Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޓީ ކައުންސިލުން ނަހުލާއަށް ފިއްތުންތައް

ޕާޓީން ވަކިކުރުމަށްފަހު، ޕީޕީއެމުން ކައުންސިލަށް އެންގީ ނަހުލާއަށް އެއްބާރުލުން ނުދޭން!

ކައުންސިލުން ގިނަ ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ނަހުލާ ވިދާޅުވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 02:34
ނަހުލާގެ މަސައްކަތަށް ހުރަސްއަޅައި، ވިލިމާލެ ރައްޔިތުންނަށް މުއިއްޒު ދައްކަވަނީ ދަޅަތަ؟

ނަހުލާގެ މަސައްކަތަށް ހުރަސްއަޅައި، ވިލިމާލެ ރައްޔިތުންނަށް މުއިއްޒު ދައްކަވަނީ ދަޅަތަ؟

އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލުގައި ނަހުލާ އަލީ ވިލިމާލެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އެހެންނަމަވެސް އޭނާގެ ޚިޔާލު ތަފާތުވުންތަކެއް ހުރުމާއި ޕާޓީގެ ވިސްނުމަށްވުރެ ދާއިރާގެ ކަންކަން އިސްކުރެއްވުމުން، ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ޕާޓީން އޭނާ ބޭރުކޮށްލީ 8 މެއި 2022 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސުލޫކީ މައްސަލަ ބަލަން ފެށި ހިސާބުން ނަހުލާއަށް ވަނީ ފިއްތުންތަކާ ކުރިމަތިކުރުވާފައިކަމަށް އޭނާ ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ކަންތައްތައް ކުރަމުން އަންނަ ގޮތް "ރާއްޖެ އެމްވީ" އާ ހިއްސާ ކުރައްވަމުން ނަހުލާ ވިދާޅުވީ ޕީޕީއެމުން ވަކި ކުރުމަށްފަހު، ކައުންސިލަރެއްގެ ހައިސިއްޔަތުން ޤާނޫނީގޮތުން އޭނާ އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގައި ދަތިތަކާ ކުރިމަތިކުރުވާ ކަމަށެވެ. އެގޮތުން، އޭނާގެ ދާއިރާ ހިމެނޭ ކޮމިޓީގެ މުޤައްރިރު ކަމުން ވަކިކޮށްފައިވާ ކަމަށާއި އެ ދާއިރާގެ ސިޓީ ކައުންސިލް އޮފީހުގެ ސްޓާފުންނަށް އޭނާގެ ފޯނު ނުނެގުމަށާއި އޭނާ ވިދާޅުވާ ކަންކަން ނުކުރުމަށް އަންގާފައިވާ ކަމަށް ސްޓާފެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވަނީ އޭނާއަށް ޒިންމާ އަދާ ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަތައް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމުގައި އޭނާ ވިދާޅުވެއެވެ. ނަމަވެސް ޖަވާބެއްގެ ގޮތުގައި އޭނާއާ މެދު ކަންކަން ކުރަނީ ޕާޓީން (ޕީޕީއެމް) އިން ބުނެފައިވާ ގޮތަށްކަން ކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާއަށް ކުރިމަތިކުރުވާ ފިއްތުންތަކުގެ އަސަރު ކުރަނީ ސީދާ އެ ދާއިރާގެ ރައްޔިތުންނަށްކަމުގައި ނަހުލާ ވިދާޅުވެއެވެ. އެގޮތުން، އަންގާރަ ދުވަހު ވިލިމާލޭގައި ހުންނަ އިހުސާން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އޭނާ އެތަނުގައި ހަރަކާތްތެރިވުމުން ކައުންސިލުގެ އެހީ ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާ ކުރިމަތި ކުރުވި ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ ވަނީ އެ ހާދިސާގައި ހަލާކުވި ތަކެތި އުކާލުމުގައި ކައުންސިލުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން، އެހީތެރިކަން ފޯރުކޮށް ނުދޭ ކަމަށް ވިދާޅުވެ އޭނާގެ ފޭސްބުކް ޕޭޖުގައި ވެސް އެވާހަކަތައް ހިއްސާ ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ރޭ ނަހުލާ ފޭސްބުކްގައި ކުރެއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ ކައުންސިލަރުގެ ހައިސިއްޔަތުން އެ އަލިފާނުގެ ހާދިސާއަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަމްޕް ލޮރީއެއް ފޮނުވަން އެދިވަޑައިގަތުމުން ވެސް ކައުންސިލުން އެ ނުފޮނުވާ ކަމަށެވެ. އަދި އޭނާގެ ދާއިރާގެ ކަންކަން ކުރުމަށް ކުރާ މަސައްކަތްތަކަށް އެކި ގޮތްގޮތުން ހުރަސް އަޅައި ދަތި ކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ނަހުލާ ތުހުމަތުކުރެއްވިއެވެ. އެ ޕޯސްޓުގައި ވެސް ނަހުލާ ވަނީ މިއީ ޕީޕީއެމުން ބުނެގެން ކުރާ ކަމެއް ކަމަށް މޭޔަރު މުއިއްޒު ވިދާޅުވި ކަމަށް ވެސް ލިޔުއްވާފައެވެ.

ނަހުލާ "ރާއްޖެ އެމްވީ" އަށް ވިދާޅުވި ގޮތުގައި ޑަމްޕް ލޮރީ ފޮނުވަދިނުމަށް އޭނާ ވަނީ ސިޓީ ކައުންސިލްގެ ގްރޫޕުގައި ވެސް އެދިވަޑައިގެންފައެވެ. އެ މެސެޖުގެ ޖަވާބުގައި ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ މެންދުރު ވަގުތެއްގައި އުޅަނދު ފޮނުވިކަމަށް ވިދާޅުވެ ދޮގު ހައްދަވާފައި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. ހެނދުނު ހާދިސާ ހިނގި ޚަބަރު ލިބުމާއެކު ރޭގަނޑު 8 ޖަހަންދެން އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވެވަޑައިގެންކަމަށާއި ކައުންސިލުން އެ އުޅަނދު ނުފޮނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެވާހަކަ ގްރޫޕުގައި ތަކުރާރު ކުރެއްވުމުން ބޭކާރު ވާހަކަ ނުދައްކަން ނަރީޝް ވިދާޅުވި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ގްރޫޕުގައި ފަހުން، ކައުންސިލަރުން ޖަވާބު ނުދިނުމުން އަމިއްލައަށް ގުޅުއްވި ކަމަށާއި ނަމަވެސް ވިލިމާލެ ދާއިރާގެ މުވައްޒަފުން ވެސް އަދި ކޮމިޓީގެ މެމްބަރުންވެސް ފޯނު ނުނަގާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޕީޕީއެމުން އަންގައިގެން ދަތި ކުރުމުގެ ގޮތުން ކުރާ ކަމެއް ކަން އޭނާ ތުހުމަތުކުރެއްވިއެވެ.

ސިޓީ ކައުންސިލްގެ ވިލިމާލެ ކޮމިޓީގެ މުޤައްރިރުގެ މަގާމުން ނަހުލާ ވަކި ކުރުމަށްފަހު އެ މަގާމު ދީފައިވަނީ ޑެޕިއުޓީ މޭޔަރު ނަރީޝްއަށެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަސަރު ކުރާނެ ފަދަ ކަމެއް ހިނގައިދިޔައިރު އެތަނުގެ ހާލަތު ބަލައިލުމަށް ނަރީޝް އެތަނަށް ވަޑައިގެންފައި ނުވާކަމަށް ނަހުލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެތަނަށް އޭނާ ފިޔަވައި ސިޓީ ކައުންސިލުގެ އެއްވެސް މެމްބަރަކު ވަޑައި ނުގަންނަވައެވެ.

ޕާޓީއަކުން އަންގައިގެން ކުރި ނަމަވެސް އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި ދާއިރާއަށް ޚިދުމަތް ކުރުމުގައި ފުރުސަތު ދިނުމަށް ނަހުލާ ވަނީ އެދިވަޑައިގެންފައެވެ.

ސިޓީ ކައުންސިލުން ނަހުލާއަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް މީގެ ކުރިން ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިވާހަކަތައް އާއްމުންނާ ހިއްސާ ކުރުމުން ނުރުހުން ފާޅުކޮށް ކައުންސިލުގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކި ކުރީ އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި އޭނާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދުނުކޮށް އެންޓި ކެމްޕޭން ކުރާ ކަމަށް ބުނެއެވެ. އޭނާއާއެކު އޭނާގެ މަންމަ ވެސް ޕާޓީން ވަކިކޮށްފައިވާއިރު ބައި އިލެކްޝަންގެ ކެމްޕޭނުގެ ދުވަސްވަރު ވިލިމާލެއަށް ނޭރުމަށް ވެސް މީގެ ކުރިން ނަހުލާއަށް އިންޒާރު ދީފައިވާކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.

ނަހުލާ އަލީޕީޕީއެމްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު