Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓްރަމްޕުގެ ކުރިމަގާމެދު ކުރެވޭ ބަހުސް

ވެރިކަމުން އަޒުލުކުރުން ނުވަތަ އެމެންޑްމަންޓް 14 - ޓްރަމްޕަށް އަނބުރާ ވެރިކަމަށް ނާދެވޭގޮތް ހެދިދާނެތަ؟

15 ޖެނުއަރީ 2021 | ހުކުރު 12:41

ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައުސްއިން ވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖެނުއަރީ 2021 | ހުކުރު 12:41
ވެރިކަމުން ދެވަނަ ފަހަރަށް އަޒުލުކުރުމަށް ހައުސްއިން ފާސްކުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވެރިކަމުން ދެވަނަ ފަހަރަށް އަޒުލުކުރުމަށް ހައުސްއިން ފާސްކުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ރައީސްކަމުގައި މިހާރު ހުންނެވި އަދި ހައުސްއިން ދެފަހަރަށް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ދެން އަނބުރާ ވެރިކަމަށް އައުމުގެ ފުރުސަތު ދެވިގެންނުވާނެއެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައުސްއިން ވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފައެވެ. ޓްރަމްޕް ނިސްބަތްވެވަޑައިގެންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ވޯޓާއެކު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކޮށްފައިވާއިރު އެކަމުގެ ފަހު ބަސް ބުނުމުގެ ބާރު ލިބެނީ ސެނެޓަށެވެ. ސެނެޓުން އެކަމާއި ގުޅިގެން ޓްރެއަލް ކުރިޔަށް ގެންދިޔުމަށްފަހު ޓްރަމްޕް ވެރިކަމުން އަޒުލުކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ޓްރަމްޕް އަލުން ވެރިކަމަށް އައުމުގެ ފުރުސަތު ސެނެޓަށް ގެއްލުވާލެވިދާނެއެވެ.

ޤާނޫނީ މާހިރުން ބުނާގޮތުގައި ވެރިކަމަށް އަލުން އަނބުރާ ނާދެވޭގޮތް ހެދުމަށް ވެރިކަމުން އަޒުލުކުރުމުގެ ކަންކަން ކުރިޔަށްދާގޮތަށް އެކަން ކުރެވިދާނެއެވެ. ނުވަތަ އެމެންޑްމަންޓް 14 ގައިވާ ގޮތަށް އެކަން ކުރެވިދާނެއެވެ.

އެމެރިކާގެ ޤާނޫނު އަސާސީ ބުނާގޮތުން މަގާމުން އަޒުލުކުރެވޭ އޮފިޝަލުންނަށް ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއީ އެއޮފިޝަލެއް ނިސްބަތްވާ އޮފީހުން ދުރުކުރުމާއި ހުރި މަގާމުގެ ގޮތުން ލިބިދޭ އިނާޔަތްތަކާއި ފައިދާތަކާއި ދޭންޖެހޭ ގަދަރު ކަނޑާލުމެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހަކު އަދާކުރި މަގާމުގެ ގޮތުން ލިބޭ އިނާޔަތްތައް ކަނޑާލުމެވެ.

ޑިމޮކްރަޓުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސް އަށް ހުށަހެޅި އަރޓިކަލްގައި ބުނެފައިވަނީ ޓްރަމްޕަށް ލިބިވަޑައިގަންނަވާފައިވާ ބާރުގެ ބޭނުން ޤާނޫނާއި ޤާނޫނު އަސާސީއާ ޚިލާފަށް ބޭނުންކުރައްވާ ސަރުކާރުގެ މައި މުއައްސަސާއެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އެއީ ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތައް ހިނގާދިޔައީ ޓްރަމްޕްގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްފަހުން ކަމަށްވާއިރު ވައިޓް ހައުސް ކައިރީގައި ހުންނަވާ ޓްރަމްޕް ސަޕޯޓަރުންނާ މުޚާތަބުކުރެއްވި އިރު ވަނީ ކެޕިޓޮލްގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭ މޭރުމަކުން ވާހަކަދައްކަވާފައެވެ.

ސެނެޓްގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމާއި ގުޅޭގޮތުން ކުރިޔަށްދާނެ ޓްރެއަލްގައި ޓްރަމްޕް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅު ދިފާއުކުރައްވާ އެންމެ ބޮޑަށް ނަންގަވާނީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ގަބޫލުކުރެވެއެވެ. ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެދުވަހު ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދެއްވާ ވާހަކަ ނުދައްކަވާކަމުގައެވެ. "ފައިޓް" އެބަސް ބޭނުންކުރެއްވީ ހަމަނުޖެހުން އުފެއްދުމަށް ގޮވާލާ ގޮތަށް ނޫންކަމަށާއި އެއީ އެކަމާދެކޮޅު ހަދާކަން ހާމަކުރެއްވުމަށް ބާރުއެޅުމުގެ ގޮތުން ވިދާޅުވި ބަސްފުޅެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އޮފިޝަލަކު އޮފީހުން ވަކިކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ. އެހެންނަމަވެސް އެމީހަކު އަދާކުރާ މަގާމެއްގެ ގޮތުން ލިބިދޭ އިނާޔަތްތައް ނުލިބޭގޮތް ހެދުމަށް ބޭނުންވަނީ ސެނެޓްގެ ދެބައިކުޅަ އެއްބައި ވޯޓެވެ. މިހާތަނަށް މިވޯޓު ނަގާފައިވަނީ މަގާމުން އަޒުލުކުރުމަށް ނަގާ ވޯޓު ނެގުމަށްފަހުއެވެ.

އެމެރިކާގެ ތާރީޚު ބުނާގޮތުން މިހާތަނަށް އައިއިރު ތިން ފެޑެރަލް އޮފިޝަލުން ވަނީ މަގާމުން އަޒުލުކުރުގެ ތެރޭގައި އެމީހަކަށް ލިބިދޭ އިނާޔަތްތައް ނުލިބޭގޮތަށް ފާސްކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ ފެޑެރަލް ތިން ޖަޖުންނާއި މެދުއެވެ.

އެންމެފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ 2010 ވަނަ އަހަރުއެވެ. އެއީ ލުއިޒިއާނާގެ ޖަޖެއް ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވެގެން މަގާމުން އަޒުލުކުރުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް އެމަގާމަށް ނާދެވޭގޮތަށް ސެނެޓުން ފާސްކުރުމެވެ.

މިޗިގަން ސްޓޭޓް ޔުނިވަރސިޓީގައި ލޯ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބްރައަން ކަލްޓް ވިދާޅުވާގޮތުން މަގާމުގެ ހައިސިއްޔަތުން ލިބޭ އިނާޔާތްތައް ކަނޑާލުމާއި އަލުން އެމަގާމަށް އައުމުގެ ފުރުސަތު ނުދިނުން ރައީސް އަޒުލުކުރުމުގައި އަމަލުކުރެވޭނެތޯ އެއީ ބަހުސްތަކެއް ކުރެވޭނެ ކަމެކެވެ.

ތާރީޚުގައި ހިނގާފައިހުރި މިފަދަ ކަންކަމާއި ލިޔެފައިހުރި ލިޔުންތަކަށް ބަލާ ޤާނޫނީ މާހިރުން ބުނަނީ ރައީސަކު އޮފީހުން ދުރުކުރުން ނުވަތަ ވަކިކުރުން އެއީ އޭނާއަށް ލިބޭ އިނާޔަތްތައް ކަނޑާލުންކަމުގައި ނުބެލެވޭކަމަށެވެ. އެހެންނަމަވެސް އަނެއް ބައި މާހިރުން ވިދާޅުވަނީ އެގޮތަށް މާނަކުރެވޭކަމަށެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މިކަމަކަށް ސީދާ ޖަވާބެއްނެތެވެ.

ޔުނިވަރސިޓީ އޮފް ކެލޮރާޑޯގެ ޕްރޮފެސަރ އޮފް ކޮންސްޓިޓިއުޝަނަލް ލޯވ ޕައުލް ކެމްޕޮސް ވިދާޅުވާ ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސެނެޓުން ސާބިތު ނުކުރެވުނު ނަމަވެސް ރައީސްކަން ކުރެއްވުމުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށް ސެނެޓުގައި ވޯޓު ނެގޭނެއެވެ.

އެއީ ޓްރެއަލް ކުރިޔަށް ގެންދިޔުމުގެ ގަވާއިދުތަކާއި ހުރިހާ ގޮތްތަކެއް ކަނޑައެޅުމުގެ ވަރަށް ފުޅާ ބާރެއް އެމެރިކާގެ ސުޕްރީމް ކޯޓުން ސެނެޓަށް ދީފައިވާތިއެވެ. އެހެންނަމަވެސް ކަލްޓް ވިދާޅުވަނީ އިނާޔަތްތައް ކަނޑާލެވޭނީ ކުރާ ދައުވާތައް ސާބިތުވުމުން ކަމަށެވެ. އެނޫން ގޮތަކަށް އެކަންކޮށްފިނަމަ އެވަނީ ސާބިތުނުވާ ކުށަކަށް އަދަބު ދިނުންކަމަށް ކަލްޓް ވިދާޅުވިއެވެ.

ސެނެޓުން މިހާތަނަށް އައިއިރު އިނާޔަތްތައް ކަނޑާލި ތިން ޖަޖުންވެސް ވަނީ ފުރަތަމަ އެޖަޖުންގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވާކަމަށް ސެނެޓުން ނިންމާފައެވެ.

އިނާޔަތްތައް ކަނޑާލުމުގައި އެމެރިކާގެ ޤާނޫނު އަސާސީގެ ސެކްޝަން 3 ގެ އެމެޑްމަންޓް 14ން އެހެން ގޮތަކަށް ޖާގަދެއެވެ.

އެމެންޑްމަންޓް 14 ގައި ބުނަނީ ސަރުކާރާއި ނުވަތަ ސަރުކާރުގެ އޮފިސަރުންނާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދުމުގައި ބައިވެރިވެފައިވާ އެއްވެސް މީހަކަށް އޭނާގެ ރަސްމީ އޮފީހަކަށް ނާދެވޭނެއެވެ. މިކަމަށް އަމަލުކުރަން ފަށާފައިވަނީ ސިވިލް ހަނގުރާމައާ ގުޅިގެންނެވެ.

މިކަން ކުރުމަށްޓަކައި ބޭނުންވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ދެ ގޭގެވެސް ދެބައިކުޅަ އެއްބައި ވޯޓެވެ. އެއަށްފަހު ކޮންގްރެސް އަށް އިނާޔަތްތައް ފަހުން ކަނޑާލެވިދާނެއެވެ. އެހެންނަމަވެސް އެއީ ދެ ގެއިންވެސް ތިންބައިކުޅަ ދެބައި ވޯޓު އެކަން ކުރުމަށް ވޯޓުދީގެންނެވެ.

1919 ވަނަ އަހަރު ކޮންގްރެސް އިން ވަނީ އެމެންޑްމަންޓް 14 ގެ ބޭނުންކޮށްފައެވެ. އެހެންނަމަވެސް ސެކްޝަން 3 ގެ އެމެންޑްމަންޓް 14 ގައި މިކަން ކުރާނެ ގޮތުގެ ތަފްސީލުތަކެއް ދީފައެއްނުވެއެވެ.

އެމެޑްމަންޓް 14 ގެ އެހެން ސެކްޝަނެއް ކަމުގައިވާ ސެކްޝަން 5 ގެ ދަށުން ކޮންގްރެސްއަށް މުޅި އެމެޑްމަންޓްގައި ހުރިކަންކަން ކުރުމުގެ ބާރު ލިބިދެއެވެ. އެހެންނަމަވެސް ބައެއް ސްކޯލަރ އިން ބުނާގޮތުގައި އޭގެ މާނައަކީ ވަކި މީހަކަށް ލިބިދޭ އިނާޔަތްތައް ކަނޑާލުމާއި މަގާމުން އަޒުލުކުރުމަށް ކަނޑައެޅުމަށް ނިންމޭނީ ކޮންގްރެސްގައި ހިމެނޭ ދެ ގޭގެ ވެސް މެޖޯރިޓީ ވޯޓުންނެވެ. މިސާލަކަށް ޓްރަމްޕް ވެރިކަމުން އަޒުލުކޮށް ލިބޭ އިނާޔަތްތައް ކަނޑާލުމަށް ދެ ގޭގެ ވެސް މެޖޯރިޓީ ވޯޓު ބޭނުންވާނެއެވެ.

އެހެންކަމުން ކަލްޓް ދެކެވަޑައިގަންނަވާ ގޮތުގައި އެމެޑްމަންޓް 14ގެ ދަށުންވެސް މިކަން ކުރިޔަށް ގެންދާނެ ސީދާ ގޮތްތަކެއް ސާފެއްނޫނެވެ. އެހެންކަމުން ޓްރަމްޕްގެ ކަންތަކުގައި ބޭނުންވަނީ އެކަމަށްޓަކައި ހަދާފައިހުރި ޤާނޫނުތަކާއި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތްތަކާއި މިހާތަނަށް ޤާނޫނީގޮތުން މިފަދަ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމަށްފަހު އެދެބައިގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ގޮތެއް ނިންމުންކަމަށް ކަލްޓް ވިދާޅުވިއެވެ.

ކަލްޓް ވިދާޅުވަނީ އެފުރުސަތު ލިބިދޭކަމަށެވެ.

1993 ވަނަ އަހަރު އެމެރިކާގެ ސްޕްރީމް ކޯޓުން ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަކީ ސެނެޓުން މީހަކު މަގާމުން އަޒުލުކުރުމުގެ ކަންކަމުގައި އަމަލުގޮތްފައިވާ ގޮތުގެ ނިޔަތާމެދު ކޯޓުން ގޮތް ކަނޑައަޅަން ބޭނުންވާނެ ކަމުގައެވެ. އެއީ ސިޔާސީ ގޮތުން މަންފާއެއް ހާސިލްކުރުމަށް ސެނެޓުން ކުރާކަމެއްތޯ ނުވަތަ ޤާނޫނީ ގޮތުން ކޮށްފައިވާ ކަމެއްތޯ ކޯޓުން ބަލާނެއެވެ.

އެހެންކަމުން ޓްރަމްޕް މަގާމުން އަޒުލުކޮށް އިނާޔަތްތައް ކަނޑާލުމަށް ސެނެޓުން ނިންމައިފިނަމަ އެއީ ޤާނޫނާއި އެއްގޮތަށް ކުރިކަމެއްތޯ ސުޕްރީމްކޯޓުން ސާފުކުރަން ބޭނުންވެދާނެއެވެ.

ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގައި ތިއްބަވާ 9 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ދާދިފަހުން އައްޔަނުކުރައްވާފައެވެ.

ކަލްޓް ވިދާޅުވަނީ ރައީސަކު މަގާމުން އަޒުލުކުރުމަށްފަހު ދެން ވެރިކަމަށް ކުރިމަތިނުލެވޭނެކަމަށް ބުނާނަމަ އެކަން ކުރަންވާނީ ޤާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި އެކަން ވީއެންމެ އަވަހަކަށް ކުރަންވާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2021

ޓްރަމްޕް މަގާމަށް ކުފޫ ހަމަނުވާކަން ސާބިތުކުރުމަށް ބޭނުންކުރާ އެމެންޑްމަންޓް 25 އަކީ ކޮބާ؟

07 ޖެނުއަރީ 2021
ޓްރަމްޕް މަގާމަށް ކުފޫ ހަމަނުވާކަން ސާބިތުކުރުމަށް ބޭނުންކުރާ އެމެންޑްމަންޓް 25 އަކީ ކޮބާ؟
25 އެޕްރީލު 2020

އިންޓަނެޓް އަނެއްކާވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި!

25 އެޕްރީލު 2020
އިންޓަނެޓް އަނެއްކާވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި!
22 އޮކްޓޯބަރު 2019

ގާސިމް ނަހުލާއާ މުޚާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން

22 އޮކްޓޯބަރު 2019
ގާސިމް ނަހުލާއާ މުޚާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން
06 ސެޕްޓެމްބަރު 2018

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

06 ސެޕްޓެމްބަރު 2018
ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟
19 އޯގަސްޓު 2018

ޕްރިޔަންކާއަކީ ނިކް ރަށްޓެހިވި ހަމަ އެކަނި 'ޕަރްދޭސީ' ނުވަތަ ރީތީގެ ރާނީއެއް ނޫން!

19 އޯގަސްޓު 2018
ޕްރިޔަންކާއަކީ ނިކް ރަށްޓެހިވި ހަމަ އެކަނި 'ޕަރްދޭސީ' ނުވަތަ ރީތީގެ ރާނީއެއް ނޫން!
17 މެއި 2018

ޔާމީން ވެރިކަމުން ފެޔަށް ވަޑައިގަތީމާ ކިތައް ޓޯނީ ފެނާންޑޭޒް ރާއްޖެއިން ފެންނާނެ؟

17 މެއި 2018
ޔާމީން ވެރިކަމުން ފެޔަށް ވަޑައިގަތީމާ ކިތައް ޓޯނީ ފެނާންޑޭޒް ރާއްޖެއިން ފެންނާނެ؟
29 ޖެނުއަރީ 2018

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

29 ޖެނުއަރީ 2018
ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް