Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުން ގޯސްވުން

ކުރިން އެއް ދުވަހުގެ ތެރޭގައި ވެހޭ ވާރޭ މިހާރު އެއް ގަޑިއިރު ތެރޭގައި ވެހޭ: އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް

ވަގުތީ ހިޔާ ބޭނުންވާ އާއިލާތަކަށް އެކަން ހަމަޖައްސާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 02:43
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ

ކުރިން އެއް ދުވަހުގެ ތެރޭގައި ވެހޭ ވާރޭ މިހާރު އެއް ގަޑިއިރު ތެރޭގައި ވެހޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ރިކޯޑްތަކަށް ބަލާލިޔަސް މުޅި އަހަރު ތެރޭގައި ރާއްޖެއަށް ވާރޭވެހޭގެ މިންވަރު އެއްވަރަކަށް ހުރި ނަމަވެސް، އިންޓެންސިޓީ އާއި ސެވިއަަރިޓީ އިތުރު ކަމަށެވެ. އެހެންވުމުގެ ސަބަބުން ކުއްލިއަކަށް ވާރޭވެހޭއިރު ވަރަށް ބޯކޮށް ވާރޭ ވެހޭ ކަމަށާއި އެހާ އަވަހަށް ވާރޭ ހުއްޓާލާ ކަމަށެވެ. އަދި މިގޮތަށް މި ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ސަބަބުތަކާއި ހެދި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުމަރު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި 7 އަތޮޅެއްގެ 20 ރަށަކަށް ގެއްލުންވެފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ ދެކުނުގެ އަތޮޅުތައް ކަމަށެވެ. ގިނައިން ގެއްލުން ވެފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ ނަރުދަމާގެ ނިޒާމާއި އިމާރާތަށް ލިބިފައި ހުރި ގެއްލުންތައް ކަމަށް ވެސް ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ފެން ހިންދުމުގެ ކަންތައްތައް ވެސް އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށްގެންދާ ކަމަށް އުމަރު ވިދާޅުވިއެވެ. ވަގުތީ ހިޔާ ބޭނުންވާ އާއިލާތަކަށް އެކަން ހަމަޖައްސާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން އީދުގައި މަޖާ ނެގިޔަސް މޫސުމަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އުމަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދަތުރުތައް ތައްޔާރުވާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އަރައިގެން މިހާތަނަށް 451 ގެއަކަށް ލޮނުވަދެ 6 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބިކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އެންޑީއެމްއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ށ. ބިލެތްފަހިއަށް ރޯޅިއެއްއަރާ 3 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އައްޑޫ ސިޓީ މަރަދޫއަށް އުދައަރާ 50 ގެއަކަށް ގެއްލުންވެފައިވެއެވެ. އަދި 1 އާއިލާ މިވަގުތު ތިބީ ކައުންސިލް އިދާރާގައި ވަގުތީ ހިޔާވަހީގައެވެ. އަދި މަރަދޫފޭދޫގެ 30 ގެއަކަށް ވަނީ އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ވެފައެވެ. އަދި ހިތަދޫއަށްވެސް އުދައަރާ ގެއްލުން ވެފައިވެއެވެ.

އދ. ފެންފުއްޓަށް އުދަ އަރާފައިވާއިރު އެ އަތޮޅު ދިއްދޫއަށް އުދަ އަރާ 8 ގެއަކަށް ވަނީ އެކި ގެއްލުންވެފައެވެ. މީގެ އިތުރުން ތިމަރަފުށީގެ 30 ގެއަކަށް ވަނީ ގެއްލުންވެ، 1 އާއިލާ ތިބީ ވަގުތީ ހިޔާގައި ކައުންސިލު އިދާރާގައެވެ. ތ. ދިޔަމިގިލިން 5 ގެއަކަށް އަދި އެ އަތޮޅުު ވޭމަންޑޫއިން 10 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެ އަތޮޅު ކިނބިދޫއިން 58 ގެއަކަށް އަދި ގާދިއްފުށިން 35 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އަދި އެ އަތޮޅު މަޑިފުށިން 60 ގެއަކަށް އަދި އޮމަދޫއިން 15 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ 4 އާއިލާއެއް މިވަގުުތުވެސް ތިބީ ވަގުތީ ބޯހިޔާވަހި ކަމުގައެވެ. ގދ. ރަތަފަންދޫ އިން 110 ގެއަކަށް އަދި ހޯނޑެއްދޫއިން 40 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. މި ނޫނަސް އެކި ރަށްރަށަށް އުދަ އަރާ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންވެސް ވަނީ ގެއްލުންތައްވެފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އެ އިދާރާއިން ދަނީ އުދައިގެ ސަބަބުންނާއި ވިއްސާރައިގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސް ކުރަމުން ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމާއި އިޖާބަދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ޢާންމު ރައްޔިތުން އަދި ސިފައިންނާއި ފުލުހުން ގުޅިގެން ގެއްލުން ކުޑަކުރުމާއި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް އެންޑީއެމްއޭއާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރައާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު