Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާންމު ސިއްހަތު

ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް

20 ޖެނުއަރީ 2019 | އާދީއްތަ 12:23

މިނެރަލްސްއާއި ވިޓަމިން ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުން މުހިންމު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 20 ޖެނުއަރީ 2019 | އާދީއްތަ 12:23
ނިދާފައިވާ ދެމަފިރިން

ނިދާފައިވާ ދެމަފިރިން

އެތައްފަހަރަކު ގަޑި އެލާމް ކޮށްގެންވެސް ތެދުވަން އުނދަގޫ މީހުންނާއި ވަރުބަލިކަން އިހްސާސް ކުރެވުމުގެ ސަބަބުން ނުތެދުވެވޭ މީހުން ވަރަށް ގިނައެވެ.

މިހެން މިކަން ދިމާވުމުން ދެވޭނެ ބޭހެއް ނުވަތަ ސިއްހީ ފަރުވާއެއް ނެތެވެ. މިހެން މިކަން ދިމާވާ ސަބަބު ތަށް ނައްތާލުމަށް ކުރެވިދާނެ މައިގަނޑު 5 ކަމަކީ:

1.ރަނގަޅު ކާނާ ކެއުން:

ހުރިހާ އެންމެންނަށް ވެސް ރަނގަޅު ކާނާ ކާންޖެހޭކަން އިނގެއެވެ. ނަމަވެސް ކާންޖެހޭ އުސޫލުން ގަޑިން ގަޑިއަށް ކަނީ ކިތައް މީހުން ބާވައޭ ހިތައް އަރައެވެ. ހަމަ އެއާއި އެކު ކާ ކާނާގެ ތެރޭގައި ތަރުކާރީއާއި މިނެރަލްސްއާއި ވިޓަމިން ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުން ވަރަށް މުހިންމެވެ. އަދި ގިނަ އަދަދަކަށް ފެންބުޔުމަށް އާދަކުރަން ޖެހެއެވެ.

ހަށިގަނދުގެ 75 އިންސައްތަ އަކީ ފެން ކަމަށްވާއިރު ހަށިގަނޑަށް ބޭނުން ވާވަރަށް ފެން ބުޔުމަކީ އާދައަކަށް ހަދަން ޖެހެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން 8 ތަށި ފެން ބޯންޖެހޭ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައި ވެއެވެ.

  1. ކަސްރަތު ކުރުން:

ބަރާބަރަށް ކަސްރަތު ކުރުމުން ބަރުދަން ލުއިކޮށްދީ، ޕްރެޝަރ ދަށްކޮށްދީ، ހަށިގަނޑުގެ ގުނަވަންތަށް ހެލިފެލިވުމުގެ އިތުރުން މީހާ ރިލެކްސް ކޮށްދެއެވެ.

މީގެ އިތުރުން މީހާގެ ހަށިގަނޑަށް އެނގޭ ވަރަށް ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު ކަސްރަތު ކުރުމަށް ސަމާލްކަން ދިނުމަކީ މުހިންމު ކަމެކެވެ.

  1. ނިދުން:

އުނދަގުލަކާއި ނުލާ މެދުކެނޑުމެންނެތި ދުވާލަކު 6 ގަޑިއިއރާއި 7 ގަޑިއިރުގެ ނިދި ކޮންމެ މީހަކަށްވެސް ބެނުންވާއިރު ވިސްނަންޖެހޭ އެއްކަމަކީ އަވަހަށް ނިދާފައި އަވަހަށް ހޭލުމެވެ. އެހެން ނޫންކަމަށް ވާނަމަ ނިދުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑަށް ލިއްބައިދޭ އަރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭކަން ފާހަގަ ކުރެވެއެވެ.

  1. ހަކުރު އެކުލެވޭ ތަކެތި ކެއުން މަދުކުރުން:

ހަކުރު ބޭނުން ކުރާ ވަގުތު ހަށިގަނަޑަށް ހަކަތަ އިތުރު ކޮށްދެއެވެ. ނަމަވެސް މާގިނައިން ފޮނި އެއްޗިހި ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ރަނގަޅު ކަމެންނޫނެވެ. ނަމަވެސް ގުދުރަތީ މޭވާއާއި ތަރުކާރީ ބޭނުންކުރާ ނިސްބަތް އިތުރުކުރަން ޖެހެއެވެ ތައްޔާރީ ފޮނިކާތަކެތިން ކެއުން މަދު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އަޅާ ކަމެކެވެ.

5. ކެފޭން އެކުލެވޭ ތަކެތި ކެއުން މަދު ކުރުން:

ބައެއްކަހަލަ ކެފޭން ތަކަކީ އޭގައި އެކުލެވޭ ތަކެތީގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެއް ކަމުގައި ވިޔަސް ބައެއް ކަހަލަ ކެފޭން ތަކަކީ ބޭނުންވާ ވަރަށްވުރެން ގިނައިން ބޭނުން ކުރުމުން އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެ އެއްޗެކެވެ. ހެނދުނު ނިދާ ތެދުވުމާއި އެކު ބައެއްމީހުން ވަގުތުން ކޮފީ ބޯކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް ރަނގަޅުގޮތަކީ ހޭލައިގެން 2 ތަށި ފެން ބުޔުމަށްފަހު ދެ ގަޑިއިރުފަހުން ކޮފީ ބުޔުމެވެ.

މިކަންތައްތަކަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައިވާ ވަރަށް ނޭދެވޭ ސިއްހި އާދައެކެވެ. ނަމަވެސް މިފަދަ ކަންކަމާއި ދުރުހެލިވުމަށް ސަމާލުކަން ދޭނަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އެއްވެސް މީހަކަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
30 އެޕްރީލު 2017

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް