Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަލާސިއާ ޔުނައިޓެޑަށް ބަދަލުވުން

ފަޔެނޯޑްގެ މަލާސިއާ ޔުނައިޓެޑަށް

ޔުނައިޓެޑުން މަލާސިއާ ހޯދީ 17 މިލިއަން ޔޫރޯގެ އަގަކަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 4 ޖުލައި 2022 | ހޯމަ 03:46
ފަޔެނޯޑްއަށް ކުޅެމުންއައި ޓައިރެލް މަލާސިއާ

ފަޔެނޯޑްއަށް ކުޅެމުންއައި ޓައިރެލް މަލާސިއާ

ފަޔެނޯޑްއަށް ކުޅެމުންއައި ޓައިރެލް މަލާސިއާ، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދެފަރާތުން މިހާރު ވަނީ ޕާސަނަލް ޓާމްސްގެ އެއްބަސްވުމަކަށް ގޮސްފައެވެ. މަލާސިއާ ޔުނައިޓެޑަށް ބަދަލުވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު އެއް އަހަރަށް ދިގުދައްމާލުމުގެ އިޚްތިޔާރު އޮންނާނެއެވެ. މަލާސިއާ ޔުނައިޓެޑަށް ބަދަލުވާން ނިންމި ނަމަވެސް މިހާތަނަށް އަދި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، އެކަން ރަސްމީކޮށް އިއުލާނު ކުރާނެއެވެ.

ޔުނައިޓެޑާއެކު މަލާސިއާ ވަނީ އާދީއްތަ ދުވަހު މެޑިކަލް ޓެސްޓުގެ ފުރަތަމަ ބައި ފުރިހަމަ ކޮށްފައެވެ. ޓެސްޓުގެ ދެވަނަ ބައި ފުރިހަމަ ކުރާނީ މިއަދުއެވެ.

ޔުނައިޓެޑުން މަލާސިއާ ހޯދީ 17 މިލިއަން ޔޫރޯގެ އަގަކަށެވެ. ފްރާންސްގެ ލިޔޯންއިންވެސް މަލާސިއާ ހޯދުމަށް މަސައްކަތް ކުރިއެވެ. އަދި މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށްވެސް އެކްލަބުން މަލާސިއާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައީ އިތުބާރާއެކުއެވެ. ނަމަވެސް ޔުނައިޓެޑުން ޑީލް ކާމިޔާބުކުރީ ލިޔޯންއިން ހުށަހަޅާފައިވާ 15 މިލިއަން ޔޫރޯއަށްވުރެ ދެމިލިއަން އިތުރަށް ފަޔެނޯޑަށް ދޭން އެއްބަސްވެގެންނެވެ.

އުމުރުން 22 އަހަރުގެ ލެފްޓް ބެކް ވަނީ މިދިޔަ ސީޒަންގައި ފަޔެނޯޑްއަށް 50 މެޗު ކުޅެދީފައެވެ. އަދި މިދިޔަ މެއި މަހު އޮތް ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދިނުމުގައިވެސް މަލާސިއާގެ ދައުރު ބޮޑެވެ.

ޔުނައިޓެޑުން އަންނަނީ މިއަންނަ ސީޒަނަށް ވާއިރަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ. އެގޮތުން އަޔެކްސްއަށް ކުޅެމުން އަންނަ ލިސަންޑްރޯ މާޓިނޭޒްއަކީ ޔުނައިޓެޑުގެ އެންމެ ބޮޑު އެއް ޓާގެޓެވެ. އާސެނަލްއިންވެސް އަންނަނީ މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަޔެކްސްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ޔުނައިޓެޑްގައި ހުރުމަކީ މި ޑީލް ޔުނައިޓެޑަށް ކާމިޔާބު ކުރަން އެންމެ ފަސޭހަވާނެ ސަބަބެވެ. މާޓިނޭޒްގެ އިތުރުން ބާސެލޯނާއަށް ކުޅެމުން އަންނަ ފްރެންކީ ޑިޔޯންގ ހޯދުމުގެ މަސައްކަތްވެސް ޔުނައިޓެޑުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

24 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު