Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުން

ޔޯގާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ޖަމިއްޔާތަކުން ކުށްވެރިކޮށްފި

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖޫން 2022 | ބުދަ 02:02
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާމެދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަނާއި މަޓާޓޯ އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނާއި ގުޅިގެން އަންގާރަ ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނީ ފަތުރުވެރިކަމުގެ މެހެންމާންދާރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމުގެ ގޮތުގައި ރާއްޖެ ފާހަގަ ކުރެވޭއިރު، އެހެން ޤައުމުތަކުގެ ސަގާފަތާއި ވެލްނެސްއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި ޔޯގާއަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ކަމަށާއި ރާއްޖޭގެ ގެތަކުގައި ޔޯގާކުރާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޔޯގާއަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބާރުދޭ ހަރަކާތެއް ކަމަށާއި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ޤައުމެއްގައި ޤަނޫނާއި ގަވާއިދާ ޚިލާފަށް މީހުންނަށް އަނިޔާކުރުން ފަދަ އެއްވެސް އަމަލެއް ވިޔަ ދީގެން ނުވާނެ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެއްވެސް ކަމަކާ ކަންބޮޑުވުމެއް އޮތް ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އަންގައި ގާނޫނާ އެއްގޮތަށް އެކަމެއް ހައްލު ކުރުމަށް ވެސް ވަނީ ބުނެފައެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނާއި މަޓާޓޯ އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގައި އެ ޖަމިއްޔާތަކުން ދީނާއި ސަގާފަތައް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ދޭކަމަށް މިބަޔާނުގައި ބުނެފައެވެ. އަދި ދިވެހިންގެ އިހުސާސުތަކަށް ވެސް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި މިއާއެކު ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެ ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެއްވި މީހުން ވަނީ ގަލޮޅު ދަނޑަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައިފައެވެ. މިކަން ސަރުކާރުންނާއި ސިޔާސީ ޕާޓީތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު