Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސް

މަންކީޕޮކްސް ކޭސްތަކުން މިފަހަރު ފެންނަ އަލާމާތްތައް ތަފާތު: ދިރާސާ

4 ޖުލައި 2022 | ހޯމަ 05:05

ދިރާސާއިން ދައްކާ ގޮތުން، ހުން އަންނަ މިންވަރާއި ވަރުބަލިވާ ނިސްބަތް މަދުވި ނަމަވެސް، ލަދުވެތި ގުނަވަންތަކުގެ ހަމަށް ގެއްލުންވި މިންވަރު އިތުރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 ޖުލައި 2022 | ހޯމަ 05:05
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް

މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް

އިނގިރޭސިވިލާތުން މަންކީޕޮކްސް ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ މީގެ ކުރިން ފެތުރެމުން ދިޔަ މަންކީޕޮކްސް ކޭސްތަކާ އަޅާ ބަލާއިރު ފާހަގަކުރެވޭހާ ތަފާތު އަލާމާތްތަކެއް ކަމަށް ލަންޑަންގެ ރިސާޗަރުންތަކެއް ހާމަކޮށް، ބައެއް ކޭސްތައް ފާހަގަނުކުރެވި ދޫކުރެވިފައި އޮވެދާނެކަމުގެ ކަންބޮޑުވުން އުފެދިއްޖެއެވެ.

ޖިންސީ ސިއްހަތާ ބެހޭ ކްލިނިކުތަކުން މިއަހަރުގެ މެއި މަހު ފަރުވާ ހޯދި ޕޭޝަންޓުންގެ ތެރެއިން 54 ޕޭޝަންޓެއްގެ ކިބައިން އެއްކުރި މައުލޫމާތަށް ބަލާއިރު ހުން އަންނަ މިންވަރާއި ވަރުބަލިވާ ނިސްބަތް މަދުވި ނަމަވެސް، ލަދުވެތި ގުނަވަންތަކުގެ ހަމަށް ގެއްލުންވި މިންވަރު އިތުރު ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މަންކީޕޮކްސްއަކީ މީގެ ކުރިން، ހަމައެކަނި، އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ފެންނަމުން ދިޔަ (އެންޑެމިކް) ބަލިމަޑުކަމެކެވެ. ނަމަވެސް މި ބަލީގެ އިތުރު ކޭސްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ދަނީ ފެންނަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މި އަހަރު ރެކޯޑް ކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކުގެ އަދަދު 5000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެފްރިކާ ސަރަހައްދުން ބޭރުން، މިބަލީގައި މަރުވެފައިވަނީ 1 ޕޭޝަންޓް ކަމަށް މައުލޫމާތު ލިބެއެވެ. މެއި މަހުގެ ކުރީ ކޮޅުން ފެށިގެން، އެފްރިކާ ސަރަހައްދުން ބޭރުން މަންކީޕޮކްސް ކޭސްތައް ފެންނަން ފަށާފައިވާއިރު، ޖުމުލަ ގޮތެއްގައި ކޭސްތައް ގިނައީ ވިލާތު ސަރަހައްދުގައެވެ.

އެމެރިކާގެ ސެންޓަރ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ފަދަ އިތުބާރު ހިފޭ ސިއްހީ އިދާރާތަކުންވަނީ، މަންކީޕޮކްސް އާންމު ގޮތެއްގައި ފެތުރެމުން ދަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައިކަންވެސް ފާހަގަކޮށްފައެވެ.

ލޭންސެޓް އިންފެކްޝަސް ޑީޒީޒަސް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާގެ މުސައްނިފުން ވަނީ، މަންކީޕޮކްސްގެ ޕޭޝަންޓުންގެ ކިބައިން ފެންނަމުންދާ ބައެއް އަލާމާތްތަކަކީ ޖިންސީ ގުޅުމުން ޖެހޭ ހާޕީޒްއާއި ސިފިލިސް ފަދަ ބަލިތަކުގައިވެސް ފެންނަ ފަދަ އަލާމާތްތަކެއް ކަމުގައިވުމުން، މަންކީޕޮކްސްއަށް ސަމާލުވުމަށް އިތުރަށް ފަރުވާތެރިވުމަށް ގޮވާލާފައެވެ.

ޗެލްސީ އެންޑް ވެސްޓްމިންސްޓާ ހޮސްޕިޓަލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ތަޖުރިބާކާރުންވެސް ހިމެނޭހެން އެކުލަވާލާފައިވާ ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު، މަންކީޕޮކްސްއަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ 4 ބައިކުޅަ 1 ބައި މީހުންނަކީ އެޗްއައިވީއަށް ޕޮޒިޓިވް ޕޭޝަންޓުންނެވެ. އަދި 4 ބައިކުޅަ 1 މީހުންނަކީ ޖިންސީ ގުޅުމުން ޖެހޭ އެހެން ބަލިތައް ހުރި މީހުންނެވެ.

އެގޮތުން ޑރ.ރޫތު ބައިރަން ވިދާޅުވީ ބަލި ދެނެގަތުމުގައި ކުށްހީއެއް ކުރެވުމަކީ ބައްޔަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އިތުރު ބަޔަކަށް ބަލި ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލް ކުރުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

މަންކީޕޮކްސްއަކީ ވަރަށް ގާތުން، އެކީ އެއްތާ ވެގެން ނުވަތަ ކޮންޓެކްޓް ވެގެން ގައިން ގަޔަށް އަރާ، ފެތުރޭ ބައްޔަކަށްވާއިރު، ރިސާޗަރުން ދަނީ މި ބައްޔަކީ ފިރިހެނާގެ ދަރިފަނިންވެސް ފެތުރޭ ބައްޔެއްތޯ ބަލަމުންނެވެ.

ބަލި ޖެހިފައިވާ މީހުންނާމެދު ގޯސް ނަޒަރަކުން ނުދުށުމަކީ، ބަލި ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިންފެކްޝަސް ޑިޒީޒަސް އެޕިޑެމިއޮލޮޖިސްޓް، ޑޭވިޑް ހޭމަން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2018

ޚަޝޯގީގެ މަރުގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2018
ޚަޝޯގީގެ މަރުގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން އދ. އިން ގޮވާލައިފި
16 ސެޕްޓެމްބަރު 2018

އީޔޫއިން ވަކިވުމާމެދު އަނެއްކާވެސް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ލަންޑަންގެ މޭޔަރު ގޮވާލައްވައފި

16 ސެޕްޓެމްބަރު 2018
އީޔޫއިން ވަކިވުމާމެދު އަނެއްކާވެސް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ލަންޑަންގެ މޭޔަރު ގޮވާލައްވައފި
20 އޯގަސްޓު 2018

ހައްޖުގެ ޚުތުބާ މިފަހަރު ދެއްވާނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރެއް

20 އޯގަސްޓު 2018
ހައްޖުގެ ޚުތުބާ މިފަހަރު ދެއްވާނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރެއް
31 ޖުލައި 2018

މެސެޑޯނިއާގެ ނަން ބަދަލުކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

31 ޖުލައި 2018
މެސެޑޯނިއާގެ ނަން ބަދަލުކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ
03 މެއި 2018

ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި

03 މެއި 2018
ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި
14 އެޕްރީލު 2018

ސީރިޔާއަށް ދެމުންދާ ހަމަލާ: ހަމަލާގެ ނަތީޖާ ފެންނަ ފުރަތަމަ ފުޓޭޖް

14 އެޕްރީލު 2018
ސީރިޔާއަށް ދެމުންދާ ހަމަލާ: ހަމަލާގެ ނަތީޖާ ފެންނަ ފުރަތަމަ ފުޓޭޖް
06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
01 އޮކްޓޯބަރު 2017

ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ

01 އޮކްޓޯބަރު 2017
ކެތަލީނާ މިނިވަންކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި ހަމަނުޖެހުން ހިނގާ 460 މީހުން ޒަޚަމް ވެއްޖެ
17 ޖުލައި 2017

ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ

17 ޖުލައި 2017
ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް