Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6ގެ ހަމަލާ

ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ: 2 ހެއްކެއްގެ ހެކިބަސް ނަގައިފި

15 ޖޫން 2022 | ބުދަ 08:15

ހެކިބަސް ނެގީ ވީޑިއޯ ނުފެންނާނެހެން ދައުވާލިބޭ ފަރާތްތަކާއި ވަކި މަޖިލީހެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖޫން 2022 | ބުދަ 08:15
ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމް

ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފައިވާތީ މި މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ ފަށާފައިވަނީ 31 މާރޗު 2022 ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުދަ ދުވަހު އޮތް އަޑުއެހުމަކީ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެވެ. މި އަޑުއެހުމުގައި ޕޮލިސް އިންޓެލް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ އިތުރުން މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެއްގެ ހެކިބަސް ނެގުމަށް އޮތީ ތާވަލު ކުރެވިފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކިވެރިޔާ ނުފެންނާނެހެން އޭނާގެ ހެކިބަސް ނެގުމަށް އެދިލައްވާފައެވެ. އެގޮތުން ވީޑިއޯ ނުފެންނާނެހެން ދައުވާލިބޭ ފަރާތްތަކާ ވަކި މަޖިލީހެއްގައި ހެކިބަސް ނެގުމަށް ދައުލަތުން އެދުނެވެ.

އެންމެ ފުރަތަމަ މި މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.

އޭނާ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ތަސްލީމާއި އަލީމަނިކަކީ އައިސިސްއަށް ތާއީދުކުރާ ބައެއް ކަމަށާއި، ހަރުކަށި ފިކުރު ފަތުރައި، އެފަދަ މީހުންނާއި އެ ދެމީހުންވެސް ގުޅުން ބާއްވާކަން ސާބިތު ކޮށްދިނުމަށެވެ.

ހެކިވެރިޔާ ވިދާޅުވީ، އަބްދުﷲ އަލީމަނިކަކީ ދީނީ ހަރުކަށި ފިކުރު ފަތުރައި، އެކަމުގައި އިސް ދައުރެއް އަދާކުރާ މީހެއް ގޮތުގައި ފާހަގަވެފައިވާ ކަމަށާއި، ހިމަންދޫގައި ހިނގާ ދިޔަ ކަންކަން ލީޑު ކުރުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭނާ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔައިރު ޖަލު ތެރެއިން މީހުން ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށާއި، ޖަލުން މިނިވަންވެ މާލޭގައިވެސް އެ ފިކުރު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، ބައެއް ކެފޭތަކާއި، ހުސް މައިޒާންތަކާއި، މިސްކިތްތަކުގެ އިތުރުން، ހަރުކަށި ފިކުރާ ގުޅުންހުރި ފަރާތްތަކުގެ ގޭގޭގައިވެސް އެ ފިކުރު ޕްރޮމޯޓް ކުރުމަށް ދަރުސް ދިނުމުގެ ކަންކަން އަބްދުﷲ އަލީމަނިކު ކޮށް އުޅޭ ކަމަށެވެ. އެ ދަރުސްތަކުގައި ބައެއް ފަހަރު 10 މީހުން ބައިވެރިވެފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ދަރުސްތަކުގައި އާންމު ގޮތެއްގައި ބައިވެރިވާ ފަރާތްތައްވެސް ފާހަގަ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން ޙަމަލާއަކީ އަބްދުﷲ އަލީމަނިކުގެ ދަރިން ދައުލަތަށް ނެގުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން އިންޓެލްއަށް ކަށަވަރު ކުރެވިފައިވާކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ޙަމަލާ ދިނުމަށް އަބްދުﷲ އަލީމަނިކު އިރުޝާދު ދީފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ، އަބްދުﷲ އަލީމަނިކު ހައްޔަރު ނުކުރީ ކީއްވެތޯ އޭނާ ވަނީ ހެކިވެރިޔާއާ ސުވާލު ކޮށްފައެވެ. އެހެންނަމަވެސް އެ ސުވާލަށް ހެކިވެރިޔާ ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ދެން ކުރިއަށްދިޔައީ ތަސްލީމަށް ކުރާ ދައުވާއާ ގުޅިގެން ހެކިވެރިޔާއާ ސުވާލު ކުރުމެވެ. ހެކިވެރިޔާ ވިދާޅުވީ ތަސްލީމްގެ ޙަރަކާތްތައް ފާހަގަވެގެން އައީ 2015 އިން ފެށިގެން ކަމަށެވެ.

ތަސްލީމަކީ އައިއީޑީ ފަދަ ތަކެތި ތައްޔާރުކުރުމުގެ މެނުއަލް ގެންގުޅެމުންދިޔަ ފަރާތެއްގެ ގޮތުގައި ފާހަގަވެފައިވާކަމަށް އެ ހެކިވެރިޔާ ވިދާޅުވިއެވެ. އަދި މާލޭގެ އެކި ތަންތަނުގައި އައިއީޑީ ބޭނުންކޮށްގެން ގޮއްވާލުމަށް މަސައްކަތް ކުރި މައްސަލައިގައިވެސް އެންމެ އިސްކޮށް އުޅުނު އެއް ފަރާތަކީ އޭނާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އޭނާއަކީ ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް މަސައްކަތް ކުރާ މީހެއްކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

ދެން ހިމެނެނީ ހަމައެކަނި އަބްދުﷲ އަލީމަނިކާ ގުޅިގެން ހުށައެޅި ހެއްކެކެވެ. އެއީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރެވެ. މި އަޑުއެހުމުގައި އޭނާގެ ހެކިބަސްވެސް ވަނީ ނަގާފައެވެ.

ކްރިމިނަލް ކޯޓްޓެރަރިޒަމް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް