Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރު މަޚުލޫފްއާ ސުވާލުކުރުން

ޔޯގާއޭ ކިޔައިގެން އުޅެނީ ސިޔާސީ ކަމެއްގައި، ބޭނުމަކީ ވެރިކަން ހޯދުން: މަޚުލޫފް

ޔޯގާގެ މައްސަލައަކީ ސީދާ ސިޔާސީ ބެނުމެއްގައި ބަޔަކުން ކުރަމުންދާ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2022 | އަންގާރަ 05:16
މިނިސްޓަރު މަޚުލޫފާއި ސުވާލު ކުރުމުގެ ތެރެއިން

މިނިސްޓަރު މަޚުލޫފާއި ސުވާލު ކުރުމުގެ ތެރެއިން

އިންޓަރނޭޝަނަލް ޔޯގާ ޑޭގައި ހަމަނުޖެހުން ހިންގައި، އެވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، ބޭނުމަކީ ވެރިކަން ހޯދުން ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ޝިޔާމް ކުރެއްވި ސުވާލަކީ ޔޯގާ ޑޭ ފާހަގަ ކުރެވުނު އިރުގައި ޕޮލިހުންގެ މަސައްކަތް ފެއިލްވެފައިވާ ކަމަށް ޕޮލިހުން ބުނެފައިވާ ކަމަށެވެ. އަދި އެ އިވެންޓުގައި ޑިޕްލޮމަޓުން ބައިވެރިވާ ކަމަށް މިނިސްޓްރީން އަންގާފައިނުވާކަމަށް ޕޮލިހުން ބުނާ ކަމަށެވެ. އެހެންކަމުން އެގޮތަށް އެ އިނގިލި މިނިސްޓްރީއަށް ދިއްކުރަން ޖެހުނީ ކީއްވެގެންތޯއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ ޔޯގާގެ މައްސަލައަކީ ސީދާ ސިޔާސީ ބެނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ 2014 ން ފެށިގެން ފާހަގަކުރަމުން އައި ދުވަހެއް ކަމަށެވެ. މިކަމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު އޮޅުވާލުމާއި، ގެއްލުން ދިނުމުގެ މަގުސަދުގައި ކުރަމުން އަންނަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޔޯގާއަކީ ހަރާމް ކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް ބުނެދެއްވުުމުން، މިނިސްޓްރީން އެކަމާ ނޫޅޭނެ ކަމަށެވެ. އަދި ވަކި އިލްމުވެރިޔަކު ބުނާ ވާހަކައެއް ގަބޫލުކޮށްފައި، އަނެއް އިލްމުވެރިޔަކު ބުނާ ވާހަކަ ގަބޫލުނުކުރުމުގެ ވިސްނުމުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދަން އުޅޭ ކަމަށާއި، އެންމެ ފަހުން މަގްސަދަކަށް ވަނީ ވެރިކަަމަށް އައުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދަން މީގެ ކުރިން ނުކުރާ ކަމެއް މިއަހަރުވެސް ނުކުރާ ކަމަށެވެ. މަޚްލޫފް ވިދާޅުވީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ލައިގެން ތިބި ޓީޝާޓުގައި އިން ލޯގޯ މައްސަލައަކަށް ވެގެން އެވާހަކަ ދެއްކި ކަމަށެވެ. އެވާހަކަ އެގޮތަށް ދައްކާތީ މީގެ ކުރިން 2016 ވަނަ އަހަރު ބޭނުންކުރި ލޯގޯ ބަލާލިކަމަށާއި، އެ ލޯގޯ މާ ބޮޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅިގެން ދައްކާ ވާހަކަތަކާއި އެ މީހުންގެ އަމަލާ އެއް ގޮތަކަށް ވެސް ދިމާ ނުވާ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އިވެންޓެއްގައި ސެކިޔުރިޓީއަށް އެދޭނަމަ، އަބަދުވެސް އިވެންޓުގެ ކުރިން ވަކިން ބްރީފިން މީޓިންއެއް ބާއްވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ދައްކާފައި ހުންނާނެކަމަށެވެ.

އަހުމަދު މަޚްލޫފްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު