Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގެ ބެކްލޮގް

ބެކްލޮގް ކްލިއަރ ކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ދުވާލަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ފާސްކޮށްފި

30 ޖޫން 2022 | ބުރާސްފަތި 14:10

ބެކްލޮގްގައި އޮތް 1182 މައްސަލަ ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ކްލިއަރ ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2022 | ބުރާސްފަތި 14:10
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް ނިންމުމަށް އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފު ކުރުމުގެ ނުރަސްމީ ގަޑީގައި އަޑުއެހުންތައް ބާއްވައި އެކަން ކުރިއަށް ގެންދިއުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ މައްސަލައަށް ގޮތެއް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ޑީޖޭއޭއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވަނީ ހަލައްކަ ރުފިޔާ އިތުރަށް ޚަރަދު ކޮށްގެން މިހާރު ބެކްލޮގްގައި އޮތް 1182 މައްސަލަ ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ކްލިއަރ ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި އިތުރު ގަޑީގައި މަސައްކަތަށް ނުކުންނަ ގާޒީންނަށް ދުވާލެއްގެ މައްޗަށް 500 ރުފިޔާގެ އެލަވަންސެއް އެ މުއްދަތުގެ ތެރޭގައި ދޭ ގޮތަށް ވަނީ ހުށައަޅާފައެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެން ޑިޕާޓްމަންތް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ކޮމިޓީން މަޝްވަރާކުރުމަށްފަހު ނުރަސްމީ ގަޑީގައި އަޑުއެހުންތަކަށް ނުކުންނަވާ ކްރިމިނަލް ކޯޓުގެ 10 ގާޒީންނަށް މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ ސްޕެޝަލް ޑިއުޓީ އެލަވަންސެއް ހަތަރު މަސް ދުވަހުގެ މުއްދަތަށް ހަމަޖައްސައި ދިނުމަށެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖުމްލަ 1182 މައްސަލަ އެބައޮތެވެ. ކްރިމިނަލް ކޯޓަށް ކޮންމެ އަހަރަކު އެވްރެޖްކޮށް 750 މައްސަލަ ހުށަހެޅޭ އިރު، ގިނަ އަދަދަކަށް އެ ކޯޓުން މައްސަލަތައް ނިންމިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރުގެ ނިޔަލަށް ނުނިމި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އެބަހުއްޓެވެ.

އެގޮތުން ބެކްލޮގް ކްލިއަރ ކުރުމަށް ކަނޑައެޅިފައިވާ ޕްލޭންއާއި އެއްގޮތަށް ބެކްލޮގް ކްލިއަރ ކުރުމަށް ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑިއާއެކު ގިނަ އަޑުއެހުންތަކެއް ތާވަލު ކުރެވިގެންދާއިރު، މިކަމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީންގެ ގިނަ ވަގުތުތަކެއް ހޭދަވާނެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 08:00ން ހަވީރު 5:00ށް ޝަރީއަތްތައް ހިންގުމަށް މިހާރު ނިންމާފައިވާކަމަށް ޑީޖޭއޭއިން ބުނެއެވެ.

މި އެލަވަންސް ހަމަޖެއްސުމުން ގާތްގަޑަކަށް ދައުލަތުގެ ބަޖެޓުން އިތުރަށް 600،000 ރުފިޔާ ހަރަދުވެގެންދާނެއެވެ.

ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މި ރިޕޯޓް ފާސްކޮށްފައިވަނި މަޖިލީހަށް ހާޒިރުވި 68 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް