Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ ހަމަނުޖެހުން

ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތިބަސް ބޭނުން ކުރި މައްސަލައިގައި ހިންދޫއެއްގެ ބޯކަނޑާލައިފި

29 ޖޫން 2022 | ބުދަ 09:53

ހިންދޫއަކު މަރާލުމާއި ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައްވަނީ އިތުރުކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ޖޫން 2022 | ބުދަ 09:53
އިންޑިޔާގައި މުސްލިމުންނާއި ދެކޮޅަށް ހިންދޫން ވަނީ މަގުމައްޗަށް ނުކުމެފައި

އިންޑިޔާގައި މުސްލިމުންނާއި ދެކޮޅަށް ހިންދޫން ވަނީ މަގުމައްޗަށް ނުކުމެފައި

ކީރިތި ރަސޫލާصَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް އިހާނެތި ބަސް ބޭނުންކުރި މައްސަލައިގައި އުތުރު އިންޑިޔާގެ ރާޖަސްތާންގައި މުސްލިމް ދެމީހަކުވެގެން ހިންދޫއެއްގެ ބޯކަނޑާ އޭނާ ގަތުލު ކުރުމާ ގުޅިގެން މުޅި އެސަރަހައްދުގައި މައްސަލަ ވަރަށް ހޫނުވެއްޖެއެވެ. މަރާލެވުނު މީހާއަކީ ކަނައްޔާ ލާލް ކިޔާ ފަހާމީހެއް ކަމަށާއި އޭނާ މަރާލެވުނީ މީގެ ކުރިން އިންޑިޔާ ސަރުކާރުގެ އިސްދެފަރާތަކުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އިހާނެތިކޮށް ދެއްކި ވާހަކަޔަށް ތާއީދުކުރާކަން ހާމަކުރުމުން ކަމަށް އެކަން ކުރި މީހުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަނައްޔާ ލާލްގެ މަރާއެކު މުޅި އެސަރަހައްދުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްއްވަނީ އިތުރުވެގެން ގޮސްފައެވެ. މަގުތައްމައްޗަށް ގިނަ ބަޔަކު ނުކުމެ ތަންތާގައި ހުޅުޖެހުންފަދަ އަމަލުތައްވަނީ އިތުރުކޮށްފައެވެ. މިއާއެކު ސަރުކާރުން ވަނީ އެސަރަހައްދުން އިންޓަރނެޓްގެ ޚިދުމަތް ކަޑާލާފައެވެ. އަދި އާންމުން ކެތްތެރިވެ މަޑުން ތިބުމަށް ރާޖަސްތާންގެ ޗީފް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މިގަތުލު ފުރިހަމަޔަށް ތަހުގީގު ކުރުމަށް ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއަށް ވަނީ އަންގަވާފައެވެ.

އެކަން ކުރި ދެމީހުން ވަނީ މަރުގެ ވީޑީއޯކޮށް ސޯޝަލް މީޑިއާއަށް ލާފައެއެވެ. އެދެމީހުން މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ބީޖޭޕީގެ ލީޑަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ކޮންގްރެސް ލީޑަރު ރާހުލް ގާންދީ ވެސް ވަނީ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވާފައެވެ.

ބީޖޭޕީގެ ސްޕޯކްސްޕަރސަން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް މިދިޔަމަހު އިހާނެތި ވާހަކަތަކެއް ދެއްކުމާއި ގުޅިގެން މުސްލިމް ގިނަ ގައުމުތަކަކުންވެސް ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. އަދި ޑިޕްލޮމެޓިކް ގުޅުން ކަނޑާހިސާބަށް ވެސް ބައެއް ގައުމުތަކުން ވަނީ މައްސަލަ ގެންގޮސްފައެވެ.  

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް