Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގްލޯބަލް ސަމިޓް

"ދިވެހިރާއްޖެއަކީ ކޮމިއުނިޓީ ޓޫރިޒަމްގެ ލާމަސީލު މަންޒިލަކަށް ވާނެ"

19 ޖޫން 2022 | އާދީއްތަ 04:57

ޔޫއެންޑަބްލިއުޓީއޯ ސަމިޓުގެ ތެރެއިން ތިން ތީމަކަށް ވާހަކަދެކެވުނު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ޖޫން 2022 | އާދީއްތަ 04:57
ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ

ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ

"ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް" ގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑު ބަދަލެއް އައުމަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޔޫއެންޑަބްލިއުޓީއީ ސަމިޓު ނިމުމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި ސަމިޓުގެ ތެރެއިން ހާސިލްކުރަން އަމާޒުހިފި ކަންކަން ހާސިލްކުރެވިފައިވާކަމަށެވެ.

ސަމިޓުގައި ތިން ތީމަކަށް ބަހާލައިގެން ސެޝަންތައް ކުރިއަށްގެންދިޔައިރު، މި ހުރިހާ ސެޝަންތައްވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން އެގްރޯ ޓޫރިޒަމާއި، ގެސްޓްރޮނޮމީ ޓޫރިޒަމާއި، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދެވުނު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސުން ލިބުނު މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ފަތުރުވެރިކަމުގެ ވިޝަން ކާމިޔާބުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ކޮމިއުނިޓީ ޓޫރިޒަމްގެ ލާމަސީލު މަންޒިލަކަށް ވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސެޝަންތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެގްރޯ ޓޫރިޒަމާއި، ގެސްޓްރޮނޮމީ ޓޫރިޒަމާ ދިމާލަށް ގެންދިއުމުގެ މުހިންމުކަމާއި، މި ދިމާލަށް ދާނެ ގޮތާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

އެގްރޯ ޓޫރިޒަމަކީ ދަނޑުވެރިކަމާ ގުޅުވައިގެން ފަތުރުވެރިކަން ކުރިއަށްގެންދިއުން ކަމަށްވާއިރު، މިއީ މިހާރުވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް ހިނގާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސްގެ އަލީގައި މިކަންތައް ކުރިއަށްގެންދާނެ ގޮތް ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ގެސްޓްރޮނޮމީއަކީ ފަތުރުވެރިކަމާއި އެތަނަކުން ލިބޭ ކެއުން ބުއިމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. މި ބައިވެސް އިތުރަށް ރަނގަޅުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ފަތުރުވެރިކަމަށް ހެދޭނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިއީ ޖޫން 15ން 16ށް ދެދުވަހުގެ މުއްދަތަަށް ކުރިޔަށް ދިޔަ ސަމިޓެކެވެ. މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބުލިޔު.ޓީ.އޯ) ގުޅިގެން ބޭއްވި މި ސަމިޓްގައި މަޝްވަރާކޮށްފައި ވަނީ، މުޖުތަމައުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުސަތުތަކާއި އަދި، ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2019

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

30 އޯގަސްޓު 2019
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
30 އޯގަސްޓު 2019

ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި

30 އޯގަސްޓު 2019
ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި
22 އެޕްރީލު 2019

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2019
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
14 އެޕްރީލު 2019

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

14 އެޕްރީލު 2019
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް
19 ފެބުރުއަރީ 2019

ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

19 ފެބުރުއަރީ 2019
ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި
03 ޑިސެމްބަރު 2018

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ

03 ޑިސެމްބަރު 2018
ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ
15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް