Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކެންސަރު ބަލި

ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

މިލާގެ ނަމުގައި މާ ވިއްކާތަނެއް ހުޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޖުލައި 2019 | އާދީއްތަ 15:19
ހަސަން އަލް ނައްޖަރު

ހަސަން އަލް ނައްޖަރު

ދެހާސް ސޯޅަވަނަ އަހަރު ކެންސަރު ބަލިން ސަލަމާތްވެ އަނބުރާ ވަޒީފަ އަށް ނިކުތް ދުވަހު ހަސަން އަލް ނައްޖަރު އުއްމީދު ކޮށްގެން ހުރީ އޭނާގެ ކުންފުނީގެ ފަރާތުން ހޫނު މަރުހަބާ އެއް ކިޔާނެ ކަމަށެވެ. ކަންވެގެން ދިޔައީ އުއްމީދުކޮށްގެން ހުރި ގޮތާއި މުޅިން ހިލާފަަށެވެ. ޔޫއެއީގެ ނައްޖަރު އޭނާގެ އޮފީހަށް ނިކުތުމާއި އެކު ފުރަތަމަ ވެސް އެޗްއާރުން ބުނީ، ކެންސަރު ބަލި ޖެހުނު ކަމުގެ ލިޔުންތައް ހުށައެޅުމަށެވެ. އެ ފިނި މަރުހަބާގެ ސަބަބުން ނައްޖަރު މޮޅިވެރިވެގެން ދިޔައެވެ. އޭނަ މީގެ ކުރިން ދިރިއުޅުމުގެ ހުރިހާ ވަގުތުތަކެއް ހުސްކޮށްގެން މަސައްކަތް ކުރި ކުންފުނިން އޭނާ އަށް ކެންސަރު ޖެހުނު ކަމުގެ ވާހަކަ ގަބޫލެއް ނުކުރިއެެވެ. ކުންފުނިން އަމަލުކުރި ގޮތާއި މެދު ހިތް ހަމަނުޖެހިގެން ވަގުތުން ވަޒީފާއިން ވަކިވިއެވެ.

ކެންސަރު ބަލިން ސަލާމަތްވެ އަމިއްލަ ވިޔަފާރި ފެށިގޮތް

ވަޒީފާ އަށް އަނބުރާ ދިޔުމުގެ މަސްތަކެއް ކުރިން އުމުރުން 29 އަހަރުގެ ނައްޖަރު އުޅުނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށެވެ. ކެންސަރު ބަލި ޖެހިފައިވާކަން އެނގުނު ހިސާބުން ދިރއުޅުމަށް ކުރަމުން އައި ހުރިހާ އުއްމީދުތައް ވިއްސިވިހާލި ވެގެން ދިޔައެވެ. އިތުރަށް ފަރުވާ ހޯދަން ޖަރުމަން ވިލާތުގައި މަސްތަކެއް ހޭދަކުރިއެވެ. އެ ދުވަސް ތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަަށް އޭނާ ދިޔައީ ބައްޔަަށް ފަރުވާ ހޯދަމުންނެވެ. ނައްޖަރުގެ ބަނަ ހަޔާތަށް ކުޑަ އަލިކަމެއްވެސް ގެނެސްދިނީ ކެންސަރަަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ދިމާވި ހިސާބުންނެވެ. ތުއްތު މިލާގެ ހިނިތުންވުމާއި ހިތް ހެޔޮކަން ފެނި ނައްޖަރުގެ އުއްމީދުތައް އާވެެގެން ދިޔައެވެ. މިލާ އަކީ ހޮސްޕިޓަލުގައި ތިބޭ ހުރިހާ އެންމެންނާވެސް ގާތް ކުއްޖެކެވެ. ހުރިހާ އެންމެންގެ ހާލު ބަލައި މިލާ ބޭނުންވަނީ އެންމެންނަށްވެސް އަވަސް ޝިފާއެއް ލިބުމެވެ. ކެންސަރުގެ ބަލިން ކޮންމެވެސް ވަރަކަށް ލުޔެއް ލިބި އަނބުރާ ޔޫއެއީ އަށް ދިޔުމަށް ހޮސްޕިޓަލުން އޭނާ އަށް އިރުޝާދު ދިނުމުން އެންމެ ފުރަތަމަ ބޭނުންވީ އެ ވާހަކަ މިލާއާ ހިއްސާކޮށް ޔޫއޭއީ އަށް އައުމަށް މިލާގެ އާއިލާ އަށް ދައުވަތު ދިނުމަށެވެ. އުފާވެރި ހަބަރު މިލާއާ ހިއްސާ ކުރުމަށް ނައްޖަރު މިލާ ހޯދަން ދިޔައިރު އެ ކުއްޖާ ފެންނާކަށް ނެތެވެ. ފަހުން އޭނާ އަށް ލިބުނު ހިތާމަވެރި ހަބަރަކީ މިލާ މަރުވި ހަބަރެެވެ.

ބޭންކުން އޭނާއާ މެދު ކަންތައް ކުރި ގޮތާއި ހިތްހަމަ ނުޖެހި އަމިއްލަ ވިޔަފާރިއަކާ ދިމާލަށް ނައްޖަރު މިސްރާބު ޖަހައި، މިލާގެ ހަނދާނުގައި މާވިއްކާ ފިހާރައެއް ހުޅުވިއެވެ. ފިހާރައިން މާ ބޮޑު ފައިދާތަކެއް ނުވެގޮސް އެންމެ ފަހުން ނައްޖަަރަށް ޖެހުނީ އެ ވިޔަފާރި ހުއްޓާލާށެވެ. އެންމެ ސިކުންތު ކޮޅަކަަށްވެސް އޭނާގެ އުއްމީދުތައް ދޫކޮށްނުލައެވެ. ދެން އޭނާ މިސްރާބު ޖެހީ މީީޑިއާގެ ވިޔަފާރިއާ ދިމާލަށެވެ. އެ ވިޔަފާރީ ރަނގަޅަށް ހިންގަން ފަށައި ދެ އަހަރު ދުވަސްތެރޭގައި އެ ކުންފުނިން އޭނާ އަށް ފައިދާވާން ފެށިއެވެ. ނައްޖަރުގެ ކުންފުންޏަކީ މިއަދު ދުބާއިގެ ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް މީޑިއާގެ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.

ނައްޖަރު ގަބޫލުކުރަ ގޮތުން މިއަދު އޭނާ އަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ކެންސަރު ބަލިން ސަލާމަތްވުމަށް އޭނާ އަށް އެހީތެރިވެދިން އެ ތުއްތު މިލާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

22 އޯގަސްޓު 2019
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

25 ޖުލައި 2019
2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

17 ޖެނުއަރީ 2019
އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

28 ޑިސެމްބަރު 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު