Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ނޯވޭއިން ޔޫކްރެއިނަށް 1 ބިލިއަން ޔޫރޯގެ އެހީ

ޔޫކްރެއިންގެ އާންމު ރައްޔިތުންނަށާއި އެގައުމުގެ ދިފާއު އަށާއި އެގައުމު އަލުން އާރާސްތުކުރުމަށް އެހީވެ ދިނުމުގެ ގޮތުން ފޯރުކޮށްދޭ ފައިސާ ކަމަށް ނޯވޭގެ ބޮޑުވަޒީރު ވިދާޅުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖުލައި 2022 | ހޮނިހިރު 07:28
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަރ ސްޓޮއެރ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަރ ސްޓޮއެރ

ނޯވޭ އިން ޔޫކްރެއިނަށް އެއް ބިލިއަން ޔޫރޯގެ އެހީ ދިނުމަށް ނިންމައިފިއެވެ.

ހުކުރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއިއެކު ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަރ ސްޓޮއެރ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ނޯވޭގެ ބޮޑުވަޒީރު ވަނީ 2022 ވަނަ އަހަރުގެ ބާކީ އޮތް މަސްތަކާއި އަންނަ އޮތް 2023 ވަނަ އަހަރު ޔޫކްރެއިންއަށް އެހީވުމަށް އެއް ބިލިއަން ޔޫރޯ ނޯވޭއިން އެގައުމަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވަނީ މިއީ ޔޫކްރެއިންގެ އާންމު ރައްޔިތުންނަށާއި އެގައުމުގެ ދިފާއު އަށާއި އެގައުމު އަލުން އާރާސްތުކުރުމަށް އެހީވެ ދިނުމުގެ ގޮތުން ފޯރުކޮށްދޭ ފައިސާ ކަމަށެވެ.

މީގެ އިތުރުން ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމުގެކުރިންވެސް ނޯވޭގެ ގޭސް އުފައްދާ ކުންފުނިތަކުން ދިޔައީ އެކުންފުނިތަކަށް އުފެއްދޭ އެންމެ ގިނަ މިންވަރަށް ގޭސް އުފެއްދުމުގެ މަސައްކަތްކުރަމުން ކަމަށާއި އެހެން ނަމަވެސް ހަނގުރާމައާ އެކު ރަޝިއާއިން ޔޫރަޕަށް ގޭސް ސަޕްލައި ކުރުން ހުއްޓާލުމާއެކު ނޯވޭގެ ކުންފުނިތަކުން ގޭސް އުފައްދާ މިންވަރު އަދިވެސް އިތުރު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައަށް ބައިނަލްއަގުވާމީ މަޝްރަހުގެ ސަމާލުކަން ގެއްލެން ފަށާފައިވާކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހަނގުރާމައިގެ އަސަރު ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބައްރުތަކަށްވެސް ހަނގުރާމައިގެ އަސަރު ކުރަމުންދާކަން ފާހަގަކުރައްވާ ޒެލެންސްކީ ވަނީ އެފްރިކާ އާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ބަނޑުހައި ހޫނުކަމާ ކުރިމަތިލާންޖެހުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އަދި މިގައުމުތަކަށް މިފަދަ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް ހަނގުރާމައިގައި ވަކި ކޮޅަކަށް ބުރަ ނުވެ ތިބުމަށްވުރެ ޔޫކްރެއިންގެ ކޮޅަށް ބުރަވުން ބުއްދިވެރިކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވަނީ އެގައުމުގެ އޮޑެސާ ރީޖަންގައި ރަޝިއާ އަސްކަރިއްޔާއިން ދިން ރޮކެޓް ހަމަލާއެއްގައި ޔޫކްރެއިންގެ އާންމު ރައްޔިތުންގެ 21 މީހުން މަރުވި މައްސަލަ ކުށްވެރި ކުރައްވާފައެވެ. ޒެލެންސްކީ ވަނީ ރަޝިއާ އަސްކަރިއްޔާއިން ބޭނުންކޮށްފައި ވަނީ ހައިޕަރސޮނިކް ކްރޫޒް މިސައިލް އެއް ކަމަށާއި މިއީ ބޮޑެތި ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރުކަން ފާހަގަ ކުރައްވާ ރަޝިއާގެ މިހަމަލާ އާމަޒުވެފައި ވަނީ އާންމު ރައްޔިތުން ދިރިއުޅެމުންދިޔަ އިމާރާތަކަށް ކަމަށް ވިދާޅުވެފައެވެ.

ހުކުރު ދުވަހު ރަޝިއާގެ ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވަނީ އެގައުމުގެ ރައީސްގެ ބަހާ އެއްގޮތަށް އެގައުމުގެ އަސްކަރިއްޔާއިން އާންމުންނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް ތަކުރާރުކުރައްވާފައެވެ.

ޔޫކްރެއިނުން ފާހަގަކުރާ ގޮތުގައި ރަޝިއާއިން ވަނީ އެގައުމުން ދޭ ދުރުރާސްތާ ވައިގެ ހަމަލާތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. އަދި މިހަމަލާތައް އާންމުން ދިރިއުޅޭ ހިސާބުތަކަށް އަމާޒުވަމުންދާކަމަށް ޔޫކްރެއިނުން ފާހަގަކުރާއިރު، ރަޝިއާއިން ބުނަމުންދަނީ އެގައުމުގެ އަސްކަރިއްޔާގެ ހަމަލާތައް އަމާޒުކުރަނީ ޔޫކްރެއިން އަސްކަރިއްޔާގެ ބާރުތަކުން ހަރަކާތްތެރިވަމުންދާ ސަރަހައްދުތަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު