Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދީ ހާލަތު

މިއަހަރު ރާއްޖޭގެ އިގްތިސާދު އަންދާޒާކުރި ވަރަށްވުރެ ރަނގަޅުވާނެ – ސަރުވަޝް

2020 ވަނަ އަހަރު 33 އިންސައްތައިގައި ހުރުމަށްފަހުގައި މިދިޔަ އަހަރު 37 އިންސައްތައިގެ ކުރިއެރުމެއް އިގްތިސާދަށް ލިބިގެންދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖުލައި 2022 | ހުކުރު 08:26
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް

އިގްތިސާދީ ހަރަކާތްތައް ހުރީ ރަނގަޅަކަށް ކަމަށާއި، މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ވެސް ކުރިއަރައިގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރިގޮތާއި ގުޅޭގޮތުން، ރާއްޖެ ޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން ސަރުވަޗް ވިދާޅުވީ މިހާރު އޮތް ހާލަތަކީ، ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ބަޖެޓް ހެދި އިރު އޮތް ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދު ބާކީ މިއޮތްތަނަށް ފެނިގެންދަނީ ފަތުރުވެރިކަން އިތުރަށް ކުރިއަރައިދާތަން ކަމަށެވެ. އަދި ބަޖެޓުގައި އަންދާޒާކުރި ޓާގެޓް ހާސިލްވާތަން ފެނިގެންދާނެ ކަމަށާއި، ރާއްޖޭގެ އިގްތިސާދުގައި ދެންހުރި ސިނާއަތްތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެ ގޮންޖެހުންތަކަކީ ދުނިޔޭގައި އަންނަ ބަދަލުތަކާއި ގުޅިގެން އަގުތައް މައްޗަށް ދިއުމާއި ގުޅިގެން ފެންނާނެ ބަދަލުތަކެއް ކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން ސިނާއަތްތައް ކުރިއަރަން ފެށުމުން، މި ކަންކަމަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މިހާރު އޮތް އިގްތިސާދީ ހާލަތަށް އަންނަން ޖެހުނު ގޮތާއިމެދު ވިސްނާލަން ޖެހޭ ކަމަށް ސަރުވަޝް ވިދާޅުވިއެވެ. މިވަގުތު އިގްތިސާދީ ހާލަތަށް ބަލާއިރުގައި މުޅި ޖުމްލަކޮށް ފެންނަނީ ރާއްޖޭގެ ރިއަލް އިކޮނަމީގައި ކުރިއެރުންތަކެއް ހުރިތަން ކަމަށާއި، އިގްތިސާދީ ހާލަތުގެ ކޮންސަމްޕްޝަން ޑޮމެސްޓިކް ކޮމިއުނިޓީގައި ހަރަދުކުރުމުގެ ގާބިލްކަން އެބަހުރިކަމަށެވެ. އަދި މިހިސާބަށް މި އާއި ޗާންސަކުން ނޫން ކަމަށާއި، މިއީ ތަރުތީބުކޮށްގެން ނެގުނު ފިޔަވަޅުތަކެއްގެ އަލީގައި އެގޮތަށް އިގްތިސާދީ ކަންކަން ތަރުތީބު ކުރެވުނީމަ އާދެވުނު ހިސާބުކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ ރާއްޖެ ފުރަބަންދު ކުރަންޖެހުނު ސަބަބީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި، ވައިރަސް ބަލިކޮށްގެން ނޫނީ އަލުން އިގްތިސާދު ފަށައިގަނެވޭނެކަމަށް އެއިރު ނުބެލެވުނު ކަމަށެވެ. އެއިރު ސިއްހީގޮތުން ކުރަންޖެހުނު އިންވެސްޓްމަންޓް ކުރަމުން ގޮސް، ވައިރަސް ބަލިކޮށް އެއާއެކު އުޅުމަށްޓަކައި ހޯދަންޖެހުނު ފެސިލިޓީސް އަދި ބަލި މެނޭޖްކުރަން ޖެހުނު ހުރިހާކަމެއް ދައުލަތުން ހަރަރުކޮށްގެން ކޮށްފައިވާ ކަމަށެވެ.

އެޔާއެކު އިގްތިސާދީގޮތުން ރައްޔިތުންނަށް ދަތިވީ ކަންތައްތަކުގައި، ވަކިން ހާއްސަކޮށް ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔުމާއި، އާމްދަނީއަށް ބުރޫ އެރި ކަމަށެވެ. އެކަމަށްޓަކައި ވިސްނުމަކަށްވީ އަލުން އިގްތިސާދު ހިނގައިގަންނަން ފަށާއިރު، ވިޔަފާރިތައް ތައްޔާރުކޮށް ބެހެއްޓުން ކަމަށެވެ. އެހެންކަމުން ވިޔަފާރިތަކަށް ބޭނުންވާ ކޭޝްފްލޯ ސަޕޯޓް ދީފައިވާނެ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ ސިނާއަތްތަކުގެ އިކޮނަމީ ރަނގަޅަށް ދިޔަނަމަވެސް ބައެއް އެހެން ސެކްޓަރތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށެވެ. އަދި ޕަބްލިކް ފައިނޭންސްގެ ވީކްނެސް އަދި ރިސްކަތަކެއް ފެންނަން އެބަހުރި ކަމަށާއި، އޭގެ ފިޔަވަޅުތައް އަޅަމުން އައީ ވެސް ދުނިޔޭގެ ހާލަތަށް ބަލައިގެންން ކަމަށެވެ. އެހެންނަމަވެސް މިއަހަރު ތެރޭގައި އިގްތިސާދީ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއިގްތިސާދުފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު