Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. އަތޮޅު ހޮސްޕިޓަލް

ޖޫން ނިމުމުގެ ކުރިން ނ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފޮނުވާނަން – މިނިސްޓަރު

14 ޖޫން 2022 | އަންގާރަ 05:58

2020 މަސައްކަތް ކުރުމަށް ހުށަހަޅުއްވާފައިވާ އަގުތަކަކީ ވަރަށް ބޮޑެތި އަގުތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖޫން 2022 | އަންގާރަ 05:58
ހެލްތު މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ހެލްތު މިނިސްޓަރު މަޖިލީހުގެ އިދާރާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޓެންޑަރ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާލެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލުގެ ޖަވާބު ލިޔުމުން ދެއްވަމުންނެވެ. ލިޔުމުން ޖަވާބު ހޯދުމަށް މެންބަރު ހާރޫން ހުށަހެޅުއްވި ސުވާލަކީ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު އިއުލާން ކުރި ނަމަވެސް، މިހާތަނަށް މިކަމުގެ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާ ކަމަށާއި، އެހެންކަމުން އެ ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ، އަދި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯ އަދި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯއެވެ.

Advertisement - newsAdvertisement

ލިޔުމުން ހެލްތު މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު ޓެންޑަރ ކުރުމުން މި މަސައްކަތް ކުރުމަށް ހުށަހަޅުއްވާފައިވާ އަގުތަކަކީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ. އެހެންކަމަށްވުމާއެކު މި މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ނަމަވެސް މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުން ހަމަޖެހި ޖޫން 2022 ނިމުމުގެ ކުރިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ނ. މަނަދޫ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހޮސްޕިޓަލުގައި 6 އޯޕީޑީ ރޫމާއި، ލެބޯޓަރީއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް 2020 ގައި އިއުލާންކޮށް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމަށްފަހު މި މަސައްކަތް ނިމިފައިވާ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލު އިމާރާތް ކުރުމަށް ބަޖެޓުގައި މިއަހަރު ހިމަނާފައިވާ އިރު، މިއަހަރުގެ ބަޖެޓުގައި 17,567,235 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މި އަހަރުގެ ބަޖެޓުގައި މުޅި ސިއްހީ ނިޒާމަށް 4.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 3.97 ބިލިއަން އަކީ ރިކަރެންޓު ހަރަދު ކަމަށާއި ކެޕިޓަލް ހަރަދަކީ 662 މިލިއަން ރުފިޔާ ކަމަށް ބަޖެޓުގައިވެއެވެ.

އެކިއެކި ރަށްތަކުގައި ހޮސްޕިޓަލުތައް އެޅުމަށާއި އަދި ހެލްތު ސެންޓަރުތައް އެޅުމަށާއި ޖާގަ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 448 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްހެލްތު މިނިސްޓްރީނ. މަނަދޫ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް