Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިންގަނޑުތައް

ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު މެނުވީ ނުފެތުރުމަށް އެމްއެމްސީން އެދިއްޖެ

27 ޖޫން 2022 | ހޯމަ 06:40

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކާއެކު ބޭނުންކުރަންޖެހޭ ޙައްޤެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2022 | ހޯމަ 06:40
މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް

ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު މެނުވީ ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.

މީޑިއާ ކައުންސިލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކާއެކު ބޭނުންކުރަންޖެހޭ ޙައްޤެއް ކަމަށްވާއިރު، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤުގެ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

ވަކިން ޚާއްސަކޮށް، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތަކަށްވާނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ ކައުންސިލުގެ ޤާނޫނާއި، ދިވެހި މީޑިއާގެ އާންމު ހަމަތަކާވެސް ޚިލާފުކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތެއްގެވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމަށް ކައުންސިލުގެ ޤަވާއިދުން މީޑިއާތަކަށް ލާޒިމުކޮށްފައި އޮންނަކަންވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، އިސްލާމް ދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމައުގެ އާންމު އަޙުލާޤީ މިންގަނޑުތަކާއި ޚިލާފު ޚަބަރާއި މައުލޫމާތު ނުފެތުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު މެނުވީ ނުފެތުރުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިންނަށް ލިބޭ މައުލޫމާތުތައް ކަށަވަރު ކޮށްދިނުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ހޯދަން އެދޭ މައުލޫމާތު ވީ އެންމެ އަވަހަށް ނޫސްވެރިންނަށް ފޯރުކޮށްދިނުމަށްވެސް ދައުލަތުގެ އިދާރާތަކުގެ ކިބައިން އެދިފައެވެ.

ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު އަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ ހަމަތަކާއި އަޙްލާޤީ މިންގަނޑު" އަލުން މުރާޖައާކޮށް ފައިނަލް ކުރުމުގެ މަރުޙަލާގައި އޮތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންމޯލްދިވްސް މީޑިއާ ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
18 ނޮވެމްބަރު 2024

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު
05 އޮކްޓޯބަރު 2024

ހާމަކަން ކުޑަ ސަރުކާރުގެ ވާހަކަ ދައްކާތީ އަސަރު ކުރި ބޮޑުކަމުން ހުރިހާ ވަރެއް ބޭލީ ނޫސްވެރިންނަށް

05 އޮކްޓޯބަރު 2024
ހާމަކަން ކުޑަ ސަރުކާރުގެ ވާހަކަ ދައްކާތީ އަސަރު ކުރި ބޮޑުކަމުން ހުރިހާ ވަރެއް ބޭލީ ނޫސްވެރިންނަށް
05 އޮކްޓޯބަރު 2024

ރައީސްގެ ބަހުގެ ހަމަލާ ނޫސްވެރިންނަށް: ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި، އެކަމުގެ ސަބަބުން ގެއްލުންވޭ

05 އޮކްޓޯބަރު 2024
ރައީސްގެ ބަހުގެ ހަމަލާ ނޫސްވެރިންނަށް: ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި، އެކަމުގެ ސަބަބުން ގެއްލުންވޭ
22 މެއި 2024

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

22 މެއި 2024
އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
04 މެއި 2024

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!

04 މެއި 2024
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!
04 މެއި 2024

ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށް އެދިއްޖެ

04 މެއި 2024
ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް