Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ ލީގު 2022

ސިޓީން ތަށި އުފުލާލީ ފުރިހަމަ މޮޅަކާއެކު، ލީގުގެ ދެވަނަ ސިފައިންނަށް

3 ޖުލައި 2022 | އާދީއްތަ 04:24

ލީގު ޗެމްޕިއަންކަން ސިޓީ ހޯދީ ހުރިހާ މެޗަކުން މޮޅުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2022 | އާދީއްތަ 04:24
ޗެމްޕިއަން ސިޓީއަށް ތަށި ހަވާލުކުރަނީ

ޗެމްޕިއަން ސިޓީއަށް ތަށި ހަވާލުކުރަނީ

މިއަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ ތަށި ސްޕޯޓްސް ކުލަބް ސިޓީން އުފުލާލައިފިއެވެ.

ސިޓީން ލީގު ތަށި އުފުލާލީ ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. ފަހު މެޗުގައި ކުލަބް ވެމްކޯއާ ދެކޮޅަށް ނުކުތްއިރު ވެސް ސިޓީއަށް އޮތީ ލީގު ޔަގީންވެފައެވެ. ނަމަވެސް މޮޅުވުމުގެ ރެކޯޑު ދެމެހެއްޓުމަށް ސިޓީން ނުކުތީ އެ ޓީމުގެ ފުލް ޓީމުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ވެމްކޯއިންނެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)އާއި އަޝްވަލް ރާއީގެ މޮޅު ކުޅުމާއެކު ވެމްކޯއިން މި ސެޓު ކާމިޔާބުކުރީ 25-23 ންނެވެ. ސިޓީން ވަނީ ޖެހިގެން އައި ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް އެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން ބިދޭސީ ކުޅުންތެރިން ކަމަށްވާ ވިނީތު އާއި ހަރްދީފްގެ މޮޅު ކުޅުން މި ސެޓުގައި ވަނީ ފެނިފައެވެ. ސެޓުގެ މެދު ތެރެއިން ލީޑު ނަގައި، އެ ލީޑު ފުޅާކޮށް ސިޓީން ސެޓު ކާމިޔާބުކުރީ 25-14 ންނެވެ.

ޖެހިގެން އައި ދެ ސެޓު ވެސް ސިޓީން ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. ސިޓީން ދެ ވަނަ ސެޓު ކާމިޔާބުކުރުމާއެކު، ތިން ވަނަ ސެޓަށް ވެމްކޯއިން ނުކުތީ ބަދަލުތަކަކާއެކުއެވެ. ކުޑަކާއްޓެ އާއި ސެޓަރު ވިޕުލްގެ ބަދަލުގައި ބެންޗުން ކުޅުންތެރިން އެރިއެވެ. ސެޓުގެ ވަކި ހިސާބަނުން އަޝްވަލް ރާއީ ވެސް ވަނީ ބަދަލުކޮށްފައެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ސިޓީން ކާމިޔާބުކުރީ 25-16 އަދި 25-12 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮޗުނީ ސިޓީގެ ހުޒަންޓެއެވެ.

މެޗަށް ފަހު ވަނީ ސިޓީއަށް ލީގު ޗެމްޕިއަންގެ ޝީލްޑު ހަވާލުކޮށްފައެވެ. ލީގުގެ ތިން ވަނަ ލިބުނު ވެމްކޯއަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފްއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ތިން ސެޓު އެއް ސެޓުން ޕޮލިސް ކުލަބް ބަލިކޮށް، ލީގުގެ ދެ ވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ.

ވޮލީ ސީޒަނުގެ ތިން ވަނަ މުބާރާތް ކަމަށްވާ ޤައުމީ މުބާރާތް ފަށާނީ އަންނަ ހޯމަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލުރާނީ ޕޮލިހާއި ވެމްކޯއެވެ. ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ސިޓީއާއި ސިފައިންނެވެ. ސިޓީ އާއި ސިފައިން ކުޅޭ ސެމީން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭއިރު، ބަލިވާ ޓީމު ޖެހޭނީ ޕޮލިސް އަދި ވެމްކޯގެ ސެމީން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ މި މެޗުން މޮޅުވާ ޓީމަކަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް