Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ލަންކާގައި މާދަމާއިން ފެށިގެން ތެލުގެ އަގު ބޮޑުކުރަނީ

ކަރާސީން ލީޓަރެއްގެ އަގަށް 210 ރުޕީސް އިތުރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖޫން 2022 | ބުރާސްފަތި 15:23
ތެޔޮ ގަންނަށް ރައްޔިތުން ދިގު ކިއުތަކުގައި ޖެހި އެތައް ވަގުތެއް ހޭދަކުރާ މަންޒަރަކީ މިހާރު ލަންކާގައި އައު މަންޒަރެއް ނޫން

ތެޔޮ ގަންނަށް ރައްޔިތުން ދިގު ކިއުތަކުގައި ޖެހި އެތައް ވަގުތެއް ހޭދަކުރާ މަންޒަރަކީ މިހާރު ލަންކާގައި އައު މަންޒަރެއް ނޫން

މާދަމާއިން ފެށިގެން ސްރީލަންކާގައި ތެލުގެ އަގު ބޮޑުވާނެކަމަށް ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނާ ހަވާލާދީ ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ތެލުގެ އަގުތައް 60 ރުޕީސްއިން މައްޗަށް އުފުލިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން ލަންކާގެ އެނަރޖީ މިނިސްޓްރީން ވަނީ، ކޮންމެ މަހެއްގެ 24 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގަށް އަންނަ ބަދަލަށް ބަލައި، އެގައުމުގައި ތެލުގެ އަގުތައް އުފުލިގެން ދާނެ ކަމަށް ބުނެފައެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނާ ހާވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޑީސެލް ލީޓަރެއްގެ އަގަށް 56 ރުޕީސް އިތުރުވެގެންދާނެއެވެ. އަދި ސުޕަރ ޑީސެލް ލީޓަރެއްގެ އަގަށް 65 ރުޕީސް އިތުރުވެގެންދާނެ ކަމަށާއި، ކަރާސީން ލީޓަރެއްގެ އަގަށް 210 ރުޕީސް އިތުރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ބޭރުފައިސާ ނެތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން މިދާ ދަނޑިވަޅުގައި ގައުމަށް ބޭނުންވާނެ ވަރަށް ތެލުގެ އިމްޕޯޓަށް ޚަރަދުކުރާނެ ފައިސާ ނެތުމުގެ މައްސަލައާއެވެ.

ލަންކާއަށް ބޭނުންވާ ތެޔޮ ގަތުމަށް އިންޑިއާގެ އެހީ ހޯދަމުންދާއިރު، މިދިޔަ ހަފުތާގައި އެގައުމުން ވަނީ އިންޑިއާއިން އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމަށް އެދިފައެވެ.

އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް އިންޑިއާގެ އެގްޒިމް ބޭންކުން ނެގުމަށް ލަންކާގެ ކެބިނެޓުން މިހާރު މިވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އިތުރު ކްރެޑިޓް ލައިންއެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާކަމެއް އަދި ހާމައެއް ނުކުރެއެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެގްޒިމް ބޭންކުން ވަނީ، ލަންކާއިން ތެލަށް ޚަރަދުކުރުމަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައެވެ. އަދި އެއަށްފަހު މެއި މަހު އިތުރު 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވަނީ ފޯރުކޮށްދީފައެވެ.

ކުރިއަށް އޮތް ދެތިން ހަފުތާގައި ޕެޓްރޯލްގެ ތަދުކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާއިރު، ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ލަންކާއަށް ބޭނުންވާ ތެޔޮ އެހެން ގައުމުތަކުން ލިބޭތޯ ބަލާނެ ކަމަށާއި އެހެން ނަމަވެސް ރަޝިއާއިން ތެޔޮ ގަތުމަށްވެސް އެގައުމުުން ދެކޮޅުނުހަދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާގެ ތެޔޮ ގައުމުތަކަށް އިމްޕޯޓްކުރުން ހުއްޓާލުމަށް މަސައްކަތްކުރަމުންދާއިރު، ރަޝިއާއިން ދަނީ ޑިސްކައުންޓް އަގުތަކެއްގައި އެގައުމުގެ ކްރޫޑް އޮއިލް ގައުމުތަކަށް ވިއްކުމަށް ހުށަހަޅަމުންނެވެ.

މިކަމުގެ ސަބަބުން ތެލުގެ އަގު ދުނިޔޭގެ މާކެޓުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި، ބޭރުފައިސާ ހޯދުމަށް ދަތިވެފައިވާ ލަންކާއަށް ރަޝިއާއިން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ހުށަހަޅައިފިނަމަ، އެއީ ލަންކާއަށް ނޫނެކޭ ބުނަން ފަސޭހަވާނެކަމެއްނޫނެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު