Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ އެއަރލައިނާ ގުޅޭ މައްސަލަ

މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

20 ޖޫން 2022 | ހޯމަ 04:46

ކުންފުންޏަށް މިލިއަނުން ގެއްލުންވެފައިވާ ކަމަށް މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2022 | ހޯމަ 04:46
މޯލްޑިވިއަނުން ކޮޗިނަށް ސީދާ ދަތުރުތައް ފަށައިފި

މޯލްޑިވިއަނުން ކޮޗިނަށް ސީދާ ދަތުރުތައް ފަށައިފި

އައިލެންޑް އޭވިއޭޝަން ސަރވިސްއަށް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅާފައިވާ ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލައި ކުންފުނީގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަށް ނުދާހާ ދަށަށް ގޮސް ކުންފުނި ބަގުރޫޓްވެދާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާއިރު، 2021 ވަނަ އަހަރު ވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކުންފުނިން މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާ މިންވަރަށް ދަރަނިވެރިވެ، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 2020 ވަނަ އަހަރު މޯލްޑިވިއަން އަށް 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގައި، މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށް އެސްބީއައި އިން ދޫކޮށްފައިވާ އޯވަރ ޑްރާފްޓް ފެސިލިޓީގެ ދަރަނި 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ލޯނުތައް ނެގުމަށް މޯލްޑިވިއަންގެ 6 މަތިންދާބޯޓު ރަހުނުކޮށްފައިވާތީ އެމްއޭސީއެލްއަށް ވެސް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާތީއާއި މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15 މިލިއަނާއި 18 މިލިއަންގެ ލޯނު ނަގައިގެން ކަމަށެވެ.

ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އިތުރަށް ވިދާޅުވެފައިވަނީ، މޯލްޑިވިއަން އަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި، ފަތުރުވެރިން ދަތުރުކުރާ އެއަރލައިންއެއް ކަމަށްވާތީ، މި ކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވެ ތިބުމަށްޓަކައި ކުންފުނީގެ މަތިންދާ ބޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން، މަޖިލީހުގެ ތަޅުމުގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 33 މެންބަރުން ވަނީ މި މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. މި މައްސަލައަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 5 މެންބަރުންނެވެ. އެހެންކަމުން މި ކުއްލި މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް