Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑިޔޯންގ ހޯދުމަށް ޔުނައިޓެޑުން ކުރާ މަސައްކަތް

ޔުނައިޓެޑުން ޑިޔޯންގ ހޯދުމާއި ގާތަށް

ޑިޔޯންގ ހޯދުމަށް ޔުނައިޓެޑުން ބާސެލޯނާއަށް ހުށަހަޅާފައިވަނީ 65 މިލިއަން ޕައުންޑުގެ ބިޑެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 18:13
ބާސެލޯނާގެ މިޑްފީލްޑަރ ފްރެންކީ ޑިޔޯންގ

ބާސެލޯނާގެ މިޑްފީލްޑަރ ފްރެންކީ ޑިޔޯންގ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން، ބާސެލޯނާގެ މިޑްފީލްޑަރ ފްރެންކީ ޑިޔޯންގ ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހަވާލުވުމަށްފަހު އޭނާގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް ޑިޔޯންގ ހޯދުމެވެ. އެގޮތުގެ މަތީން ޔުނައިޓެޑުން ވަނީ ބާސެލޯނާއާއި މަޝްވަރާކޮށްފައެވެ. އަދި ދާދި ފަހުން ޑިޔޯންގގެ އެޖެންޓާއި އިތުރު ބައްދަލުވުމެއް ޔުނައިޓެޑުން ބާއްވާފައިވާ ކަމަށްވެސް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

ޑިޔޯންގ ހޯދުމަށް ޔުނައިޓެޑުން ބާސެލޯނާއަށް ހުށަހަޅާފައިވަނީ 65 މިލިއަން ޕައުންޑުގެ ބިޑެކެވެ. ނަމަވެސް މާލީ ދަތިކަން ދިމާވެފައިވާ ބާސެލޯނާއިން ޑިޔޯންގ ވިއްކާލަން އެއްބަސްވީ އެޑްއޮންސް ތަކާއެކު ޖުމްލަ 85 މިލިއަން ޕައުންޑަށެވެ.

އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިޔޯންގ ޔުނައިޓެޑަށް ވިއްކާލުމަށް މިހާރު ދެކްލަބުން ދަނީ އިތުރު މަޝްވަރާތައް ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ދެޓީމު އެއްބަސްވުމަކަށް އައިސް ޑިޔޯންގ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށެވެ.

ބާސެލޯނާމެންޗެސްޓަރ ޔުނައިޓެޑްފްރެންކީ ޑި ޔޮން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު