނުރައްކާތެރި އަދި ކޮންޓްރޯލް ކުރަން އުދަނގޫ ކަމެއްގެ ގޮތުގައި ސިފަކުރެވޭ. ނަމަވެސް، ޙަޤީޤަތުގައި މިއީ ވަރަށް އާންމު ކަމެއް. އަދި މިއީ ކާނާއާ ގުޅުންހުރި ދުޅަހެޔޮ އާދަތަކުގެ ބައެއް ކަމުގައިވެސް ވެދާނެ،" ޖެނިފަރ ހާމަކުރިއެވެ.

ޕެންސިލްވޭނިއާގެ ފޯޓް ވޮޝިންގްޓަންގެ ޑައިޓީޝަނެއް ކަމަށްވާ ރިބިން ކްލައިން ވިދާޅުވާ ގޮތުގައި، ޖަޒުބާތުގައި ޖެހިގެން ކެއުން ސިއްޙަތަށް ގެއްލުންވާ ހިސާބަކަށް ދިޔުމުގެ ފުރުސަތު އޮތް ކަމުގައި ވިޔަސް، މީހުން ކާ ގޮތްތަކާމެދު ހަރުކަށި ގަވާއިދުތަކާއި ސްޓްރެޓެޖީތައް ބޭނުންކުރުމުގެ ބަދަލުގައި، މިކަމުގެ ކެއުމުގެ ތަފާތު ވައްތަރުތަކަށް ރިޢާޔަތްކުރުމަކީ މުހިންމު ކަމެކެވެ.

ޖެނިފަރ ވިދާޅުވިގޮތުގައި، ޘަޤާފީ އާދަކާދައިގެ ނުވަތަ އިޖްތިމާޢީ ގުޅުންތަކުގެ ތެރެއިން ނުވަތަ ކާމިޔާބީއެއް ފާހަގަކުރާއިރު ޚާއްސަ ކާއެއްޗެއްގެ މަތިން ހިތަށް އަރާފާނެއެވެ.

އަހަރެމެންގެ މުޅި ދިރިއުޅުން ބައްޓަންވެފައި މިވަނީ ކާނާގެ މައްޗަށް. ކާނާއަކީ އަރާމުދޭ އެއްޗެއެއްގެ އިތުރުން އަހަރެމެންގެ ތެރެއިން ގިނަ މީހުން، އެމީހުންގެ ޘަޤާފަތާއި ކުރީގެ ހަނދާންތަކާއި އިހުސާސްތަކާ ގުޅިފައިވާ އެއްޗެއް،" ޖެނިފަރ ބުންޏެވެ.

ޖެނިފަރ ބުނާ ގޮތުގައި، އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ ކާނާގެ ކެއުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އެހެންކަމުން، ވަރުގަދަ އިހުސާސްތަކެއް ކުރެވޭ ހިނދު، ރަހަ މީރު އެއްޗެއް ކާލަން ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އަމިއްލައަށް ކަމުދާ އެއްޗެއް ކެއުން ހިމެނޭނަމަ، އެކަމާ ގުޅިގެން އަމިއްލަ ނަފްސުދެކެ ލަތުވެތިވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

"ބައެއްފަހަރު ޖަޒުބާތުގައި ޖެހިގެން މާގިނައިން ކެއުމަކީ މައްސަލައެއް ނޫން. އަދި އެއީ އަމިއްލަ ނަފްސަށް ފާޑުކިޔަންޖެހޭ ނުވަތަ އަމިއްލަ ނަފްސު ކުށްވެރިކުރަންޖެހޭ ކަމެއްވެސް ނޫން،" ޖެނިފަރ ބުނެފައިވެއެވެ.

ޖެނިފަރ ބުނާ ގޮތުގައި، ބައެއްފަހަރު މީހުން ހަމައެކަނި ކެއުމަށް މާ ބޮޑަށް އަހަންމިއްޔަތުކަން ދޭ ހިނދު، އުފަލާއި، އިޖްތިމާޢީ ގުޅުންތަކާއި، އެކުވެރިކަން ބަދަހިކުރުމަށް ގިނަ ވަގުތުތަކެއް ގެއްލިގެން ހިނގައިދެއެވެ. އޭނާ އިތުރަށް ބުނީ،  ކާނާއަކީ ހަމައެކަނި ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި ދެކޭނަމަ، ބަނޑުހައިނުވާ ވަގުތެއްގައިވެސް ރައްޓެއްސަކާއެކު ކެއުމަކަށް ދިއުމަކީ 'ދުޅަހެޔޮ ޞިއްޙަތަކަށް އެންމެ ރަނގަޅު ގޮތް' ނޫން ކަމަށް ހީވެދާނެއެވެ. ނަމަވެސް، ޙަޤީޤަތުގައި އިޖްތިމާޢީ ގުޅުންތަކަކީ ދުޅަހެޔޮ ޞިއްޙަތަކާއި ދިގު ޢުމުރަކަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.

މީގެ އިތުރުން، ނޯތު ކެރޮލައިނާގެ ޝާލޮޓްގައި މަސައްކަތްކުރައްވާ ޑައިޓީޝަނެއް ކަމުގައިވާ ނެޓަލީ މޮކާރީ ބުނި ގޮތުގައި، އަނެއް ކަންބޮޑުވުމަކީ ކެއުން މާ ބޮޑަށް ލިމިޓް ކުރަން އުޅޭ ނަމަ، އޭގެ ނަތީޖާ ބަދަލުވެ ކެއުމުގައި ހައްދުފަހަނައަޅާ ދެވެއެވެ. މޮކާރީ އިތުރަށް ބުނި ގޮތުގައި، ކެއުމުގައި ހައްދުފަހަނައަޅާ ދިއުމަކީ އާންމު ގޮތެއްގައި 'މިއީ އަހަރެން ކޮށްގެންވާނެ ކަމެއް ނޫން، އެކަމަކު އަހަރެން މިކަން ކުރާނަން... އަދި މިއީ އަހަރެން ދެން ދުވަހަކުވެސް ނުކާނެ އެއްޗަކަށްވާތީ، މިފަހަރު ވަރަށް ގިނައިން ކާނަން' މިފަދަ އިހުސާސްތަކެއްގެ ނަތީޖާއެކެވެ.

ޑައިޓީޝަން ކްލައިން ބުނި ގޮތުގައި، ޖަޒުބާތުގައި ޖެހިގެން ކެއުން މައްސަލައަކަށް ބަދަލުވާ ހިސާބެއް އެބައޮވެއެވެ. އަދި މިކަން އާންމުކޮށް ދިމާވަނީ، ހިތާމަވެރި ހާދިސާއެއް ދިމާވުމުން، ކެއުމަކީ އެމީހާ އެކަމަކުން އަރައިގަންނަން ބޭނުންކުރާ ހަމައެކަނި ވަސީލަތަކަށް ކެއުން ވާ ހިސާބުންނެވެ. ކްލައިން އިތުރަށް ބުނި ގޮތުގައި، ދަތި އުނދަގޫ އިހުސާސްތަކާ ކުރިމަތިލުމަށް ކިހާ އަވަސްއަވަހަށް ކެއުމަށް ބަރޯސާވަމުންދޭތޯ އާއި، އެފަދަ އިހުސާސްތަކާ ކުރިމަތިލުމަށް އެހެން ގޮތްތަކެއް ބޭނުންކުރެވޭތޯ ވިސްނުން މުހިންމެވެ.

ހަމައެއާއެކު، ޖެނިފަރ ބުނާ ގޮތުގައި ހިތާމައެއް ކުރިމަތިވާ ހިނދު އެކަމަކުން އަރައިގަންނަން ކެއުމަށް މާ ބޮޑަށް ބަރޯސާވަމުންދާކަން ނުވަތަ ކެއުމުގައި ހައްދުފަހަނަ އަޅާ ދާފަދަ އާދައެއް ހުރިކަން ދައްކުވައިދޭ ބައެއް އިންޒާރުތައް ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ކުޑަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާގިނައިން އަވަސް އަވަހަށް ކެއުމާއި، އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް ގެއްލިފައިވާކަމުގެ އިހްސާސް ކުރެވުމާއި، އަމިއްލަ ނަފްސު ކުށްވެރިވުން ނުވަތަ ލަދުވެތިކަމުގެ އިހްސާސް ކުރެވުމާއި، ސިއްރުން ކެއުމާއި، އަދި ގިނަފަހަރަށް ބަނޑުފުރިފައި ހުއްޓަސް ކެއުމެވެ.

މިފަދަ ކަންތައްތަކަކީ ކާބޯތަކެތި ބޭނުންކުރުމުގައި ނުރަނގަޅު އާދަތަކެއް ހުރިކަން ދައްކުވައިދޭ މުހިންމު ނިޝާންތަކެއް ކަމަށް އޭނާ ފާހަގަކުރައްވައެވެ.

ކެއުންޖަޒުބާތުގައި ޖެހިގެން ކެއުންކާބޯތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

17 މެއި 2024
ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!

ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!

09 މެއި 2024
ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު