Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުޙައްމަދު ބިން ސަލްމާންގެ އުރުދުން ދަތުރުފުޅު

އެމްބީއެސްގެ އުރުދުން ދަތުރުފުޅު: މަގުސަދަކީ ކޮބާ؟

22 ޖޫން 2022 | ބުދަ 05:55

އުރުދުންގެ އިގުތިސޯދަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ޖޫން 2022 | ބުދަ 05:55
ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން - މިއީ ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި އެމްބީއެސް އުރުދުންއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން - މިއީ ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި އެމްބީއެސް އުރުދުންއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ހަރަކާތްޕުޅުތަކަށް ގިނަ ބައެއްގެ ސަމާލުކަމާއި ފާޑުކިއުންތައް އަބަދަމުހެން އަމާޒުވެއެވެ. އެމްބީއެސްގެ ނިންމެވުންތަކަކީ އެކަމުގެ އަސަރު، އެތައް ގޮތަކުން ގިނަ ބަޔަކަށް ފޯރާ ނިންމެވުންތަކަކަށް ވުމީ އެކަމުގެ އެއް ސަބަބެވެ. އެގޮތުން، އަންގާރަ ދުވަހުގެ ވަގުތެއްގައި އުރުދުންއަށް ވަޑައިގެން، އެ ގައުމުގެ ޢަބްދުﷲ ރަސްގެފާނާ އެމްބީއެސް ބައްދަލުކުރައްވާފައިވާއިރު، އެކަމަށްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މިއީ ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި އެމްބީއެސް އުރުދުންއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަނޑިވަޅަކީ ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން، އުރުދުންގެ އިގުތިސޯދަށްވެސް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. މިއީ އުރުދުންއާއި ސައުދީގެ ގުޅުންތަކުގެ އާ މަރުހަލާއެއްގެ ފެށުމަށް އެންމެ މުނާސަބު ފުރުސަތު ކަމަށާ، މިއީ އިގުތިސޯދީ މަޝްރޫއުތަކާއި އާ އިންވެސްޓްމަންޓްތަކުގެ ދޭދޭ ގުޅުމައިގެން ކުރިއަށް ދިއުމަށްވެސް ރަނގަޅު ފުރުސަތެއް ކަމަށް އުރުދުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އިންވެސްޓްމަންޓް މަޝްރޫއުތަކެއްގެ ގޮތުގައި 3 ބިލިއަނެއްހާ ޑޮލަރު، އުރުދުންއަށް ހަރަދު ކޮށްދޭނެ ކަމަށް ސައުދީއިން މީގެ އަހަރުތަކެއް ކުރިން ވައުދުވެފައި ވީ ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ގެނެވިފައި ނުވާ އިރު، އެމްބީއެސްގެ ދަތުރުފުޅާއެކު، އެ ހުވަފެނުގައިވެސް ހަގީގީ ކުލަތައް ޖެހިގެންދާނެ ކަމަށް ވިޔަފާރީ ލީޑަރުންނާއި އޮފިޝަލުން އުއްމީދު ކުރައްވައެވެ.

އުރުދުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ސޮވްރިން ވެލްތު ފަންޑާއި ޕަބްލިކް އިންވެސްޓްމަންޓް ފަންޑް މެދުވެރިކޮށް، އުމްރާނީ ބިނާވެށީގެ ތަރައްގީއާ ގުޅޭ މާސިންގާ މަޝްރޫއުތަކެއް އުރުދުންގައި ފެށުމަށް ސައުދީ އަރަބިއްޔާއިން ދަނީ ކަޅި އަޅަމުންނެވެ. އޭގެ ތެރޭގައި 2.5 ބިލިއަން ޑޮލަރުގެ އަގުހުރި ރޭލްވޭ މަޝްރޫއެއް ހިމެނޭ ކަމަށްވެސް އުރުދުންގެ އޮފިޝަލަކު ވަނީ އިޝާރާތް ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ އުރުދުން އިންވެސްޓަމަންޓްތަކުގެ އަގު، 12 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ. ނަމަވެސް ނަގުދު ފައިސާގެ އެހީގެ ގޮތުގައި ބަޖެޓް ސަޕޯޓް ދިނުން އޮތީ މަޑުޖައްސާލާފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އުރުދުންއާއެކު އެމްބީއެސް ކުރިއަށް ގެންދަވާ މަޝްވަރާތަކަކީ، އުރުދުންގެ އިގުތިސޯދަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ގޮތްތަކާ ބެހޭ ގޮތުން ކުރައްވާނެ މަޝްވަރާތަކެކެވެ. މި ދަނޑިވަޅަކީ ހަކަތައާއި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން، އުރުދުންގެ އިގުތިސޯދު، މުޅިންހެން ހަފުސް ވެފައިވާ ދަނޑިވަޅެކެވެ. އުރުދުންއަކީ އެ ގައުމަށް ބޭނުންވާ ހަކަތައިގެ ބޮޑު ޕަސެންޓެއް، އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމެކެވެ.

ގަލްފުގެ އެހީގެ މަޝްރޫއުތައް ހުއްޓާލާފައި އޮތުމާއި، ހުޅަނގުގެ ޑޯނަރުންގެ އެހީތައްވެސް މަޑުޖައްސާލާފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން އުރުދުންއަށް ބޮޑެތި ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފައެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހުމުގެ އިތުރުން، ވަޒީފާ ނެތް މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ލީޑަރުންގެ އިތުރުން، އިރާގާއި މިސްރު އަދި އުރުދުންގެ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން، އަންނަ މަހު ސައުދީ އަރަބިއްޔާގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު، އެކަމާ ބެހޭ ގޮތުން ޢަބްދުﷲ ރަސްގެފާނު، އެމްބީއެސްއާ މަޝްވަރާ ކުރައްވާނެ ކަމަށް ލަފާ ކުރެވެއެވެ.

ސައުދީ އަރަބިއްޔާއާއި އުރުދުންއަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ އަމާޒާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރާ ދެ ގައުމެވެ. އެ މަޝްރޫއަކީ ސަރަހައްދީ ހަމަޖެހުން ނަގާލާ ސަބަބެއް ކަމަށް ދެ ގައުމުންވެސް ގަބޫލު ކުރެއެވެ.

ފާއިތުވެދިޔަ އަހަރުތަކަކީ އުރުދުންއާއި ސައުދީގެ ގުޅުންތައް ހިސާބަކަށް ހީނަރުވެގެން ދިޔަ އަހަރުތަކެކެވެ. އެމެރިކާގެ ހުންގާނުގައި އޭރު ހުންނެވި މަހުޖަނު ޑޮނާލްޑް ޓްރަމްޕާއި އުރުދުންގެ ގުޅުންތައް އިންތިހާއަށް ބަދަހިވަމުން ދިޔަ ދިއުމަކީ، އަރަބީންނާއި-އިޒްރޭލުންނާއި ދެމެދު ސުލްހަ ގާއިމު ކުރުމުގައ އުރުދުންއިން އަދާ ކުރި ދައުރު ފަނޑުކުރުވި ކަމެއް ކަމަށް އުރުދުންއިން ގަބޫލުކުރިއެވެ.

މީގެ އިތުރުން އުރުދުންގެ ވެރިކަމުގެ ކޮއެލުގައި ހަމަނުޖެހުން އުފައްދާ، ޢަބްދުﷲ ރަސްގެފާނުގެ ވެރިކަމަށް ނިމުން ގެނައުމަށް އަމީރު ހަމްޒާއާއެކު ސައުދީއިން މަސައްކަތްތަކެއް ކުރި ކަމުގެ ތުހުމަތުވެސް ފެންމަތިވެ، އުރުދުންއާއި ސައުދީގެ ގުޅުންތައް އޮތީ ހީނަރުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް