Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކ. ގުރައިދޫ ޓަރފް ފުޓުބޯޅަ ދަނޑު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކ. ގުރައިދޫ ޓަރފް ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި

ދަނޑު ހުޅުވުމަށްފަހު ކުޅެވުނު އެކުވެރިކަމުގެ މެޗުގައި ނައިބު ރައީސް ވަނީ ކުޅުއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 15:23
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

ސަރުކާރުން ކ. ގުރައިދޫގައި އެޅި ޓަރފް ފުޓުބޯޅަ ދަނޑު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުވައިދެއްވައިފިއެވެ.

މި ދަނޑު ރަސްމީކޮށް ހުޅުވީ އެކަމަށްޓަކައި ކ. ގުރައިދޫގައި މިއަދު ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފާއި އެ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަނޑު ހުޅުވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމަށެވެ. އަދި މުޅި މުޖުތަމައުގެ އިތުރުން ތުއްތު ކުދިންގެ ދުޅަހެޔޮކަމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގުރައިދޫއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އެމަނިކުފާނު ވަނީ މީގެ ތިރީހަކަށް އަހަރު ކުރިން ގުރައިދޫގައި އެމަނިކުފާނު ފުޓުބޯޅަ ކުޅުއްވަން އުޅުއްވި ދުވަސްތަކުގެ މަތިން ހަނދުމަފުޅު އާވާކަމަށްވެސް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ކުޑަ ލަސްކަމަކާއެކުވެސް ދަނޑުގެ މަސައްކަތް ނިންމާލެވުނީތީ އުފާފުޅުކުރައްވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ 25 ޓަރފް ދަނޑުގެ ވައުދުފުޅާއެކު ނަމަވެސް، މިހާރު ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިއްޖެކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑު ހުޅުވުމަށްފަހު ވަނީ ގުރައިދޫ ވެޓަރަންސް ޓީމަކާ ޔޫތު މިނިސްޓްރީން އެކުލަވާލި ޓީމަކާ ދެމެދު އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފަައެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުުރުން، ޔޫތު މިނިސްޓަރު މަޚްލޫފްވެސް ވަނީ ކުޅުއްވާފައެވެ. އަދި ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދާއި، ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލް ޣަނީވެސް އެ ޓީމުގައި ހިމެނެއެވެ. މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އަދި މިގޮތަށް އެޅޭ ދަނޑުތަކުގައި ގައުމީ ފެންވަރުގެ މެޗުތައް ކުޅުމާއި، ބައިނަލްއަގުވާމީ މެޗުތައް ކުޅުމަކީވެސް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އޭގެ ތެރެއިން ސަރުކާރުން ފ. ނިލަންދޫގައި އަޅާފައިވާ ޓަރފް ދަނޑުގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުނުއިރު، ރ. އަލިފުށީ ދަނޑުގައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެފައެވެ. މިކަންކަމުގެ ބޭނުމަކީ ކުޅިވަރުގައި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު