Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުން

ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި

އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ދިވެހިރާއްޖޭ ދޫކޮށް ދިއުމަށް ގޮވާލުން ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 10:41
އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވައި ދެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދްއެވެ. ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އިސްލާހުގެ ބިލު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލު ގާނޫނަކުން ކަނޑައަޅާ ހުއްޓުވުމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި ގާނޫނުގެ 619 ވަނަ މާއްދާ އެއީ ގާނޫނުގެ 1-619 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އެ ގާނޫނުގެ 618 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ވަނީ ބިލުގައި ހިމަނާފައެވެ.

އަރިމަތީ ސުރުހީ ކުށްކަނޑައެޅުން ކަމުގައި ހަމަޖައްސާ 619 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނި ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް 7 އަމަލެއް ކުރާ މީހާ އެކުރަނީ ކުށެއް ކަމަށެވެ.

މި މާއްދާގެ (ށ) ގެ (1) ގައި ބުނެފައިވަނީ 1،3،4،5،6 އަދ 7 އަކީ ކުށަކީ ޖިނާއަތުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. މި މާއްދާގެ (2) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު (ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ހުރި އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން) ގެ ކުށަކީ ޖިނާއަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މި މައްދާގެ (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު (އެހެން ގައުމަކާމެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާމެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދިދާނެފަދަ ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުން) ގެ ބޭނުމަށްޓަކައި "އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ އާންމުންނަށް ފެންނާނެހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންގެ ތެރޭގައި ފެތުރުމާއި، ދައުރުކުރުމަށެވެ. ސޯޝަލް މީޑިޔާގެ ވަސީތަލެއް ނުވަތަ އެނޫންވެސް އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން ކުރާ އަމަލުތައް މި މާނައިގެ ތެރޭގައި ހިމެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫ ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

01 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

13 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު