Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ކޮލޮމްބޯގެ އެކި ހިސާބުތަކުން 10 ގަޑިއިރަށް ފެން ކަނޑާލަނީ

23 ޖޫން 2022 | ބުރާސްފަތި 15:18

ބޭނުންވާ ވަރަށް ފެން ނެގުމަށް ވަނީ އިލްތިމާސްކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖޫން 2022 | ބުރާސްފަތި 15:18
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އާންމުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އާންމުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ އެކި ހިސާބުތަކުން 10 ގަޑިއިރަށް ފެން ކަނޑާލާނެކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ފެން ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮނިހިރު ދުވަހުގޭ ރޭ 10:00ން އާދިއްތަ ދުވަހުގެ ހެނދުނު 08:00ށް ފެނުގެ ޚިދުމަތް ނުލިބޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފެން ކަނޑާލުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށް، އެގައުމުގެ ނެޝަލަން ވޯޓަރ ސަޕްލައި އެންޑް ޑްރެއިނޭޖް އެންޑް ބޯޑް އިން ބުނެއެވެ. އެހެން ކަމުން ބޭނުންވާ ވަރަށް ފެން ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެން ބޭނުންކުރާއިރު އިސްރާފު ނުވާނެހެން ފެން ބޭނުން ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އާންމު ރައްޔިތުންނަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ގޭހަށް ޚަރަދުކުރާނެ ފައިސާނެތި، ލަންކާގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު ނުލިބި، ދުވާލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަގުތު އާންމުންނަށް ވަނީ ކަރަންޓާނުލައި އުޅެންޖެހިފައެވެ.

މީގެ އިތުރުން ތެލަށް ޚަރަދުކުރާނެ ފައިސާނެތި، ކައްކާ ތެލާއި ޕެޓްރޯލް ލިބުމުގެ ދަތިތަކާވެސް އެގައުމަށް ވަނީ ކުރިމަތިލާންޖެހިފައެވެ. ތެޔޮ ގަތުމަށް ތެޔޮ ވިއްކާ ތަންތަނުގައި އާންމު ރައްޔިތުން ކިއުގައި ޖެހިފައި ތިބުމަކީ މިހާރު އެގައުމުގައި އާންމު މަންޒަރެކެވެ.

ގައުމަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގައުމުގައި ކާބޯތަކެތީގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ވަނީ އާންމުވެފައެވެ. އެގޮތުން ކާބޯތަކެތީގެ ކާރިސާގައި ހަތަރު މިލިއަނާ ފަސް މިލިއަނާ ދެމެދު އަދަދެއްގެ މީހުންނަށް އަސަރު ކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ އޮފީހުގައި، ކޮމިޓީ އޮން ފުޑް ސެކިއުރިޓީއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ، ކާބޯތަކެތީގެ ކާރިސާ ކުރިމަތިވުމުން އެގައުމުގެ ފަސް މިލިއަނެއްހާ މީހުންނަށް އޭގެ ސީދާ އަސަރު ކުރާނެކަމަށް މިހާތަނަށް އަންދާޒާކުރެވިފައި ވީނަމަވެސް، ކާރިސާގައި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ކާބޯތަކެތީގެ ކާރިސާއާ ކުރިމަތިލުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި، މަޖިލިސް މެމްބަރު ނިމަލް ލަންސާގެ ބެލުމުގެ ދަށުން ކޮމިޓީގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް އަންގަވާފައެވެ. އަދި ކޮމިޓީން މިކަމަށް އެކުލަވާލާ ޕްލޭން ދެ ހަފުތާގެ ތެރޭގައި ނިންމުމަށް ވަނީ އަންގަވާފައެވެ.

ބޮޑުވަޒީރު ވަނީ 225 ޑިވިޝަންގައި ފުޑް ސެކުއިރިޓީ ޕްރޮގްރާމްތައް ހިންގުމަށް މަޖިލީސް މެމްބަރުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބާކީ ހުރި ސަރަހައްދުތައް، ސަރުކާރުގެ އިސްއޮފިޝަލުންނާއި މިނިސްޓްރީތަކުގެ ސެކްރެޓަރީންނާއި އަދި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް މެނޭޖް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޖުމުލަ 336 ސަރަހައްދެއްގައި މި ޕްރޮގްރާމް ހިންގޭނެ އިމްތިޒާމް ހަމަޖެއްސުމަށް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެގައުމުގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ސަރަހައްދީ ފެންވަރުގައި މާކެޓުގައި ވާދަވެރިކަމާއެކު ބައިވެރިވުމަށް، މެދުރާސްތާ އަދި ދިގު ރާސްތާ ޕްލޭނެއް ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް