Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން އީޔޫގެ މެމްބަރަކަށްވުން

ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދީފި

24 ޖޫން 2022 | ހުކުރު 06:13

މިއީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ނިންމުމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖޫން 2022 | ހުކުރު 06:13
ޔޫކްރެއިނަށް އީޔުގެ މެމްބަރުކަން ދިނުން

ޔޫކްރެއިނަށް އީޔުގެ މެމްބަރުކަން ދިނުން

ޔޫރަޕިއަން ޔޫނިއަންގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ޖަމިއްޔާއާ ގުޅުމުގެ ފުރުސަތު ޔޫކްރެއިނަށް ދީފިއެވެ.

އީޔޫގެ 27 މެމްބަރު ޤައުމުން ވަނީ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އެޖަމިއްޔާގެ ސަމިޓްގައި ޔޫކްރެއިނަށް އެޖަމިއްޔާގެ މެމްބަރުކަން ދިނުމަށް ނިންމާފައެވެ. މިއީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ނިންމުމެއްކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

ޔޫކްރެއިނަކީ އީޔޫގެ މެމްބަރު ޤައުމެއްގެ ގޮތުގައި އީޔޫގެ މެމްބަރު ޤައުމުތަކުން ބަލައި ގަތް ނަމަވެސް، ރަސްމީކޮށް އެޖަމިއްޔާގެ މެމްބަރަކަށް ވުމަށް ޔޫކްރެއިނަށް ގިނަ އަހަރުތަކެއް ނަގާނެއެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި އީޔޫއިން ޔޫކްރެއިނަށް މިފުރުސަތު ދިނުމަކީ ހުޅަނގުގެ ޤައުމުތަކުން ރަޝިއާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޮސެފް ބޮރެލް ވަނީ ޔޫކްރެއިންގެ ރައްޔިތުންނަކީ ޔޫރަޕުގެ އާއިލާއަށް ނިސްބަތްވާ ބައެއް ކަމަށާއި ޔޫކްރެއިންގެ މުސްތަޤުބަލު ފެންނަނީ އީޔޫ އާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު މިފެށުނީ ދިގު ދަތުރެއް ކަމަށް ވިދާޅުވެ، ބޮރެލް ވަނީ މިދަތުރު ކުރާނީ އެކުގައި ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. އަދި ރަޝިއާގެ މި ހަމަލާތައް ފެށުނުތާ ހަތަރު ވަނައަށް ވީ ދުވަހު ޔޫކްރެއިނުން ވަނީ އީޔޫގެ މެމްބަރު ޤައުމަކަށް ވުމަށް އެދި ހުށަހަޅާފައެވެ. އަދި ހަމަލާތަކަށް ހުއްޓުމެއްނައިސް ކުރިއަށްދާ މިދަނޑިވަޅުގައި އީޔޫ އިން މިވަނީ އެޖަމިއްޔާއާ ގުޅުމުގެ ފުރުސަތު ޔޫކްރެއިނަށް ދީފައެވެ.

އީޔޫގެ މިނިންމުމަށް ތައުރީފުކޮށް ކުރެއްވި ޓްވީޓެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މުސްތަޤުބަލު ވަނީ އީޔޫ އާއެކު ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ އަވަށްޓެރި ޤައުމެއްކަމަށްވާ މޮލްޑޮވާ އަކީވެސް މިހާރު އީޔޫގެ މެމްބަރެކެވެ. އަދި ކުރިން ސޯވިއެޓް ޔޫނިއަންގެ ސްޓޭޓެއް ކަމަށްވާ ޖޯޖިއާ އިން މެމްބަރުކަމަށް ހުށަހެޅުމުން، އެޤައުމުން އީޔޫގެ މެމްބަރަކަށް ވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައް ފުރިހަމަކުރުމުން ޖަމިއްޔާއާ ގުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އީޔޫގެ ލީޑަރުން ވަނީ މިޤައުމުތަކުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވާފައެވެ. އިރުމަތީ ޔޫރަޕްގެ ޤައުމުތައް އީޔޫއާ ގުޅެން ފަށާފައިވުމުން އެޖަމިއްޔާއިން އަމަލުކުރަމުންދާ ގޮތްތަކަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށް މާހިރުން ފާހަގަކުރެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑަރ ލެޔެން ވަނީ ރަސްމީކޮށް އީޔޫގެ މެމްބަރަކަށް ވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ވީހާވެސް އަވަހަށް ފުރިހަމަކުރުމުގެ މަސައްކަތް ޔޫކްރެއިނާ މޮލްޑޮވާ ކުރާނެކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕިއަން ޔޫނިއަންޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް