Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ގިނަ ނޫސްވެރިން ނުރުހުންފާޅުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 11:32
ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު

ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު

ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވޭނީ އެންމެ ސުވާލެއް ކަމަށް އަންގައިފިއެވެ.

ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވޭނީ އެންމެ ސުވާލެއް ކަމަށް އެ މިނިސްޓްރީން ވަނީ މީޑިޔާތަކަށް އަންގާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ގިނަ ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީން ހަދާފައިވާ ވަޓްސްއަޕް ގުރޫޕްގައި ވެސް ނޫސްވެރިން ވަނީ އެކަމާއި ދެކޮޅަށް ހިޔާލު ފާޅުކޮށްފައެވެ. ބައެއް ނޫސްވެރިން ވަނީ ހައުސިން މިނިސްޓަރަށް ވަގުތުވުމުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް އެދިފައެވެ. އަދި ނޫސްވެރިން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެސް ބައެއް ނޫސްވެރިން ބުނެފައިވެއެވެ.

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާން ނިންމާފައިވާއިރު، އެންމެފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް ސަރުކާރުގެ މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ މަސައްކަތްތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަވުންތައް ބާއްވަމުން ގެންދާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް މި ބާއްވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. އެ މިނިސްޓްރީއަކީ ރައްޔިތުންނާ ގުޅުންހުރި ގިނަ މަޝްރޫއުތަކާއި މަސައްކަތްތައް ކުރިއަށް ގެންދާ މިނިސްޓްރީއަކަށްވާއިރު، މި މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ގިނަ ރައްޔިތުން ބޭނުންވެއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިޔަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ފަހުގެ މައުލޫމާތު ބޭނުންވެއެވެ. ފްލެޓުތައް ދޫކުރުން ހުއްޓުވާފައިވާއިރު، 28 އޭޕްރީލް 2024ވީ އާދިއްތަ ދުވަހު ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވިދާޅުވީ ގެދޮރުވެރިޔާގެ ފްލެޓުތަކުގެ މަސައްކަތް ނުނިމޭ ކަމަށާއި، އެ މަސައްކަތް ނިމޭއިރު، ފްލެޓު ކޮމެޓީގެ މަސައްކަތްތައް ނިމި ހައްގުވެރިންނަށް ފްލެޓުތައް ދޫކުރެވޭނެ ކަމަށެވެ.

ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަކަށް ނުގެންދެއެވެ. އަދި މިހާރު ސަރުކާރުން ވަނީ ފްލެޓް ލިސްޓު ބަލާ ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމެޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ފްލެޓުތައް ދޫކުރެވޭނެ އިރަކާއި، މަސައްކަތް ގޮސްފައިވާ ހިސާބު ބަލަން ގިނަ ބަޔަކު ބޭނުންވެއެވެ.

ނޫސްވެރިންހައުސިންގް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު