Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ ލަފާ ދިނުން

ފާއިތުވެދިޔަ ހަ މަސް ދުވަހު 428 މައްސަލައެއްގެ ގާނޫނީ ލަފާ އޭޖީ އޮފީހުން ދީފި

ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 471 މައްސަލައެއް ހުށަހަޅާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖުލައި 2022 | ބުދަ 04:32
އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު

މި އަހަރުގެ ޖެނުއަރީ 1ން ފެށިގެން ޖޫން މަހުގެ 30 ގެ ނިޔަލަށް 428 މައްސަލައެއްގެ ގާނޫނީ ލަފާ އެޓާނީ ޖެނެރަލްގެ އޮފީހުން ދީފިއެވެ.

އެ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 471 މައްސަލައެއް ހުށަހަޅާފައިވާއިރު 428 ކަމަކާ ގުޅޭ ގޮތުން ލަފާ ދީފައިވެއެވެ.

އޭގެތެރެއިން ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 7 ލަފާދީފައިވާއިރު އެއްބަސްވުންތަކުގައި ސޮއިކުރުމާއި ގުޅޭ ގޮތުން 122 ލަފާ ވަނީ ދީފައެވެ. ގަވާއިދުތަކާ ގުޅޭ ގޮތުން 81 ލަފާ ދީފައިވާއިރު އުސޫލުތަކާ ގުޅޭ ގޮތުން 26 ލަފާ ވަނީ ދީފައެވެ. އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 187 ލަފާ ވަނީ ދީފައެވެ.

އެޖީ އޮފީހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކުރީ ސަރުކާރުން ވަޒީފާތަކުން ވަކިކުރި 19 މައްސަލައެއްގައި, ދައުލަތުން ބަދަލުގެ ގޮތުގައި 6 މިލިޔަން ރުފިޔާ އެފަރާތްތަކަށް ދީފައިވާކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ދައުލަތުން ބަދަލު ދިނުމުގައި އަމަލުކުރަމުންދާ އުސޫލުތައް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން، ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށައެޅި ކަމަށެވެ. މިޝަކުވާތައް ހުށައަޅާފައިވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސެޓެލްމަންޓް ކޮމެޓީއަށެވެ.

ކޮމެޓީއަށް 37 މައްސަލައެއް ހުށަހެޅުނު ކަމަށާއި، އޭގެތެރެއިން ކޮމެޓީން ބަދަލު ދޭން ނިންމި ހަމައެކަނި މައްސަލައަކީ ނޫމަޑި މައްސަލަކަން ރިފްއަތު ފާހަގަކުރެއްވިއެވެ. ބަންޑާރަ ނައިބު ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތަކެވެ. ކުރީ ސަރުކާރުން އެކި ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 6.8 މިލިއަން ރުފިޔާ ދީފައެވެ.

ސަރުކާރުން ބަދަލު ދިނުމުގައި އަމަލުކުރާ ގޮތަކީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުރެވޭ ހުކުމްތަކަށް ބަލައިގެންކަމަށާއި، ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ މައްސަލަތަކުގައި ކޯޓުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަތައް ނިންމުމަކީ ސަރުކާރަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަކަށްވުމުން, ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށް ރިފްއަތު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ހުށަހެޅި ގެއްލުމުގެ ބަދަލުތަކުގެ މައްސަލަތަކުގައި އިންސާފުވެރިކަމާއެކު މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން އެމައްސަލަތައް ނިންމެވުމަށް އިރުޝާދު ދެއްވިކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީސް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް
12 އޮކްޓޯބަރު 2025

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ
09 އޮކްޓޯބަރު 2025

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ
08 އޮކްޓޯބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް
08 އޮކްޓޯބަރު 2025

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި

14 ސެޕްޓެމްބަރު 2025
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި
25 ޖޫން 2025

ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް

25 ޖޫން 2025
ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
24 އޮކްޓޯބަރު 2023

ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ

24 އޮކްޓޯބަރު 2023
ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ
10 އޮކްޓޯބަރު 2023

ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

10 އޮކްޓޯބަރު 2023
ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު