Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކ.ގުރައިދޫ ޓާފް ދަނޑު

ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީންގެ ޝުކުރު ސަރުކާރަށް

ޔާމީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފަށް ޝުކުރު އަދާކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2022 | ހޯމަ 05:22
ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު

ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު

ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދުގެ ޝުކުރު ސަރުކާރަށް އަދާކުރައްވައިފިއެވެ.

ގުރައިދޫގެ ޓާފް ދަނޑު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަޑައިގެން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގުރައިދޫއާ ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަަކައި ރަށުގެ ރައްޔިތުންގެ ނަން މަތީގައި ޝުކުރު އަދާކުރައްވާ ކަމަށެވެ. ރާއްޖޭގެ އެހެން ރަށްތަކުގައިި ވެސް ޓާފް ދަނޑުތައް އަޅާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ގުރައިދޫގެ ދަނޑު ހުޅުވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ގުރައިދޫއަށް އޮތް ލޯބި ހާމަވެގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފަކީ ގުރައިދޫ ކައުންސިލާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ދަނޑުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، އެތައް ފަހަރެއްގެ މަތިން އެރަށަށް ވަަޑައިގެން ދަނޑުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެއްލެވިކަމަށެވެ. އަދި ޔާމީން ވިދާޅުވީ އެރަށުގެ ޒުވާނުންގެ ހުރިހާ ކަންބޮޑުވުންތަކަަށް މިނިސްޓަރު މަޚްލޫފް ހައްލު ހޯދަވައިދެއްވި ކަމަށެވެ.

މީގެ އިތުރުން ޔާމީން ވަނީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އެހީތެރިކަން ވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގުރައިދޫ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރީ އާރު.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. ޓާފް ސަޕްލައި ކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ވަށާ ފާރާއި ފެންސްގެ މަސައްކަތް ކުރީ އަލް އަމީން ކުންފުނިންނެވެ. މި ދަނޑު ހެދުމުށް ޖުމުލަ ވަނީ ހަ މިލިއަން ތިރީސް ހާސް ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ 41 ލާރި (6،030،298.41) ޚަރަދުކޮށްފައެވެ.

ރަށްރަށުގައި ޒަމާނީ ފެންވަރުގެ ޓާފް ދަނޑުތައް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި އެ ވައުދާ އެއްގޮތަށް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުތައް ގާއިމުކުރަމުންނެވެ. އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިމި، 85 ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު މަޚްލޫފް ވަނީ ވިދާޅުވެފައެވެ. އަދި އެ ދަނޑުތަކުގައި ގައުމީ ލެވެލްގެ މެޗުތައް ކުޅުމާއި، ބައިނަލްއަގުވާމީ މެޗުތައް ކުޅުމަކީ ސަރުކާރުގެ އަމާޒެކެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު