Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ

އޭޖީ އުޝާމް ސުޕްރީމްކޯޓަށް ޖަވާބުދާރީވުމުގެ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލާ!

ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވަނީ 28 ފެބްރުއަރީ އަށް ކަމަށް އަލީ ހުސައިން އާއި މި މައްސަލައިގައި ހިމެނޭ އެހެނިހެން ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 14:22
އޭޖީ އަހުމަދު އުޝާމް

އޭޖީ އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން، ނުވަތަ އެ ޕާޓީން ވަކިވުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ގެނައި މައްސަލައިގައި ޖަވާބުދާރީވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ސުޕްރީމް ކޯޓުން ދިން މުއްދަތުގައި، އެ ކޯޓަށް ޖަވާބުދާރީ ވެވަޑައިގަންނަވާފައި ވާނެ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޖިލިސް މެމްބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު ޕާޓީ އަށް ލިބޭ ގޮތަށް ޤާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގައި ޖަވާބުދާރީ ވާން އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބުނު މުއްދަތުގައި ޖަވާބުދާރީ ވެފައި ނުވާ ކަމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސައިން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އަދި ސުޕްރީމް ކޯޓުން ދިން މުއްދަތުގައި މައްސަލަ އަށް ޖަވާބުދާރީ ނުވުމަކީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ފާހަގަކޮށް އެކަމާއި މެދު ފިޔަވަޅު އަޅާ ދިނުމަށް އޭނާ ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފައެވެ. އެގޮތުން އަލީ ހުސެއިން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަންނަވާފައި ވަނީ މި މައްސަލަ އާއި ގުޅިގެން ބަންޑާރަނައިބާއި މެދު ފިޔަވަޅު އަޅުއްވާ ދެއްވުމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުން، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމް ކުރާ ކަމެއްކަން އެ ސިޓީގައި އަލީ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެ މާއްދާގައި ބުނާގޮތުން، ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ވެސް އަލީ ހުސެއިންގެ އެ ސިޓީގައި ވަނީ ބުނެފައެވެ.

މި ކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ފަރާތުން (އަލީ ހުސައިން) މި މައްސަލައިގެ މުއްދަތު ގުނަނީ ރަނގަޅަށް ނޫން ކަމަށެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖަވާބުދާރީވުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އޭޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށާއި ސުޕްރީމް ކޯޓުން އެ މުއްދަތު ދީފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ޤަބޫލުކުރައްވާ ގޮތުން އެ މުއްދަތު ހަމަ ވަނީ މާރޗް 6ވާ ބުރާސްފަތި ދުވަހަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވެފައި ވަނީ ކޮން އިރަކުތޯ ސާފުކުރުމަށް ރާއްޖެއެމްވީން ސުވާލުކުރުމުން، އެ ސުވާލަށް އުޝާމް ޖަވާބުދެއްވާފަ އެއް ނުވެއެވެ.

އުޝާމް މިހެން ވިދާޅުވި ނަމަވެސް ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވަނީ 28 ފެބްރުއަރީ އަށް ކަމަށް އަލީ ހުސައިން އާއި މި މައްސަލައިގައި ހިމެނޭ އެހެނިހެން ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް 20 ވަނަ މަޖިލީހުން ގެނައި ބަދަލާއި އެކު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި ޚިލާފުވެފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި ވެސް އެ އިސްލާހު ޚިލާފުކަމަށް އޭނާ ފާހަގަކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު