Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވުން

ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވޭ

ފަރިތަކުރުންތަކުގައި ބައިވެރިނުވަނީ އަމިއްލަ ސަބަބަކާ ހެދި ކަމަށް ބުނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2022 | ބުދަ 04:39
ރޮނާލްޑޯ

ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލައިފިއެވެ.

ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ރޮނާލްޑޯ ވަނީ ފުރަތަމަ ދުވަހު ހާޒިރުނުވެވޭނެ ކަމަށް އަންގާފައެވެ. ސަބަބެއް ކަމަށް އޭނާ އަންގާފައިވަނީ އޭނާގެ އަމިއްލަ ކަމެއް ނުވަތަ އާއިލީ ސަބަބަކާ ހެދިކަމަށެވެ. ޔުނައިޓެޑުގެ ދެ ވަނަ ފަރިތަކުރުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔައިރު، އެ ފަރިތަކުރުމަށް ވެސް ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެ. ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ދެ ވަނަ ދުވަހު ވެސް ރޮނާލްޑޯ ހާޒިރުވެފައި ނުވަނީ އޭނާގެ އަމިއްލަ ސަބަބަކާ ހެދި ކަމަށް ބުނެއެވެ.

ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޒިރުނުވާއިރު، އޭނާ ވަނީ ކުލަބް ދޫކޮށްލަން ބޭނުންވާކަމަށް އެ ޓީމަށް އަންގާފައެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައި ނުވުމުންނެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ ނިމުނު ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލީގު ނިންމާނުލެވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.

ރޮމާނޯ ބުނި ގޮތުގައި ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑޭޭޒް އަންނަނީ ރަސްމީ ޕްރޮޕޯސަލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެފައިވަނީ 2021 ވަނަ އަހަރުއެވެ. އޭނާ ވަނީ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ލަނޑު ޖަހާފައެވެ. ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ބަދަލުވި ފަހުން އެ ޓީމާއެކު ރޮނާލްޑޯއަށް ތައްޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު