Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޭގެ ގާކުނޑިތަކުގެ ތެރޭގައި ބޭއްވި ކައިވެނި ހަފްލާ

ޒަވާޖީ ޙަޔާތަށް ތެދުވަން ޖެހުނީ ދިރިއުޅުނު ގޭގެ ގާކުނޑިތަކުގެ ތެރެއިން، އެހެނަސް އުއްމީދު ފަނޑެއް ނުވޭ!

އެ ގެއަކީ އެމީހުންގެ މާޒީގެ ހަނދާންތަކާއި މުސްތަޤުބަލުގެ އުއްމީދުތަކާ ގުޅިފައިވާ ގެއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 ޖޫން 2022 | ބުރާސްފަތި 11:11
ކައިވެނީގެ މުނާޞަބާއަށް ތެދުވަން ޖެހުނީ އިޒްރޭލުގެ އިސްތިއުމާރީ ޚުދުމުޚުތާރު ބާރުތަކުން ހަފުސްކޮށްލި ގޯތީގެ ގާކުނޑިތަކުގެ ތެރެއިން

ކައިވެނީގެ މުނާޞަބާއަށް ތެދުވަން ޖެހުނީ އިޒްރޭލުގެ އިސްތިއުމާރީ ޚުދުމުޚުތާރު ބާރުތަކުން ހަފުސްކޮށްލި ގޯތީގެ ގާކުނޑިތަކުގެ ތެރެއިން

ޒަވާޖީ ޙަޔާތެއްގެ އުފާވެރި ފެށުމަކީ ކޮންމެ ޒުވާނަކުވެސް ކުރަމުންދާނެ އެންމެ ފޮނި އެއް އުއްމީދެވެ. އެތައް ދުވަހެއް ވަންދެން ޚިޔާލީ ދުނިޔޭގައި ކުރަހަމުން ދިޔަ ތަސްވީރުތަކުގައި ޙަޤީޤީ ކުލަޖެހިގެންދާ މަންޒަރު ދުށުމަށް ހަމަ ކޮންމެ މީހަކުވެސް އެދޭނެއެވެ. އެ ބީދައިން މި ފަހަކަށް އައިސް ފެނިގެންދާ ކައިވެނީގެ ހަފުލާތަކަކީ ހުވަފެނަކުންވެސް ބައެއް މީހުން ދެކެފައި ނުވާ ފަދަ ފުރިހަމަ ޙަފުލާތަކަކަށް އޮންނަނީ ވެފައެވެ. ނަމަވެސް އެ ނަޞީބަކީ އެންމެންނަށް ލިބޭ ނަޞީބެއް ނޫނެވެ. ބައެއް މީހުންގެ އުއްމީދުތަކާއި ހުވަފެންތަކުގައި އެހެން ބަޔަކު ކޮޅުފައިން ޖަހައެވެ. އެފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިފައި ވާ އެކަކީ ފަލަސްތީނުގެ ރަބީހާ ރަޖަބީއެވެ. 

އޭނާގެ ޙަޔާތަށް އައި އެންމެ މުނާޞަބު ދުވަހުގެ އުފާ ފާޅު ކުރުންތައް ކުރިއަށް ގެންދަން ޖެހޭނީ، އިރުމަތީ ޤުދުސްގައި، ޔަހޫދީ އިޒްރޭލުން ސުންނާފަތި ކޮށްފައިވާ އޭނާގެ ގޭގެ ގާކުނޑިތަކުގެ ތެރޭގައި ކަމަށް ރަބީހާ ދުވަހަކުވެސް ހީކޮށްފައެއް ނުވެއެވެ. ނަމަވެސް ދުވަސް އައިސް ޖެހުނުއިރު ކަންވީ އެހެނެވެ. ކައިވެނީގެ މުނާޞަބާއަށް ތެދުވަން ޖެހުނީ އިޒްރޭލުގެ އިސްތިއުމާރީ ޚުދުމުޚުތާރު ބާރުތަކުން ހަފުސްކޮށްލި ގޯތީގެ ގާކުނޑިތަކުގެ ތެރެއިންނެވެ.

ފަލަސްތީނުގެ ޘާޤާފީ ހެދުން އަޅާ، ހީނާފަތުން އަތުގައި ކުރެހުންތައް އާޅާ ޒީނަތްތެރިވެގެން ހުރި ރަބީހާ ކިޔައިދިން ގޮތުގައި ގެއަށް ހަމަލާއެއް އަމާޒުވުމުގެ ކުރިން، އެ ހަމަލާއެއް އެންމެ ފުރަތަމަ އަމާޒު ވަނީ އެ ގޭގެ އަހުލުވެރިންގެ ހިތްތަކަށެވެ. އެ ގެއަކީ އެމީހުންގެ މާޒީގެ ހަނދާންތަކާއި މުސްތަޤުބަލުގެ އުއްމީދުތަކާ ގުޅިފައިވާ ގެއެއްކަން، އުމުރުން 22 އަހަރުގެ ރަބީހާ ފާހަގަ ކުރިއެވެ.

ރަބީހާ ކިޔައިދިން ގޮތުގައި އައިން އަލް-ލަވްޒާ އަވަށަށް އޭނާގެ އާއިލާއިން ބަދަލުވީ، އޭނާގެ އުމުރުން ވަރަށް ޅަ އިރުއެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި، އެ ގެ ސުންނާފަތި ކުރާނެ ކަމުގެ އަމުރުތައް އިޒްރޭލުން ނެރެމުން ދިޔަ ކަމަށް ރަބީހާ ބުންޏެވެ. 

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގެތައް ސުންނާފަތި ކުރުމަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް 2009 ވަނަ އަހަރު އދއިން ފެށިފަހުން، އިޒްރޭލުގެ އަމަލުތަކުގެ ޝިކާރައަކަށްވެ، އިރުމަތީ ގުދުސްގައި ގެދޮރު ގެއްލުނު ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރައެވެ. ސުންނާފަތި ކުރާނެ ކަމަށް ބުނެ އިޒްރޭލުން މިހާރު ނެރެފައިވާ އަމުރުތައް ތަންފީޒު ކޮށްފިނަމަ، މި އަދަދު އަދިވެސް އެތައް ހާހަކުން އިތުރުވެގެން ދާނެއެވެ. 

އިޒްރޭލުން ހިންގާ ފަލަސްތީނު ރައްޔިތުންގެ ގެތައް ފޭރިގަތުމުގެ ޖަރީމާއަކީ 1967 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން، ޔަހޫދީން ހިންގަމުން ގެންދާ އެންމެ ހައްސާސީ އެއް ޖަރީމާއެވެ.

ރަބީހާގެ އަޚް، ފާރިސް އަލް-ރަޖަބީ ބުނި ގޮތުގައި އިޒްރޭލުގެ މަގުޞަދަކީ މާލީ ގޮތުންނާއި އަޒުމާއި ހިތްވަރުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން ބަލިކޮށްލުމެވެ.

އިޒްރޭލުން ބުނަމުން ދަނީ ގެތަށް ތަޅާލުމުގެ އަމުރުތައް ނެރެމުން ދަނީ ޣައިރު ގާނޫނީ ގޮތެއްގައި ކޮށްފައިވާ ބިނާތަކަށް އަމާޒުކޮށްގެން ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން އެކަމާ ދެކޮޅު ހަދައެވެ. ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި ގެދޮރު އިމާރާތް ކުރުމަށް އިޒްރޭލުން ހުއްދައެއް ލިބުމަކީ ވުމަށް ވުރެ ނުވުން ގާތް، ނާދިރު ކަމެކެވެ. އަދި އިޒްރޭލުގެ ނިޔަތަކީ ޤުދުސްއިން ފަލަސްތީނު ރައްޔިތުން ފަހާލުން ކަމަށްވެސް ފަލަސްތީނުގެ ރައްޔިތުން ޤަބޫލު ކުރެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2024

ނިރުބަވެރި ޔަހޫދީން އަނދިރިކޮށްލި ޙަޔާތަށް އަލިކަމެއް ގެނެސްދިނީ ޣައްޒާގެ ކުޑަކުޑަ ނިއުޓަން!

11 ފެބުރުއަރީ 2024
ނިރުބަވެރި ޔަހޫދީން އަނދިރިކޮށްލި ޙަޔާތަށް އަލިކަމެއް ގެނެސްދިނީ ޣައްޒާގެ ކުޑަކުޑަ ނިއުޓަން!
09 ނޮވެމްބަރު 2023

އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

09 ނޮވެމްބަރު 2023
އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!
19 ޑިސެމްބަރު 2022

އުއްމީދުގެ މަންޒިލަށް ކުރި ދަތުރު ނުނިމި، ވަޒަނަށް ގެންނަން ޖެހުނީ ހަށިގަނޑެވެ!

19 ޑިސެމްބަރު 2022
އުއްމީދުގެ މަންޒިލަށް ކުރި ދަތުރު ނުނިމި، ވަޒަނަށް ގެންނަން ޖެހުނީ ހަށިގަނޑެވެ!
09 މެއި 2019

އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ

09 މެއި 2019
އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ
01 މެއި 2019

ރިޝީ ކަޕޫރަށް ޖެހުނީ ކެންސަރ ކަން ޔަގީންކޮށްދީފި

01 މެއި 2019
ރިޝީ ކަޕޫރަށް ޖެހުނީ ކެންސަރ ކަން ޔަގީންކޮށްދީފި
26 މާރިޗު 2018

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

26 މާރިޗު 2018
ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟
18 މާރިޗު 2018

އިރުފާނަށް ޖެހުނީ ބަނޑުގެ ކެންސަރ

18 މާރިޗު 2018
އިރުފާނަށް ޖެހުނީ ބަނޑުގެ ކެންސަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު