Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1443 ވަނަ އަހަރުގެ ހައްޖު

ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭހަކަމާއެކު ކުރިޔަށް ގެންދިއުމަށް މަޝްވަރާކޮށްފި

ހައްޖުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަށް ޙައްޖުވެރިން ހޭލުންތެރި ކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖޫން 2022 | އާދީއްތަ 02:12
ޙައްޖުވެރިންގެ ކަންކަން ފަސޭހަކަމާއެކު ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން

ޙައްޖުވެރިންގެ ކަންކަން ފަސޭހަކަމާއެކު ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން

ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭހަކަމާއެކު ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛް ބަހާއު ޙަލަވާނީ އާއި ދިވެހި ޙައްޖު މިޝަންގެ ރައީސް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ.

މި ބައްދަލުވުމުގައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ލުކޮށްދިމުގައި އެހީތެރިކަން ފޯރުކޮށްދީ ޙައްޖުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަށް ޙައްޖުވެރިން ހޭލުންތެރި ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ހައްޖުގެ އަޅުކަމަށް ފުރުމުގެ އިންތިޒާމުތައް ހުރިނެތްގޮތް ބައްލަވައި، ވީ އެންމެ ރަނގަޅަށް އެކަންކަން ހަމަޖެއްސެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ، ހައްޖާޖީންގެ ދަތުރުފަތުރުގެ އިންތިޒާމްތައް މާލެއާއި ހުޅުމާލޭގައި ހަމަޖެހިފައިވާގޮތާއި، އެއަރޕޯޓްތެރޭގައި ހައްޖުވެރިންނަށް އިސްތިގުބާލްކުރުމާއި، އަދި މީގެ އިތުރުން އެއަރޕޯޓުތެރެއިން ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި ހައްޖާޖީންނަށް ފަސޭހަކަމާއެކު ގެއިން އެއާޕޯޓަށް ދިއުމާއި، އަދި އެއަރޕޯޓްތެރޭގައި ފަސޭހަ ގޮތެއްގައި އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ބަސްތައް ދަތުރުކުރާނެ މަގުތަކާއި، ގަޑިތަކާއި، އެއާޕޯޓުން ހައްޖުވެރިންނަށް އިސްތިގުބާލުކުރާނެ ގޮތްތަކާއި، އެކަމަށް އެހީތެރިވުމަށްޓަކައި ކަނޑައެޅިފައިވާ ފަރާތްތައް އަމަލުކުރަންވާނެގޮތާއި، އެއާޕޯޓު ތެރެއިން ހައްޖާޖީންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އަދި އެއީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކެކެވެ.

ޙައްޖު 1443އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު