Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެމިއާ ލީގު

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

ލިވަޕޫލް އޮތީ 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 13:25
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޕްރެމިއާ ލީގުގައި އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުތަކުން އެ ދެޓީމު މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ވެސްޓްހަމް ޔުނައިޓެޑާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއްވެސް ވަނީ ލިބިފައެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް އެންމެ ހުސް ފުރުސަތުތަކެއް ލިބިފައިވަނީ އާސެނަލްގެ އެލެކްސަސް ސަންޗޭޒް އަށެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 58 ވަނަ މިނެޓުގައި މެސުޓް އޮޒިލް ކާމިޔާބުކުރި ލަނޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް އާސެނަލް އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން 68 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮޒިލްގެ އެހީތެރިކަމާއެކު ތިއޯ ވޮލްކޮޓް އެވެ.

އާސެނަލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބިފައިވެއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 29 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ. މެޗުން ބަލިވި ވެސްޓްހަމް އޮތީ ކުޅުނު 31 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގަ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސްވަންސީ ސިޓީ ބަލިވީ ޓޮޓެންހަމްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސްވަންސީ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވޭން ރޫޓްލެޖް އެވެ. މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޓޮޓެންހަމް އިން ވަނީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި ސްވަންސީގެ ގޯލަށް ނުރައްކާކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ޓޮޓެންހަމް އިން އެޓީމުގެ އެޓޭކް ވަރުގަދަކުރިއިރު، ލަނޑު ޖަހަން ހުސް ގިނަ ފުރުސަތުވެސް ތަނަވަސްކުރި އެވެ.

ޓޮޓެންހަމް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 88 ވަނަ މިނެޓުގައި ޑެލެއަލީ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން މޮޅަށް ކުޅެމުންދިޔައިރު، އިތުރުވަގުތުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ސޮން އެވެ. ޓޮޓެންހަމް އަށް ލީޑު އިތުރަށް ފުޅާކޮށްދިނީ އިތުރުވަގުތުގެ ހަތް މިނެޓު ތެރޭގައި ކްރިސްޓިއަން އެރިކްސަންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 31 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެ ވަނައިގަ އެވެ. މެޗުން ބަލިވި ސްވަންސީ އޮތީ ކުޅުނު 31 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގަ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވީ އޭއެފްސީ ބޯންމައުތްއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ބޯންމައުތްއެވެ. އެގޮތުން ހަތްވަނަ މިނެޓުގައި އަފޯބޭ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

އެހެންނަމަވެސް ލިވަޕޫލް އިން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ. އެގޮތުން 40 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، 59 ވަނަ މިނެޓުގައި އޮރިގީ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފައެވެ.

މީގެއިތުރުންވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް ލިވަޕޫލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް ބޯންމައުތް އިން ވަނީ 87 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގް އެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 31 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. ބޯންމައުތް އޮތީ ކުޅުނު 31 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓްތ ތާވަލުގެ 13 ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު