Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމު ކޯޓު

ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބުނެ އެޓާނީ ޖެނެރަލް އުޝާމަށް ފިޔަވަޅު އަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ޖަވާބުދާރީވެފައި ނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 14:48
އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް: މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ޖަވާބުދާރީވެފައި ނުވޭ

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، އެޓާނީ ޖެނެރަލް އުޝާމަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދައުލަތަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެހެން ނަމަވެސް މި މުއްދަތު ހަމަވިއިރު ވެސް ޖަވާބުދާރީވެފައި ނުވެއެވެ.

އަދި ސަރުކާރަށް ދީފައިވާ މި މުއްދަތު ހަމަވި އިރުވެސް ޖަވާބުދާރީ ނުވުމަކީ އެ ކޯޓުގެ ހުރުމަތް ކަނޑައިލުމުގެ އަމަލަކަށް ވާތީ ދައުލަތުގެ ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅީ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ވެސް އެ ކޯޓަށް ހުށަހެޅި، ކެންދޫ ދާއިރެގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަލީ ހުސެއިން އެވެ.

މިދިޔަ ފެބްރުއަރީ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން އެދުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް 28 ފެބުރުއަރީއަށް މި މުއްދަތް ހަމަވި އިރުވެސް ދައުލަތުން ޖަވާބުދާރީ ވެފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ހަވާލާދީފައިވާ މައްސައާއި ގުޅިގެން 18 ފެބުރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި، މި މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައި، މައުލޫއީ ގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) އަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމާފައިވެއެވެ. އެ މުއްދަތު 28 ފެބުރުއަރީ 2025 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ

އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އޭޖީ އޮފީހުން އެ މައްސަލައިގެ ޖަވާބު ފޮނުވާފައިނުވާއިރު، ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް އެ ސިޓީގައިވެއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތަށް ލާޒިމު ކަމެކެވެ. އަދި ފަނޑިޔާރުންގެ އަމުރުތަކަށް ކިޔަމަންނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެއެވެ.

އެހެންވެ އަލީ ހުސެއިން ފޮނުއްވި ސިޓީގައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، ބަންޑާރަނައިބު އަހުމަދު އުޝާމްގެ މައްޗަށް ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ. އަދި ހިނގަމުންދާ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުމަށް އޭޖީ އޮފީހަށް އަންގައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދުގެ އިތުރުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

މި މައްސަލަ ބަލަމުން ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން 26 ފެބްރުއަރީ 2026 ގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ހުސްނުއްސުއޫދާއި، ފަނޑިޔާރުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު