Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ހަތިޔާރު ހުސްވާކަމަށް ރަޝިއާއިން އެންމެ ފަހުން އިއުތިރާފުވީތަ؟

2 ޖުލައި 2022 | ހޮނިހިރު 07:27

ޕުޓިންގެ ސަރުކާރުން ވަނީ ހަލާކުވެފައިވާ އަސްކަރީ ހަތިޔާރާއި އާލާތްތައް ވީހާވެސް އަވަހަކަށް މަރާމާތު ކުރުމަށް ބާރުދޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ޖުލައި 2022 | ހޮނިހިރު 07:27
ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ތެރެއިން - އަސްކަރީ ހަތިޔާރާއި އާލާތްތައް، ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތު ކުރުމުގެ ބޭނުން، އިންތިހާއަށް ޖެހިފައިވާކަމަށް ވަނީ ބުނެފައި

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ތެރެއިން - އަސްކަރީ ހަތިޔާރާއި އާލާތްތައް، ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތު ކުރުމުގެ ބޭނުން، އިންތިހާއަށް ޖެހިފައިވާކަމަށް ވަނީ ބުނެފައި

އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔޫކްރައިންއަށް އެރީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕުޓިންގެ އަމުރުފުޅަކަށެވެ. އަރާމު ނިންޖެއްގައި ތިބި ޔޫކްރެއިންގެ ރައްޔިތުން، ފެބުރުއަރީ 24 ވަނަ ދުވަހަށް ހޭލައްވާލީ އަސްކަރީ ބަރު ހަތިޔާރުގެ އަޑުފަށްގަނޑާއި ބާރުގަދަ ގޮވުންތަކުގެ އަޑަށެވެ.

އޭގެ ފަހުން ފާއިތުވެދިޔަ 128 އަކަށް ދުވަހު، އެއީ ޔޫކްރެއިން ރައްޔިތުންގެ އާދައެވެ. ދުވާލެއް ރޭގަނޑެއް ނޯވެއެވެ. އަސްކަރީ އަމާޒެއް މަދަނީ މަރުކަޒެއް ނޯވެއެވެ. ހިމާޔަތާއި ރައްކާތެރިކަމެއް ނެތެވެ. ކުޑައެއް ބޮޑެއް ބެލުމެއް ނެތި ރަޝިއާއިން ހަމަލާތައް ދެމުން ދަނީ ހަތިޔާރުގެ ތިޔާގި ސަޕްލައިއެއް ރަޝިއާއަށް ކަށަވަރުވެފައިވާ ބީދައަކުންނެވެ. ނަމަވެސް އެއީ އަދި މުޅިން ހަގީގަތެއް ނޫންކަން ހާމަވީ ދާދި ފަހުންނެވެ.

ޕުޓިންގެ ސަރުކާރުން ވަނީ ހަލާކުވެފައިވާ އަސްކަރީ ހަތިޔާރާއި އާލާތްތައް ވީހާވެސް އަވަހަކަށް މަރާމާތު ކުރުމަށް ބާރުދޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވާލާފައެވެ. މިއީ ރަޝިއާއިން ހަތިޔާރު ހުސްވަމުންދާކަމަށް އެ ގައުމުން އިއުތިރާފުވުމުގެ އަމަލެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ. ހުސްވި ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ރަޝިއާ ސަރުކާރުން ވަނީ ރަޝިއާއިން ބޭރުގައި ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި އޮޕަރޭޝަންތައް ހާއްސަކޮށްގެން، ހާއްސަ އިގުތިސާދީ ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ބިލެއް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ.

ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި މަޖިލީހަށް ހުށަހެޅި ބިލާއެކު އޮތް އިތުރު ތަފްސީލު ދެނިވި ނޯޓެއްގައި ބުނެފައިވަނީ، އަސްކަރީ ހަތިޔާރާއި އާލާތްތައް، ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތު ކުރުމުގެ ބޭނުން، އިންތިހާއަށް ޖެހިފައިވާ ކަމަށެވެ.

ބިލްގައި ހުށަހަޅާފައިވާ ބައެއް އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ރިޒާވުން މާލީ އެސެޓްތައް ނެގުމާއި، އަސްކަރީ ސަފުތައް ރުކުރުވާލުމުގެ ފެސިލިޓީތައް ހަރަކާތްތެރި ކުރުވުމާ، ވަކިވަކި އިދާރާތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރުވުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.

ޕުޓިންގެ ސަރުކާރުން ހުށަހެޅި ބިލްގައި، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ މާނަކޮށްފައި ވަނީ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކްއާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޔޫކްރެއިންގައި ހިންގާ، ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައެވެ.

ރަޝިއާގެ ރައްޔިތުންނާއި އެ ގައުމުގެ ގާނޫނީ މުއައްސަސާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާ މި ދަނޑިވަޅުގައި، ބިލުގައި ބަޔާން ކޮށްފައިވާ ކަންކަން މިހާރުން މިހާރަށް ފުރިހަމަވާން ޖެހޭ ކަމަށްވެސް ނޯޓްގައި ފާހަގަކޮށްފައިވެއެވެ. ގާނޫނު ހަދާ މަޖިލީހުން އެ ބިލަށް ގާނޫނީ ހައިސިއްޔަތު ދީފި ކަމުގައި ވަނީ ނަމަ، ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ކަންކަން ކަނޑައެޅުމުގެ ބާރު، ރަޝިއާ ސަރުކާރަށް ލިބޭނެ ކަމަށްވެސް ނޯޓުގައިވެއެވެ.

މިއީ ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ރަޝިއާއަށް އަސްކަރީ ފެންވަރުގައި ގެއްލުންތަކެއް ވަމުން ދާކަމަށް ރަޝިއާއިން ކުރި ފުރަތަމަ އިޝާރާތެވެ. ނަމަވެސް ހަނގުރާމައިގެ ޔޫކްރެއިންއާ ވީ ފަޅިން ކޮންމެ ދުވަހަކުވެސް، ރަޝިއާއަށް ދޭ ގެއްލުންތަކުގެ ވަނަވަރު ތަފްސީލުކޮށް، ހާމަކުރެއެވެ. ޖުލައި 1 2022 ވީ ހުކުރު ދުވަހު، ޔޫކްރެއިން އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް، ފޭސްބުކްގައި ހާމަކުރެއްވި ގޮތުގައި ރަޝިއާ އަސްކަރިއްޔާއިން މަރުވި ސިފައިންގެ އަދަދު 35750 އަށް އަރައެވެ. 1577 ޓޭންކު ހަލާކު ކޮށްލާފައިވާއިރު، ހަނގުރާމަ މަތީގައި ބޭނުން ކުރާ 3736 އުޅަނދެއްވެސް ހަލާކުކޮށްލާފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. 796 އާޓިލަރީ ނިޒާމާއި އެއް ރޮކެޓަށް ވުރެ ގިނަ ރޮކެޓް ފޮނުވާލުމަށް ބޭނުން ކުރާ 246 ރޮކެޓް ލޯންޗަރުގެ އިތުރުން، ވައިގެ ހަމަލާއިން ދިފާއުވުމަށް ބޭނުން ކުރާ 105 އެއާ ޑިފެންސް ސިސްޓަމާއި، 217 މަތިންދާ ބޯޓާއި، 645 އޮޕަރޭޝަނަލް ޓެކްޓިކަލް ޔޫއޭވީ އަދި 15 މަނަވަރު ނުވަތަ ކަނޑުބޯޓާއި، 2610 އެއްގަމު އުޅަނދާއި ޓޭންކަރު އަދި 186 ހެލިކޮޕްޓަރުވެސް ހަލާކުކޮށްލާފައި ވާނެ ކަމަށް ޔޫކްރެއިން އަސްކަރިއްޔާގެ އޮފިޝަލު ވަނީ، އޭނާގެ ފޭސްބުކް ޕޯސްޓްގައި ހާމަކުރައްވާފައެވެ.

ޕުޓިންގެ އަމުރުފުޅަކަށް ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ދެމެހެއްޓުމަށް ރަޝިއާގެ ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް، ރަޝިއާގެ އޮފިޝަލުން އިންކާރު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، ސޯވިއެޓް ޒަމާނުގައި ބޭނުން ކުރި ޓޭންކުތައް، ހަނގުރާމައިގެ މައިދާނަށް ނެރުމަށް ރަޝިއާއިން ނިންމުމަކީ، ޒަމާނީ ހަނގުރާމަ މަތީ އާލާތްތަކުގެ ދަތިކަން ރަޝިއާއަށް ކުރިމަތިވެފައިވާ ކަމުގެ ނިޝާނެއް ކަމަށް، ޖާސޫސީ މައުލޫމާތާ ހަވާލާދީ، އިނގިރޭސި ދިފާއީ ވުޒާރާއިންވެސް ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2022

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

24 ފެބުރުއަރީ 2022
ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
16 ނޮވެމްބަރު 2021

"އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން"

16 ނޮވެމްބަރު 2021
"އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން"
03 ފެބުރުއަރީ 2021

ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

03 ފެބުރުއަރީ 2021
ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން
12 ސެޕްޓެމްބަރު 2020

ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟

12 ސެޕްޓެމްބަރު 2020
ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟
16 ފެބުރުއަރީ 2020

ހިބަޅިދޫއަށް ހަތިޔާރު ގެންދިޔުން: އެވާހަކަ ނިމުނީތަ!؟

16 ފެބުރުއަރީ 2020
ހިބަޅިދޫއަށް ހަތިޔާރު ގެންދިޔުން: އެވާހަކަ ނިމުނީތަ!؟
14 ނޮވެމްބަރު 2019

ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު

14 ނޮވެމްބަރު 2019
ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު
06 ފެބުރުއަރީ 2018

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

06 ފެބުރުއަރީ 2018
ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!
17 އޮކްޓޯބަރު 2017

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!
13 އޮކްޓޯބަރު 2017

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

13 އޮކްޓޯބަރު 2017
ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް