Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާސެލޯ ވިއޭރާ

މާސެލޯ ހޯދުމުގެ މަސައްކަތް މިލާނުން ކުރަނީ

20 ޖޫން 2022 | ހޯމަ 05:42

މިލާނުން މާސެލޯއަށް ހުށަހެޅީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2022 | ހޯމަ 05:42
މާސެލޯ

މާސެލޯ

ބްރެޒިލްގެ ތަޖުރިބާކާރު ލެފްޓް ބެކް މާސެލޯ ހޯދުމުގެ މަސައްކަތް އޭސީ މިލާނުން ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މާސެލޯ ވަނީ އޭނާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ކުލަބް ދޫކޮށްލަން ނިންމާފައެވެ. ރެއާލް ދޫކޮށްލަން ނިންމުމަށްފަހު މާސެލޯ ބުނީ ކުޅުން ހުއްޓާލީ ނޫން ކަމަށެވެ. މާސެލޯ ބުނީ އަދިވެސް އޭނާ ކޮންމެވެސް ކުލަބަކުން ފެންނާނެ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިޓަލީގެ ޗެމްޕިއަން މިލާނުން ވަނީ މާސެލޯ ހޯދުމަށް އެދި އޭނާއަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުގައި މިލާނުން މާސެލޯއަށް ހުށަހެޅީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އެއީ މުސާރައިގެ ގޮތުގައި އޭނާއަށް އަހަރަކު 3.1 މިލިއަން ޑޮލަރުގެ މުސާރައިގެ ކޮންޓްރެކްޓެކެވެ.

އުމުުރުން 34 އަހަރުގެ މާސެލޯ އޭނާގެ ސީނިއަރ ކެރިއަރު ފެށީ ބްރެޒިލްގެ ފްލުމިނެންސޭއިންނެވެ. އެ ޓީމު ދޫކޮށް އޭނާ ރެއާލަށް ގުޅުނީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން މާސެލޯ ވަނީ ރެއާލާއެކު ހޭދަކުރި 15 އަހަރުގެ ތެރޭގައި އެ ޓީމަށް 546 މެޗު ކުޅެދީ 38 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ރެއާލާއެކު 25 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕާ ޑެލްރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

މާސެލޯ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ގައުމީ ޓީމަށް ކުޅެދިން 58 މެޗުގައި މާސެލޯ ވަނީ ހަ ލަނޑު ޖަހާފައެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް