Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަސްޓިން ބީބަރއާއި ސެލީނާ ގޮމޭ

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

ފަސް އަހަރު އެކުގައި އުޅުމަށްފަހު ސެލީނާއާއި ޖަސްޓިން ރުޅިވެފައިވަނީ 2015 ވަނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 26 މާރިޗު 2018 | ހޯމަ 06:31
ޖަސްޓިން ބީބަރއާއި ސެލީނާ ގޮމޭޒް

ޖަސްޓިން ބީބަރއާއި ސެލީނާ ގޮމޭޒް

އެކެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން ޖަސްޓިން ބީބަރއާއި ސެލީނާ ގޮމޭޒް "ބްރޭކެއް"ގައި އުޅޭކަމުގެ އަޑު ފެތުރުނީ މާޗް މަހުގެ މެދު ތެރޭގައެވެ.

ފަސް ވަރަކަށް އަހަރު އެކުގައި އުޅުމަށް ފަހު 2015 ވަނަ އަހަރު ރުޅިވުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެ މީހުން އަނެއްކާ ވެސް އެކުގައި ފެންނަން ފެށިއެވެ. ނަމަވެސް، 2018 ވަނަ އަހަރުގެ މާޗް މަހު ޖަސްޓިންއާއި ސެލީނާ ބްރޭކެއްގައި އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށިއެވެ.

މި ކަންތައް ދެ މީހުން ވެސް ކަށަވަރު ކޮށްދީފައި ނުވާއިރު، ދޮގުކޮށްފައެއް ވެސް ނުވެއެވެ. އަދި އެ ހަބަރުތަކާ އެކު ދެ މީހުން ވަކިން ފެންނަ މަންޒަރު ގިނަވިއެވެ.

ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟ ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބްރޭކަކީ ސެލީނާގެ މަންމަގެ ސަބަބުން އައި ބްރޭކެކެވެ. ސެލީނާއާއި ޖަސްޓިން އަލުން ގުޅުމަށް މޭންޑީ ޓީފޭ ތާއީދު ނުކުރާ ވާހަކައަކީ އެ މީހުން އަލުން ގުޅުނީއްސުރެ ދެކެވެމުންދާ ވާހަކައެކެވެ. ނަމަވެސް، ސެލީނާވަނީ ޖަސްޓިންއާއެކު ގިނަ ދަތުރުކޮށް، ޖަސްޓިންގެ ބައްޕަގެ ކައިވެނީގެ ހަފްލާގެ ބައިވެރިވުމަށް އޭނާއެކު ޖެމޭކާއަށް ވެސް ދަތުރުކޮށްފައެވެ. އަދި ދެ މީހުން ވެލެންޓައިންސް ޑޭ ފާހަގަކުރީ ލެގޫނާ ބީޗްގައެވެ.

އަނެއްބައި ރިޕޯޓްތަކުން ބުނާ ގޮތުގައި މައްސަލަޖެހުނީ ޖަސްޓިން ކުރިން ރަށްޓެހިވި ހޭލީ ބޯލްޑްވިންގެ ސަބަބުންނެވެ.

ކޮންމެ ގޮތެއް ވިއަސް، ފާހަގަކޮށްލެވެނީ ދެ މީހުން ބްރޭކަށް ގޮސްފައިވަނީ ޖަސްޓިންގެ އުފަން ދުވަހަށް ފަހުއެވެ. މާޗް 1ގައި 24 އަހަރު ފުރުނު ޖަސްޓިންގެ އުފަންދުވަސް ފާހަގަކޮށް ސެލީނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްވެސް ކޮށްފައެވެ. "މިއަދަކީ އަހަރެން ދަންނަ ވަރަށް ހާއްސަ މީހެއް އުފަންވި ދުވަސް،" ޖަހާފައިވާ މި ޕޯސްޓަށް 9.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކްކޮށްފައެވެ.

މިހާރު ގިނަ ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި ޖަސްޓިންއާއި ސެލީނާއާ މެދު މައްސަލަ ޖެހުނީ ޖަސްޓިންގެ އުފަންދުވަހާ ގުޅޭ މައްސަލައެކެވެ. ބައެއް ރިޕޯޓްތަކުގައިވާ ގޮތުން، ސެލީނާ ބޭނުންވީ ދެ މީހުން އެކަނި ކުޑަ ސެލަބްރޭޝަނެއް ބޭއްވުމަށެވެ. ނަމަވެސް ޖަސްޓިން އުފަން ދުވަސް ފާހަގަ ކުރަން ނިންމީ އާއިލާއާއި އެކުވެރިންނާ އެކު، ލޮސް އެންޖެލެސް ބޭރުގައި ހުންނަ އެމްބީޓޫ ރޭސްވޭ ގައެވެ.

ސެލީނާ މި ހަފްލާގައި ބައިވެރިވެފައި ނުވާއިރު، މިއީ ބްރޭކްގެ ވާހަކަ ފެށުނު ހިސާބެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2018

ދަ ވީކްއެންޑްގެ އާ އަލްބަމް: ސެލީނާ ދެކެ ލޯބިވެވުމަކީ ކުށެއް؟

02 އެޕްރީލު 2018
ދަ ވީކްއެންޑްގެ އާ އަލްބަމް: ސެލީނާ ދެކެ ލޯބިވެވުމަކީ ކުށެއް؟
18 މާރިޗު 2018

އިރުފާނަށް ޖެހުނީ ބަނޑުގެ ކެންސަރ

18 މާރިޗު 2018
އިރުފާނަށް ޖެހުނީ ބަނޑުގެ ކެންސަރ
14 މާރިޗު 2018

ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި

14 މާރިޗު 2018
ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި
02 ނޮވެމްބަރު 2017

ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟

02 ނޮވެމްބަރު 2017
ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟
30 އޮކްޓޯބަރު 2017

ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟

30 އޮކްޓޯބަރު 2017
ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު