Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޭޔަރުގެ މޮޅު ހައްލު

ޕީޕީއެމް ކައުންސިލް މެންބަރުން ގަޑި ޖެހޭތީ މޭޔަރުގެ މޮޅު ހައްލު

ސިޓީ ކައުންސިލްގެ ޕީޕީއެމް ގިނަ މެމްބަރުން ގަޑިއަށް އޮފީހަށް ހާޒިރެއް ނުވޭ

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް | 1 ޖުލައި 2022 | ހުކުރު 16:44
މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

ޑރ. މުހައްމަދު މުއިއްޒްއަކީ ކަންކަން ކުރެއްވުމުގައި އެބޭފުޅާގެ އަމިއްލަ މަސްލަހަތަށް ލޯބިކުރައްވާ ފަރާތެއްކަން އަމަލުތަކުން އަބަދުވެސް ދައްކަވާ ބޭފުޅެކެވެ. އެކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މުއިއްޒު ހިތްޕުޅާހަމަނުވާ ފަރާތެއްނަމަ ޒާތީވާކަމަށް ޚުދު ޕީޕީއެމްގެ މެންބަރުން ވެސް ފާހަގަ ކުރެއެވެ. އަދި މޭޔަރު ހިތްޕުޅާވާ މީހެއްނަމަ އެއޮތީ މަންފާގެ ކުރިމަގެވެ. މިފަހަރު މިވަނީ މޭޔަރަށް ތަފާތު ކަމަކަށް ހައްލެއް ހޯއްދަވަން ޖެހިވަޑައިގެންފައެވެ. މާލޭ ސިޓީ ކައުންސިލްގެ ޕާޓީ ކުދިން ކޮޅަށް މިވަނީ ހެނދުނު ތެދުވުން ދަތިކަމަކަށް ވެފައެވެ. އޮފީހަށް ގަޑި ޖެހެނީ އެވެ. މުސާރައިން ފަނަރަހާހެއްހާ (15،000) ރުފިޔާ ކެނޑެނީއެވެ. ތެދެއް، އޮފީހަށް ގަޑި ޖެހޭނަމަ އުސޫލުގެމަތިން މުސާރައިން ކެނޑެންޖެހޭނެ އެވެ. ނަމަވެސް ޑރ. މުހައްމަދު މުއިއްޒު މިވަނީ މިކަމަށް ވަރަށް މޮޅު ހައްލެއް ހޯދައިދެއްވާފައެވެ. މޭޔަރުގެ މޮޅު ހައްލާއެކު، މިހާރު ގަޑިޖެހޭ ޕީޕީއެމްގެ މެންބަރެއް ނެތެވެ.

އިތުބާރުކުރެވޭ ފަރާތަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިންގޮތުގައި މިހާރު ސިޓީ ކައުންސިލްގެ ފިންގަރ މެޝިން ބޭނުމެއް ނުކުރެއެވެ. އެއީ މެޝިން ހަލާކުވެގެނެއް ނޫނެވެ. ޕީޕީއެމް މެމްބަރުން ގަޑިޖެހޭތީއެވެ. މުސާރައިން ބޮޑު އެއްޗެއް ކެނޑޭތީއެވެ.މިހާރު ޖެހެނީ ގަނޑެއްގައި ގަޑި ޖަހާލާށެވެ. ގަޑި ޖެހިގެން އަޔަސް ގަނޑުގައި ބޭނުން ގަޑިއެއް ޖަހާލެވޭނެނޫން ހެއްޔެވެ. މޭޔަރުގެ މޮޅު ހައްލާއެކު ޕީޕީއެމް މެމްބަރުން މިހާރު އެއްވެސް ވަރަކަށް ގަޑިއެއް ނުޖެހެއެވެ.

ކޮންމެއަކަސް މިފަހަރު މާލޭ ސިޓީ ކައުންސިލް މިއޮތީ ހަމަ ރަނގަޅަށްވެސް މުއިއްޒު ވެފައެވެ. ހާޒިރީ ނޯޓު ކުރާ ގަނޑު ސޯޝަލް މީޑިއާގައި ދައުރުވެދާނެތީ ދުވަހުން ދުވަހަށް ގަނޑު ފޮރުވާކަމަށްވެސް ވެއެވެ. މިކަމާ ހިތްހަމަނުޖެހޭ ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނަށް ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުން ޒާތީގޮތުން ޖައްސާލައެވެ. އެމީހަކަށް އެކިވަރުގެ އުނދަގޫ ކުރެއެވެ. އެމީހަކު އޮފީހަށް އަންނަންވާއިރަށް ސޮއި ކުރުމަށް ހަމަޖެހިފައިވާ ގަނޑު ފޮރުވުމާއި، އެމީހަކު ބާކީކޮށްލުމާއި، ފުރައްސާރަކުރުން މިއީ މިއަދު މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ހިނގާ ކަންކަމެވެ.

އެހެންނަމަވެސް، ދައުލަތުގެ ރަސްމީ އިދާރާއެއްގެ ތެރޭގައި މިފަދަ ކަންކަން ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބު ކަމެކެވެ.މިއީ ރައްޔިތުންގެ ފައިސާ ނަގައިގެން ރައްޔިތުން ހޮވާފައި ތިބި ބަޔަކު އެ ރައްޔިތުންނަށް ގައްދާރުވުން ނޫން އެހެން ކޮންކަމެއްތޯއެވެ.މިއަދު މި ފެންނަމުންދާ ކަންކަމާ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިފައިވާ ކަންކަމާ ވަރަށް އެއްގޮތް ކަންކަން އެބަހުއްޓެވެ. ރައީސް ޔާމީންގެ ޚުދުމުހުތާރު ވެރިކަމުގައި ފެނުނީ ގާނޫނާ ގަވާއިދުތައް ހިތުހުރި ގޮތަކަށް މުގުރަމުން ދިޔަ މަންޒަރެވެ. މިއަދުވެސް ޑރ. މުހައްމަދު މުއިއްޒު އެދަނީ ގާނޫނުތައް އެއްކިބާ ކުރުމަށް ފަހު އަމިއްލަ އެޖެންޑާ އިސްކުރަމުންނެވެ. ހަމަގައިމުވެސް މިއަދު މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމް އެއްވެސް މެމްބަރަކު ގަޑިއެއް ނުޖެހޭނެއެވެ. ހިތުހުރި ގޮތަކަށް އުޅުމުގެ ފުރުސަތު މޭޔަރު އެވަނީ ފަހިކޮށްދެއްވާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ މާލެ ސިޓީ ކައުންސިލުން މި މަންޒަރުތައް ފެންނަމުންދާއިރު، ޕާޓީ ތެރޭގައިވެސް އެކަކު އަނެކަކާ ޒާތީވުމުގެ ބައި ވަރަށް ބޮޑެވެ. ވަކިން ޚާއްސަކޮށް ޕީޕީއެމް/ޕީއެންސީގެ ނުފޫޒުގަދަ ފަރާތެއް ހިތްހަމަނުޖެހޭ މީހެއްނަމަ އެމީހަކާ ޒާތީވާކަމަށްވެއެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
05 އޮކްޓޯބަރު 2017

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން
15 ޖުލައި 2017

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟
29 ޖޫން 2017

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު