Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެނދިކުޅުދޫ ކައުންސިލުގެ ބަޔާނުގެ މައްސަލަ

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024 | އަންގާރަ 23:59

ޒުލްފާ ކޮމިޓީއަށް ހާޒިރުކުރީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގި މައްސަލައިގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މާރިޗު 2024 | އަންގާރަ 23:59
ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސް ބަޔާން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމާ ގުޅިގެން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. މަރިޔަމް ޒުލްފާ އެކަމާ މަޢާފަށް އެދިވަޑައިގެން އެލްޖީއޭގެ ބަޔާން ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައެއް މެމްބަރުން އެދިވަޑައިގަތުމުން އެކަމަށް އިންކާރުކުރައްވާ ޒުލްފާ ރައްދު ދެއްވައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ މިދިޔަ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރެއްވިކަމަށް ބުނެއެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ސަރުކާރު ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވިކަމަށް އެކައުންސިލުން ބުނެއެވެ. ކައުންސިލުން ބަޔާން ނެރުމާއި ގުޅިގެން އެލްޖީއޭއިން ވަނީ ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލުކުރަން އަންގާފައެވެ. ނަމަވެސް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބަޔާން ބާތިލުކުރަން ދެކޮޅު ހަދާ އަނގަމަތީ ޓޭޕް އަޅައިގެން އިހުތިޖާޖުކޮށްފައެވެ.

Advertisement - newsAdvertisement

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުއްވީ އެދާއިރާގެ މެމްބަރ އަހުމަދު އީސާއެވެ. މިމައްސަލަ ކުރިޔަށްގެންދިޔުމަށް ހޯމަ ދުވަހު ވަނީ އެލްޖީއޭގެ ސީއީއޯ ޒުލްފާ އާއި ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ލިޔުން ތައްޔާރުކުރި އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ މުއުމިން އާއި އެލްޖީއޭގެ ޑިރެކްޓަރ އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަތެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ކުރިޔަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންނާއި ޒުލްފާ އާ ދެމެދު ހޫނު ޒުވާބެއް ކުރިޔަށްދިޔައެވެ. ކޮމިޓީ ބައްދަލުވުމަށް މައްސަލަ ހުށަހަޅުއްވަމުން އީސަ ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުމުން ރައީސް އޮފީހުން ކައުންސިލުގެ އިދާރީ މުވައްޒަފަކަށް ގުޅާ ބިރު ދައްކާފައިވާކަމަށެވެ. އެގޮތުން ބަޔާން އަނބުރާ ގެންދިޔުމަށް އެދި ނުގެންގޮސްފިނަމަ ކައުންސިލާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައިވާކަމަށާއި ބަޔާން ލިޔުނު އިދާރީ މުވައްޒަފަށް ސިވިލް ސަރވިސް މެދުވެރިކޮށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށެވެ.

އަދި އޭގެ ފަހުން އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް ބަޔާން ބާތިލުކުރުމަށް އެންގިއިރު އެލިޔުން ކައުންސިލަށް ލިބުމުގެ ކުރިން އެންމެ ފުރަތަމަ އެރީ ނޫސްތަކަށްކަމަށާއި އެލިޔުން ކައުންސިލަށް ލިބުނު ވަގުތަށް ބަލާއިރު އެލްޖީއޭގެ ސީއީއޯ އެ އެންގުން ކައުންސިލަށް އަންގާފައިވަނީ އެއްވެސް ފަރާތަކަށް މަޝްވަރާކުރުމެއްނެތި ކަމަށް އީސަ ވިދާޅުވިއެވެ. އަދި ޒުލްފާ މިކަންކޮށްފައިވަނީ ރައީސް މުއިއްޒު ރުއްސުމަށާއި ރައީސް އޮފީސް ރުއްސުމަށްކަމަށް އީސަ ވިދާޅުވިއެވެ. އެހެންކަމުން މިއީ ގާނޫނާއި ޚިލާފަށް ޒުލްފާ ކުރެއްވި ކަމެއްކަމަށް އީސަ ވިދާޅުވިއެވެ.

އަދި އީސަ ވަނީ އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އެންގި އެންގުން ބާތިލުކޮށް އެކަމަށް ކެނދިކުޅުދޫ ކައުންސިލުގެ ކިބައިން ޒުލްފާ މަޢާފަށް އެދިވަޑައިގަތުމަށް އެދިފައެވެ. އެކަމަށް ޖަވާބު ދެއްވަމުން ކޮމިޓީގައި ޒުލްފާ ވިދާޅުވީ އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކަކީ ޤާނޫނުގެ ހުދޫދުގެ ތެރެއިން ކުރައްވާ މަސައްކަތްތައްކަމަށެވެ.

ޒުލްފާ އިތުރަށް ވިދާޅުވީ އެކަމަނާއަކީ ޤާނޫނީ ބޭފުޅެއްކަމުން ލަފާ ހޯދަންޖެހޭ ފަރާތްތަކުގެ އަތުން ލަފާ ހޯދާނެކަމަށާއި ނަމަވެސް ހޯދާ ގޮތާއި މަރުހަލާ އެއީ އެހެންކަމެއްކަމަށެވެ. އަދި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަނީ ޤާނޫނުގައި އޮތް ގޮތަށްކަމަށް ޒުލްފާ ވިދާޅުވިއެވެ.

އެލްޖީއޭގެ އެންގުމާއެކު ފަހުން ބަންޑާރަނައިބު ވަނީ އެލްޖީއޭއަށް ކައުންސިލުތަކުން ނެރޭ ބަޔާން ބާތިލުކުރުމަށް ނޭންގޭނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ބަންޑާރަ ނައިބުގެ މިބަޔާނާ ގުޅުވާ ކައުންސިލަށް އެލްޖީއޭއިން ފޮނުވި ލަފާ ބާތިލުކުރާނެތޯ މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ އެލަފައަށް އިހުތިރާމް ކުރައްވާކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޒުލްފާ މިމޭރުމުން ވާހަކަދެއްކެވިނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެލްޖީއޭގެ ގާނޫނީ ޓީމުން ވިދާޅުވެފައިވަނީ އެ މައްސަލާގައި ބަންޑާރަ ނައިބު ދެއްވާފައިވާ ލަފާ ދިރާސާކޮށް، އެލްޖީއޭ އިން އިތުރަށް ފިޔަވަޅެއް އަޅަންޖެހޭ ނަމަ ނުވަތަ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށް އެ ޓީމުން ބުންޏެވެ. 

ކޮމިޓީ ބައްދަލުވުން ނިންމާލީ ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކޮމިޓީން މިމައްސަލައާމެދު ގޮތެއް ނިންމުމަށެވެ.

ރައްޔިތުންގެ މަޖިލިސްލާމަރުކަޒީ ނިޒާމުއެލްޖީއޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
19 ސެޕްޓެމްބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
06 އޯގަސްޓު 2025

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

06 އޯގަސްޓު 2025
ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު
05 އޯގަސްޓު 2025

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު
04 އޯގަސްޓު 2025

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ

04 އޯގަސްޓު 2025
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ ބާރުތައް ސީދާ ރައީސްގެ މުށުތެރެއަށް ލާކަށް ނޫން: ޝައުނާ

28 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ ބާރުތައް ސީދާ ރައީސްގެ މުށުތެރެއަށް ލާކަށް ނޫން: ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް