Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރުފާން

އިރުފާނަށް ޖެހުނީ ބަނޑުގެ ކެންސަރ

އިތުރު ފަރުވާއަށް އިންޑިއާއިން ބޭރަށް އިރުފާން ފުރާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 މާރިޗު 2018 | އާދީއްތަ 04:21
އިރްފާން ޚާން

އިރްފާން ޚާން

ފިލްމީ ތަރި އިރްފާން ޚާނަށް ގޮތް ނޭގޭ ބައްޔެއް ޖެހިފައިވާކަމަށް ބުނެ ޚަބަރު އާންމު ކޮށްފައިވަނީ ނިމިދިޔަ ހަފްތާގައެވެ.

އިރުފާން ވަނީ އެއްހަފްތާ ދުވަސް ފަހުން އޭނާގެ ބަލި އާންމުކޮށްފައެވެ. އިރުފާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ޖެހިފައިވާ ކަމަށާއި އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށެވެ. އަދި އެކަމަށް ފަރުވާ ހޯދުމަށް އިންޑިއާ ނޫން އެހެން ގައުމަކަށް ދާންޖެހިފައިވާ ކަމަށް އިރުފާނު ވަނީ ބުނެފައެވެ. އިރުފާން ބުނީ އޭނާ ބޭނުންވަނީ އެކަމުގައި އޭނާގެ ފޭނުންނާއި އާންމުންގެ ހެޔޮ ދުއާ ކަމަށެވެ.

އިރްފާންގެ އަންހެނުން މީގެ ކުރިން ބުނެފައިވަނީ އިރްފާނަކީ ހިތްވަރުގަދަ މީހެއްކަމަށާއި އޭނާގެ ހަޔާތުގައި ދިމާވާ ކަންތައްތަކާ ކުރިމަތި ލަނީ އަބަދުވެސް އުއްމީދާއި އެކުގައި ކަމަށެވެ.

އިރްފާން ބަލިވުމުގެ ސަބަބުން އޭނާކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ ޝޫޓިންތައް ވަނީ މަޑުޖައްސާލަން ޖެހިފައެވެ. އެގޮތުން އޭނާ ބަލިވެފައި ވަނީ ދީޕިކާ ޕަދުކޯން އާ އެކު ވިޝާލް ބަރްދްވާޖްގެ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.އެ ފިލްމުގެ ޝޫޓިން ވަނީ މިހާރު ފަސްކޮށްފައެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 6 ގައި ރިލީޒް ކުރާ "ބްލެކްމެއިލް" އިންނެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2018

ކެންސަރު ޖެހިފައިވާ ސޮނާލީ ބޯ ބާލައިފި

05 އޯގަސްޓު 2018
ކެންސަރު ޖެހިފައިވާ ސޮނާލީ ބޯ ބާލައިފި
04 ޖުލައި 2018

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި
24 ޖޫން 2018

މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ

24 ޖޫން 2018
މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ
26 މާރިޗު 2018

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

26 މާރިޗު 2018
ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟
01 އޮކްޓޯބަރު 2017

ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ

01 އޮކްޓޯބަރު 2017
ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު