Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯރަމްގެ މައްސަލަ

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެމްބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ މެމްބަރު ސައުދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 14:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުން ގުނަން ޖެހޭނީ، މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ދުސްތޫރީ ހަމައަށް އަމަލު ނުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެމްބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިނެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲއެވެ.

Advertisement - newsAdvertisement

ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ މަޖިލީހުގެ މެމްބަރުކަމުގައި އެވަގުތަކު ތިއްބަވާ މެމްބަރުންގެ އަދަދު ކަމަށް ބަލާ ގޮތަށް މަޖިލީހުގެ ގަަވައިދުގައި މާއްދާތަކެއް ހިމެނިއެވެ. އެ މާއްދާތައް ގާނޫނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި، ބާތިލުކޮށްދޭން އެދި ސަރުކާރުން އެ މައްސަަލަ ސުޕްރީމްކޯޓަށް ހުށަހެޅިނަމަވެސް އެކަމުގައި ގޮތެއް ނުނިންމައި އޮއްވައި މަޖިލީހުގެ ގަވައިދުގެ އެހެން މާއްދާއަކަށް އެބައިތައް ވަނީ ބަދަލުކޮށްފައެވެ.

އެހެންވެ ސުޕްރީމްކޯޓުގެ ހުކުމުގައި އެ ބައިތަކަށް ފަހުން އިތުރުކުރި މާއްދާ ބާތިލެއް ނުކުރެއެވެ.

އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަންގާރަ ދުވަހުގެ ޖަލްސާއަށް ހުުށަހެޅުއްވީ އެ ބައިތައް އުވައިލުމާމެދު ގޮތެއް ނިންމުމަށެވެ.

އެހެން ނަމަވެސް އެ ބަހުސް ދިގުލައިގެން ގޮސް އައު ހުށަހެޅުމެއްގެ ގޮތުގައި ފާސްކުރީ، މެމްބަރުންގެ އަދަދު ގުނާ ގޮތް ބަދަލުކޮށް، ހުސްގޮނޑިތައް ނުހިމަނައި ގުނާގޮތަށެވެ.

މަޖިލީހުގެ ގަވާއިދުގެ 242ގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ މެމްބަރުންގެ ޖުމްލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު