Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހާޓް އެޓޭކްގެ ފަރުވާ

ކެންސަރު ބައްޔަށް ދެވޭ ފަރުވާއަކުން، ހާޓް އެޓޭކް ޖެހޭ މީހުން ސަލާމަތް ކުރެވިދާނެކަމުގެ އުންމީދެއް

22 ޖޫން 2022 | ބުދަ 07:59

ހާޓް އެޓޭކްއަކުން ހިތަށް ލިބޭ ގެއްލުން، އައު ފަރުވާ ބޭނުން ކުރުމުން ރަނގަޅުކޮށްދޭ ކަމަށް ބެލެވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ޖޫން 2022 | ބުދަ 07:59
ހާޓް އެޓޭކް

ހާޓް އެޓޭކް

ހާޓް އެޓޭކް ޖެހޭ މީހުންގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކެންސަރު ބައްޔަށް ފަރުވާކުރުމަށް މިހާރުދެވޭ ބޭހެއް ނުވަތަ ފަރުވާއެއް ބޭނުންކޮށްގެން ހައްލު ލިބިދާނެކަމުގެ އުންމީދު އައުވެފައިވާކަމަށް ރިސަރޗަރުންގެ ޓީމަކުން ބުނެފިއެވެ. ހާޓް އެޓޭކްއަކަށް ފަހު ހިތުގެ ލޭހޮޅިތަކަށް ގެއްލުންތަކެއް ލިބޭއިރު މިދެންނެވި ފަރުވާ ބޭނުންކުރުމުން ލޭހޮޅިތަކުގެ ހާލަތު އިތުރަށް ގޯސްވުން ހުއްޓުވާ އަދި ލޭހޮޅިތަކުގެ ސެލްތައް އައުވުމަށް އެހީތެރިވެދޭކަމަށް ޔުނިވަރސިޓީ އޮފް ބްރިސްޓޯލްގެ ރިސަރޗަރުންގެ ޓީމުން ބުނެފައިވެއެވެ. އެޓީމުން ބުނެފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހުމުން ހިތަށްލިބޭ ގެއްލުން ގުދުރަތީ ގޮތުން މަރާމާތުވުމަށް ވަގުތު ނަގާއިރު، ހިތް ރަނގަޅަށް ހިންގާދިނުމަށް ބޭނުންވާވަރަށް ގެއްލުންވެފަހުރި ލޭހޮޅިތަކުން ލޭ ފޮނުވާ ނުދެއެވެ. ނަމަވެސް މިޑްރަގް ބޭނުން ކުރުމުން ހިތުގެ މަރާމާތު އަވަސްކޮށްދީ އަދި ހިތުގެ ހާލަތު އެނބުރި ކުރިން ހުރި ހާލަތަށް ދިއުމަށް އެހީތެރިވެދޭކަންވަނީ ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ހާމަވެފައިވާކަމަށް ޓީމުން ބުނެފައިވެއެވެ.

އެހެންވެސް މިފަދަ ޓެސްޓުތަކެކޭ އެއްފަދައިން މިތަހްލީލްތައްވެސް ކޮށްފައިވަނީ މީދާ ބޭނުންކޮށްގެންނެވެ. "އެމް.އީ.ކޭ އިންހިބިޓަރ" ގެ ނަމުން ނަންހާމަކޮށްފައިވާ މި ޑްރަގް، އިންޖެކްޝަންގެ ޒަރީއާއިން ދުވާލަކު އެއްފަހަރު ދެވުނު މީދާތަކުގެ ތެރެއިން 90 އިންސައްތަ މީދަލުގެ ކިބައިން ރިސަރޗަރުން އެދުނު ނިޝާންތައް ފެނިފައިވެއެވެ. މިއާއެކު މިއީ ވަރަށް "އެކްސައިޓިންގ" ހޯދުމެއްކަމަށާއި މިއަންނަ އަހަރާއި ހަމައިންވެސް އިންސާނުންނަށް ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް އުންމީދު ކުރާކަމަށް މާހިރުން ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގައި އަހަރެއްގެ މައްޗަށް 100،000 މީހުން ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވެއެވެ. އަދި އެމެރިކާގައި އަހަރަކު 800،000 މީހުން ހާޓް އެޓޭކް ޖެހިގެން އެޑްމިޓްކުރެވޭ ކަމަށްވެއެވެ. މީގެ ތެރެއިން ހަތަރުބައިކުޅައެއްބައި މީހުން އަހަރެއްހާ ދުވަސްފަހުން ހިތް ހުއްޓިގެން މަރުވެއެވެ. އަދި ގިނަ މީހުން ހާޓް އެޓޭކްއަކަށް ފަހު 8 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ނުތިބޭކަމަށް ވެއެވެ. މިހެން ދިމާވަނީ ހާޓް އެޓޭކްއަކުން ހިތަށާއި ހިތުގެ ނާރުތަކާއި ލޭހޮޅިތަކަށް ލިބޭ ގެއްލުން ރަނގަޅުނުވެ ހާލަތު އިތުރަށް ގޮސްވަމުން ދާތީއެވެ. މިކަމަށް ފަރުވާ ކުރުމަށް ދެވޭ ބޭސް އަދި މާ ގިނަނޫންއިރު، ލޭހޮޅިތައް ފިތުނަ ނުދިނުމަށް ގިނަ މީހުންނަށް ދެވޭ ފަރުވާއަކީ ސްޓެންޓެއް ލެއްވުމެވެ.

ޖަރނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ރިސަރޗަރުން ބުނެފައިވާ ގޮތުގައި މިއައު ހޯދުމުގެ ސަބަބުން ވަރަށް ބޮޑަށް އުންމީދުވަނީ އައުވެގެން ގޮސްފައެވެ. އަދި މިއީ މިކަމަށް އިންތިޒާރު ކުރި ފަރާތްތަކުން އެދިއެދި ތިބި "ގޭމް ޗޭންޖަރ" ނުވަތަ ކަންކަން ބަދަލު ކޮށްލާނެ ފަރުވާއަކަށް ވެގެންދާނެއެވެ.

ރިސަރޗަރުންގެ ޓީމުން ބުނެފައިވާ ގޮތުގައި މި ޑްރަގަކީ މިހާރުވެސް ކެންސަރު ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަން ހުއްދަ ކުރެވިފައިވާ ޑްރަގަކަށް ވާއިރު، މިތަހުލީލުތަކުގައި އިންސާނުންނަށް ދިނުމުގެ ހުއްދަ ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެއެވެ.

މައުލޫމާތު : މެއިލް އޮންލައިން/ހެލްތު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2021

ވެރިކަމުން އަޒުލުކުރުން ނުވަތަ އެމެންޑްމަންޓް 14 - ޓްރަމްޕަށް އަނބުރާ ވެރިކަމަށް ނާދެވޭގޮތް ހެދިދާނެތަ؟

15 ޖެނުއަރީ 2021
ވެރިކަމުން އަޒުލުކުރުން ނުވަތަ އެމެންޑްމަންޓް 14 - ޓްރަމްޕަށް އަނބުރާ ވެރިކަމަށް ނާދެވޭގޮތް ހެދިދާނެތަ؟
02 އޮކްޓޯބަރު 2020

ޑރ. އަފްރާޝީމްގެ މަރަށް 8 އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

02 އޮކްޓޯބަރު 2020
ޑރ.  އަފްރާޝީމްގެ މަރަށް 8  އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!
20 އޯގަސްޓު 2020

ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!

20 އޯގަސްޓު 2020
ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!
17 މެއި 2020

ނިއު ނޯމަލް އާއެކު ދިިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް، ފޯނުވެސް އެހެން މީހަކަށް ނުދެވޭނެ

17 މެއި 2020
ނިއު ނޯމަލް އާއެކު ދިިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް، ފޯނުވެސް އެހެން މީހަކަށް ނުދެވޭނެ
09 އޯގަސްޓު 2019

އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟

09 އޯގަސްޓު 2019
އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟
14 ޖުލައި 2019

ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

14 ޖުލައި 2019
ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ
20 ޖެނުއަރީ 2019

ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް

20 ޖެނުއަރީ 2019
ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް
29 އެޕްރީލު 2018

ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!

29 އެޕްރީލު 2018
ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް