Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އަމީން ދީދީގެ ވެރިކަން ނިމުނު ގޮތް

ރައީސް އަމީންގެ ވެރިކަން ނިމުނުގޮތާއި އެމަނިކުފާނުގެ ނިމުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ހުޅުވާލައިފި

3 ޖުލައި 2022 | އާދީއްތަ 23:53

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ދެމެދު މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖުލައި 2022 | އާދީއްތަ 23:53
ރައީސް އަމީން ދީދީ

ރައީސް އަމީން ދީދީ

ރައީސް އަމީންގެ ވެރިކަން ނިމުނުގޮތާއި އެމަނިކުފާނުގެ ނިމުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްޙޫމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތް ސާފުނުވާތީ އާއި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދަޢުވާގެ ސީޣާ ސާފުވެފައިނެތް ކަމަށެވެ. އަދި ކުރެވުނު ޝަރީއަތުގެ ޞައްޙަ މަޢުލޫމާތު ލިބިފައިނުވާތީއާއި، އެމަނިކުފާނަށް ކުރެއްވިކަމަށް ބުނާ އަނިޔާތަކަކީ ކޮބައިކަމާއި، އަނިޔާކުރި ފަރާތްތަކާއި، އެފަރާތްތަކާމެދު އެއްވެސް ޝަރީޢަތެއް ކުރެވުނުކަން ސާފުވެފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެ އޮފީހުން ބުނެފައިވަނީ މިކަންކަމުގެ ޙަޤީޤަތް ހޯދައިދިނުމަށާއި، މިކަންކަން ހިންގާފައިވަނީ ދައުލަތުގެ މުއައްސަސަތަކާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ނިޒާމީ ސިފައެއްގައި ރާވައިގެންކަމަށް ބުނެ، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެ އޮފީހުން ތަޙުޤީޤުކުރުމަށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައާގުޅިގެން، އެ އޮފީހުން ކުރިއަށްދާ ތަޙުޤީޤަށާއި، މިޙާދިސާއަކީ 1953 ވަނަ އަހަރު ހިނގާފައިވާ ޙާދިޘާއަކަށްވާތީ، މިއީ ގިނަދުވަސްވީ ޙާދިސާއަކަށްވެފައި މައްސަލައާގުޅޭ މަޢުލޫމާތު ހޯދުމަށް އެއޮފީހުން ކުރިއަށްގެންދާ ދިރާސާއަށް މަޢުލޫމާތު ހޯދުމުގެ ގޮތުން، ކުރިއަށްގެންދާ އިންޓަވިއުތަކަށާއި ތަޙުޤީޤަށް މަޢުލޫމާތު ދެވޭނެ ފަރާތްތަކުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ދެމެދު މަޢުލޫމާތުތައް އެ އޮފީހާ ޙިއްޞާކޮށް ނަންނޯޓު ކުރުމަށް އެއޮފީހުން ވަނީ އެދިފައެވެ.

މައުލޫމާތު ހިއްސާ ކުރުމަށް އެދެ ފަރާތްތަކުން ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި، ދާއިމީ އެޑްރެސް، އީމެއިލް އެޑްރެސްގެ އިތުރުން މި ޙާދިސާއިގެ މަޢުލޫމާތުދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭގޮތް ހިއްސާކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް